އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެލޭޝިއާއިން ރާއްޖެއަށް ދީފައިވާ 250 ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފަރުސަތު ހުޅުވާލައިފި

މެލޭޝިއާއިން ރާއްޖެއަށް ދީފައިވާ 250 ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފަރުސަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

މެލޭޝިއާ ސަރުކާރުން ރާއްޖެއަށް ދިން 250 ޖާގައިގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ޑިޕާޓްމެންޓް އޮޕް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ) އިން އިއްޔެ ހުޅުވާލައިފައި ވެއެވެ.

މި ފުރުސަތަކީ މެލޭޝިއާގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެޑިއުކޭޝަން ގްލޯބަލް ސާވިސަސް (އީއެމްޖީއެސް) މިދިޔަ ޖެނުއަރީ މަހުގައި ރާއްޖެއަށް ދިން 500 ސްކޮލަޝިޕްގެ ދަށުން ހުޅުވާލެވިފައިވާ ފުރުސަތެކެވެ.

މި ސްކޮލަޝިޕްގެ ފުރަތަމަ 250 ފުރުސަތު ހުޅުވައިލެވުނީ މިދިޔަ ފެބްރުއަރީ މަހުގައިއެވެ. އެގޮތުން އިއްޔެ ހުޅުވައިލެވުނީ ބާކީ 250 ފުރުސަތުތަކެވެ.

މި ހުޅުވާލެވުނީ ޑިޕްލޮމާގެ 10 ފުރުސަތާއި ޑިގްރީގެ 190 ފުރުސަތާއި މާސްޓާސް ޑިގްރީ ކިޔެވުމަށް 50 ފުރުސަތެވެ. މި ސްކޮލަޝިޕް ގައި ޓިއުޝަން ފީ 50 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެއެވެ.

ޑިޕްލޮމާ ފެންވަރަށް ކިޔަވަން ފުރުސަތު ހުޅުވާލައިފައިވަނީ ހަމައެކަނި އެއާކްރާފްޓް އެންޖިނިއަރިންނަށެވެ. ނަމަވެސް، ޑިގްރީފެންވަރަށް ކިޔެވުމަށް ގިނަ ދާއިރާއަކުން ކޯސްތައް ހުޅުވާލެވިފައި ވެއެވެ.

މެލޭޝިއާގެ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ 17 ޔުނިވާސިޓީއަކުން ކިޔެވުމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަ ވަނަ ދުވަހު ހުޅުވާލެވިގެންދާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް