އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތާޅަފިލި ފުމެލެވޭ ހިސާބުން ނަސަބުގެ ގުޅުން ކެނޑިގެންދާނެ: ޝައިޚް ސަމީރު

ތާޅަފިލި ފުމެލެވޭ ހިސާބުން ނަސަބުގެ ގުޅުން ކެނޑިގެންދާނެ: ޝައިޚް ސަމީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ޤިޔާމަތް ދުވަހަށް ތާޅަފިލި ފުމެލެވޭ ހިސާބުން ނަސަބުގެ ގުޅުން ކެނޑިގެންދާނެއެވެ. މާނައަކީ މައިން ބަފައިންގެ ކިބައިން ބަދަލެއް ލިބެން އޮތް ނަމަވެސް އެ ބަދަލު ހޯދަން މަސައްކަތް ކުރާނެ ކަމެވެ. މައިން ބަފައިން ނަރަކައަށް ފޮނުވާލާފައި ނަމަވެސް ސުވަރުގެ ދާން ބޭނުންވާނެ ކަމެވެ. އެދުވަހުން ބައްޕަވެސް މަންމަ ވެސް އެއްވެސް ޙައްޤެއް ދުލެއް ނުކުރާނެއެވެ.

ދަރިންވެސް މައިން ބަފައިންނަށް ފިލަން ދުވާނެއެވެ. އެއީ އެންމެ ހެޔޮ ކަމެއް ވެސް ދޭން ބުނެފާނެތީއެވެ. އެންމެންވެސް ބޭނުންވާނީ ވީހައި ގިނަ ހެޔޮ އަމަލުތަކެއް އެމީހެއްގެ އަތުގައި ހުރުމަށެވެ. ހެޔޮ އަމަލު މަދުވެގެން ސުވަރުގެ ނުވަދެވި ނަރަކައަށް ވަންނަން ޖެހިދާނެ ކަމުގެ ބިރު ބޮޑުކަމުންނެވެ.

ވީމާ މީސްތަކުންގެ ޙައްޤުތަކަށް އަރައިގަންނައިރު ވަރަށް ބޮޑަށް ވިސްނަންޖެހޭނެއެވެ. އެކަންކަމަށް ބަދަލުދޭން ޖެހޭނެތީއެވެ. ހަމަ އެއްވެސް މީހަކަށް ދޭންޖެހޭ ބަދަލެއް ނުދީ އެދުވަހުން ސަލާމަތް ނުވެވޭނެތީއެވެ.

ބަދަލުދޭން ބަލާއިރު މިދުނިޔޭގައި ބަދަލުދޭނަމަ ދިރުހަމާއި ޑޮލަރާއި ފައިސާއިން ބަދަލު ދެވިދާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހަކީ އެއްވެސް ފައިސާއެއްގެ ބޭނުން ކުރެވޭނެ ދުވަހެއް ނޫނެވެ.

ޤިޔާމަތް ދުވަހު އެއްވެސް ފައިސާއެއް ނުހިނގާނެއެވެ. ހިނގާނީ ކޮށްފައިވާ ހެޔޮ އަމަލުތަކާ ނުބައި އަމަލުތަކުގެ މުޢާމަލާތުތަކެވެ. މީސްތަކުންނަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރަން ޖެހޭނީ އެމީހަކު ކޮށްފައިވާ ހެޔޮ އަމަލުތަކުންނެވެ. ހެޔޮ އަމަލުތައް ހުސްވުމުން ޖެހޭނީ ޙައްޤު ލިބެން ޖެހޭ މީހާ ކޮށްފައިވާ ފާފަތައް ކޮނޑުގައި އަޅައިގެން ނަރަކައަށްދާށެވެ.

މީސްތަކުންގެ ޙައްޤުތަކަށް އަރައިގަންނައިރު މިކަންކަމަށް ފުންކޮށް ވިސްނާށެވެ! ހޭލުންތެރިވާށެވެ! ޤިޔާމަތް ދުވަހު ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ އެންމެ ބޮޑު މައްސަލައަކީ މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެވިފައިވާނަމަ އެކަމުގެ މައްސަލައެވެ. ފުރިހަމަ ބަދަލު ނުދީ ސަލާމަތް ނުވެވޭނެތީއެވެ.

- ޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކުން


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް