ހިބަރު ވަދުގަ ޖެހި ލޮޑުވެއްޖެ - 23 ވަނަ ދުވަހު ނަގާ ތައްޓު މައްޗަށް ވައްޓާލާނަން: ޝާހިދު

ހިބަރު ވަދުގަ ޖެހި ލޮޑުވެއްޖެ - 23 ވަނަ ދުވަހު ނަގާ ތައްޓު މައްޗަށް ވައްޓާލާނަން: ޝާހިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ހިބަރު ވަދުގައި ޖެހި ލޮޑުވެއްޖެ ކަމަށާއި މިމަހުގެ 23 ވަނަ ދުވަހަކީ ހިބަރު ނަގާ ތައްޓު މައްޗަށް ވައްޓައިލާނެ ދުވަސް ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން މިރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ހިބަރު ވަދުގައި ޖެހުނީމާ ވަރަށް ބާރަށް އަރިއަރި މައްޗަށް ދުއްވާނެ ކަމަށާއި ނަމަވެސް އެންމެފަހުން އެ ބޮޑު ހިބަރުގެ ހުރިހައި ހަކަތައެއް ހުސްވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ ގިނަ އަދަދެއްގެ ސިވިލް ސަރވިސް މުވައްޒިފުން ކޮންމެ ދުވަހަކު ކޯލިޝަނަށް ތާއީދުކޮށް ފައުޅުގައި ކޯލިޝަނާއި ގުޅެމުން ދިއުމަކީވެސް ހިބަރު ވަދުގައި ޖެހިފައިވާކަން އަންގައިދޭ ކަމެއް ކަމަށެވެ.

"ސިވިލް ސަރވިސްގެ މުވައްޒިފުން ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމަށް ދަންނަވަނީ "މަނިކުފާނު ތިއަހެން ރައީސް ޔާމީނުގެ ފަހަތުގައި އައްޓަމަހެއްހެން ނައްޓައިލާ ކުދިކުދި އެތިކޮޅު ފަރިއްކުޅުއްވަން ނުހުންނަވައި ދުރަށް ޖެހިވަޑައިގަންނަވާށޭ. ރައީސް ޔާމީން އެހުންނެވީ ހިބަރުވަދެއްގަ ޖެހިފައޭ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅު (އޯޑިއޯ):

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް