އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢުމަރު ބިން ޢަބްދުލްޢަޒީޒް ވެރިކަމުގައި ހަދިޔާކުރެވުނު އާފަލު އެއީ ރިޝްވަތު ކަމަށް ކަނޑައަޅުއްވައި ޤަބޫލު ނުކުރެއްވި:. ޝައިޚް އަނީލް

ޢުމަރު ބިން ޢަބްދުލްޢަޒީޒް ވެރިކަމުގައި ހަދިޔާކުރެވުނު އާފަލު އެއީ ރިޝްވަތު ކަމަށް ކަނޑައަޅުއްވައި ޤަބޫލު ނުކުރެއްވި:. ޝައިޚް އަނީލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

"ޢުމަރު ބިން ޢަބްދުލްޢަޒީޒް ވެރިކަމުގައި ހުންނެވިއިރު ހަދިޔާކުރެވުނު އާފަލު ޤަބޫލު ނުކުރެއްވި. ވިދާޅުވީ އެއީ ތިމަންމެންނަށް ރިޝްވަތެކޭ، މިމަތިވެރި، އަދުލުވެރި ޚަލީފާގެ ކިބައިން އަޅުގަނޑުމެން ޢިބްރަތާ، ދަރުސް ޙާޞިލުކުރަމާ ހިނގާ!"

މިއީ އައްޝައިޚް މުޙައްމަދު އަނީލް ކުރައވާފައިވާ ޓްވީޓެކެވެ.

ޝައިޚް އަނީލްގެ މި މެސެޖަކީ ނުވަތަ އިލްތިމާސަކީ މިވަގުތައް ވަރަށް މުހިންމުކަން ބޮޑު އިލްތިމާސެއްކަން ފާހަގަކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަށް އެކި ފަރާތްތަކުން އަބަދުވެސް ހަދިޔާ ދެމުން ގެންދާ ކަމަށާއި އަދި ދިރިއުޅުއްވުމުގެ ކަންކަން ހަމަޖައްސަވައި ޕާޓީ ހިންގެވުމުގެ ޚަރަދުތައް ކުރައްވަނީ އެ ހަދިޔާ ބޭނުންފުޅު ކުރައްވައިގެން ކަމަށް ރައީސް ޔާމީނު ވަނީ ވިދާޅުވެފައެވެ.

މިފަދައިން ހަދިޔާ އަރުވާ މީހުންނަށް މަޤާމުތަކާއި އިނާޔަތްތައްވެސް ލިބެމުން އަންނަކަން ފާހަގަކުރެއެވެ. އެހެންކަމުން އެ އުޞޫލު ބަދަލުވުމަށް ގިނަ ބައަކު ދަނީ އެދެމުންނެވެ.

ދައުލަތުގެ މަޤާމުތަކުގައި ތިބޭ މީހުންނަށް ދެވޭ އެފަދަ ހަދިޔާ ބަލައިގަތުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. އަދި އެފަދަ ކަމެއް އެނގިވަޑައިގަތުމުން ރަސޫލާ (ޞޢވ) ވަގުތުން މިންބަރަށް އަރާވަޑައިގެން މީސްތަކުންގެ ސަމާލުކަމަށް ވެސް ވަނީ ގެނެސް ދެއްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް