އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީން ވަރަށް ގިނަ ސިޔާސީ ހަނގުރާމަތައް ކުރައްވައިފި- ރައްޔިތަކަށް އެއްވެސް ގެއްލުމެއް ނުދެއްވާ: ޑރ. ޝަހީމް

ރައީސް ޔާމީން ވަރަށް ގިނަ ސިޔާސީ ހަނގުރާމަތައް ކުރައްވައިފި- ރައްޔިތަކަށް އެއްވެސް ގެއްލުމެއް ނުދެއްވާ: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

ރައީސް ޔާމީން ވަރަށް ގިނަ ސިޔާސީ ހަނގުރާމަތައް ކުރައްވައިފި ކަމަށާއި އެއިން އެއްވެސް ހަނގުރާމައަކާއި ގުޅިގެން ދިވެހި ރައްޔިތަކަށް އެއްވެސް ގެއްލުމެއް ނުދެއްވަވާ ކަމަށް ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ހައްދުންމަތީ ފޮނަދޫގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް މިއަދު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ޤާނޫނުން ބޭރުން ވެރިކަން ވައްޓާލަން ވަރަށް ގިނަ މަސައްކަތްތައް ކޮށްފި ކަމަށާއި އެ ހުރިހާ ކަންކަން ފަތަހަ ކުރެއްވީ ގިނިކަންޏާއި ކުރިމަތިލައްވައި ކަމަށެވެ. އަދި އެއިން އެއްވެސް ކަމެއްގައި އެއްވެސް ރައްޔިތަކަށް އެއްވެސް ގެއްލުމެއް ދެއްވަވާފައި ނުވާ ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ފުނަދޫ އަކީ އަބަދުވެސް ޕީޕީއެމަށް ވަރަށް ބޮޑަށް ތާއީދުކުރާ ބައަކު އުޅޭ ރަށެއް ކަމަށާއި މިއަދު ފުނަދޫގެ ވަރަށް ގިނަ ގޭގެއަށް ވަޑައިގެންނެވިކަމަށާއި އެންމެ ގެއަކުން ފިޔަވައި ރައީސް ޔާމީނަށް ތާއީދުކުރާކަމަށް ބުނި ކަމަށެވެ. އެގެއިންވެސް ބުނެފައިވަނީ ވިސްނައިލާނެ ކަމަށް ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ދެ ދުވަސްތެރޭ ބްރިޖް ހުޅުވޭނެ ކަމަށާއި ކުޑަ ދުވަސްކޮޅެއްތެރޭ 25 ބުރީގެ ހޮސްޕިޓަލާއި ގިނަ އަދަދެއްގެ އެއެއާޕޯޓްތައް ހުޅުވި ޤައުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާތަން ފެންނާނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް