އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަނގަޅު ދިރި އުޅުމަކާއިގެން ކުރިމަތިލުމުން ކުރިން ރައްޓެހިވި ކުއްޖާއަށްވުރެ މާ ރަނގަޅު ކުދިން ސުވަރުގޭގައި ﷲ ދެއްވަވާނެ: ޝައިޚް ސަމީރު

ރަނގަޅު ދިރި އުޅުމަކާއިގެން ކުރިމަތިލުމުން ކުރިން ރައްޓެހިވި ކުއްޖާއަށްވުރެ މާ ރަނގަޅު ކުދިން ސުވަރުގޭގައި ﷲ ދެއްވަވާނެ: ޝައިޚް ސަމީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ސުވާލު:އަޅުގަނޑު އެންމެ ފުރަތަމަ ލޯބިވީ ކުއްޖާ ދިމާވި ކޮންމެވެސް ސަބަބަކާ ހުރެ އަޅުގަނޑާ ވަކިވެއްޖެއެވެ.

ނަމަވެސް އަޅުގަނޑުމެން އެކަކު އަނެކަކުދެކެ ރުޅިއައިސްގެން ނުތިބެމެވެ. އަބަދުވެސް އޭނާއަށް ރަޙްމަތް ލެއްވުން އެދި ﷲއަށް ދުޢާ ދަންނަވަމެވެ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާގޮތުން މިހާރު އޭނާ އުޅެނީ ވަރަށް ރަނގަޅު މީހަކާ ކައިވެނިކޮށްގެންނެވެ. އަދި ދެކުދިންވެސް އެބަތިއްބެވެ. އަޅުގަނޑު އެދެމީހުންނަށްވެސް އިޙްތިރާމް ކުރަމެވެ. އަޅުގަނޑުގެ ސުވާލަކީ ސުވަރުގެއިން މި އަންހެންކުއްޖާ އަޅުގަނޑަށް އަންބެއްގެ ގޮތުގައި ދެއްވުންއެދި ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވިދާނެތޯއެވެ؟

މި ސުވާލަށް އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް އެމްވީ އިސްލާމް ކިޔުއޭ އަށް ދެއްވާފައިވާ ޖަވާބު:

"الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

އަޅުގަނޑު ތިޔަބޭފުޅާއަށް ނަޞޭޙަތްތެރި ވާނީ ތިޔަ ވިދާޅުވާ އަންހެން ކުއްޖާގެ ކަންތަކާ ޚިޔާލު ނުކުރުމެވެ. އެއީ މިހާރު މީހެއްގެ އަންބެކެވެ. އެއީ ތިބާއަށް ހިލޭ އަންހެނެކެވެ. ހިލޭ އަންހެނަކާ ރައްޓެހިވެ ހާލުބަލައި ޒިޔާރަތް ކޮށް ހެދުމަކީ ރަނގަޅުކަމެއް ނޫނެވެ. އަދި ކިއެއްތަ އެކަން ވެގެންދާނީ ނުބައި ކަމަކަށެވެ. ވީމާ އެކަން ހަދާން ނައްތާލައި ރަނގަޅު ދިރި އުޅުމަކާއިގެން ކުރިމަތި ލާށެވެ! އެއިރުން ސުވަރުގޭގައި މާތް ﷲ އެ އަންހެން ކުއްޖާއަށް ވުރެ މާ ރަނގަޅު ކުދިން ދެއްވާނެއެވެ. ތިޔަކަމާ އުޅެން ހަދައިގެން ދުނިޔޭގައިވެސް އަދި އާޚިރަތުގައި ވެސް ދެރަގޮތެއް މެދުވެރި ވެދާނެއެވެ.

والله أعلم."

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް