އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެރިކަމުގެ 5 އަހަރު ނިމެނިކޮށް ކުއްލިއަކަށް ގޯތިތަކެއް ބަހަން ފަށާފައިވަނިކޮށް ޝައިޚް އަނީލްގެ ނަޞޭޙަތެއް ޢާންމުކުރައްވައިފި

ވެރިކަމުގެ 5 އަހަރު ނިމެނިކޮށް ކުއްލިއަކަށް ގޯތިތަކެއް ބަހަން ފަށާފައިވަނިކޮށް ޝައިޚް އަނީލްގެ ނަޞޭޙަތެއް ޢާންމުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

"ވަކި ގޮތަކަށް ވޯޓުލުން ޝަރުޠުކޮށް ދެވޭ ކޮންމެ ކޮފީއެއް، ފައިސާއެއް ފޯނެއް، ގޯއްޗެއް ނުވަތަ އެހެން އެއްޗެއް ކަމުގައިވިޔަސް، އެއީ ކަނޑައެޅިގެން ރިޝްވަތު.

ރިޝްވަތު ދޭ މީހާ އާއި ހިފާ މީހާ އާއި އެދެމެދު (އެދެމީހުންގެ މެދު) މެދުވެރިއެއްގެ ދައުރު އަދާކުރާ މީހާއަށް ﷲ ލަޢްނަތް ލެއްވެވި."
މިއީ އައްޝައިޚް މުޙައްމަދު އަނީލް ކުރައްވާފައިވާ ޓްވީޓެކެވެ.

ޝައިޚް އަނީލް މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރު ނިމެން ވަގުތު ކުޑަތަންވެފައިވަނިކޮށް ކުއްލިއަކަށް ގޯތިތަކެއްވެސް ބަހަމުން ގެންދާ ވަގުތެއްގައެވެ.

ރިޝްވަތުގެ ގޮތުގައި ދެވޭ ކޮންމެ އެއްޗަކީ ކަނޑައެޅިގެން ހަރާމް އެއްޗެކެވެ. ޝައިޚް އަނީލް ހަނދާންކޮށް ދެއްވަވާފައި އެވަނީ ރިޝްވަތު ހިފުމުގެ ހުރި ނުބައިކަން ބޮޑުކަމެވެ. ތިމާ ދިރިއުޅޭ ގެއަކީ ﷲ ލަޢްނަތް ލައްވަވާފައިވާ ތަނަކަށް ނުހެދުމުގެ މުހިންމުކަމެވެ.




Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް