އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަމާލުވޭ! ހަ އަތޮޅަކަށް ޔެލޯ އެލާޓް ނެރެފި!

ސަމާލުވޭ! ހަ އަތޮޅަކަށް ޔެލޯ އެލާޓް ނެރެފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ރާއްޖޭގެ އެކިކަންކޮޅުތަކަށް މިހާރު ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން، ހަ އަތޮޅަކަށް މިއަދު ޔެލޯ އެލާޓު ނެރެފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ޔެލޯ އެލާޓު ނެރެފައިވަނީ ބ. އަތޮޅާއި މ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ގަޑިއަކު 27 މޭލާއި 36 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާއިރު އެސަރަޙައްދުގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް ލަފާ ކުރެވެއެވެ.

ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 14:00 އިން އިރުއޮއްސި 18:00 އާއި ހަމައަށެވެ.

ޔެލޯ އެލާޓް ނެރެފައިވާއިރު، މޫސުމަށް ސަމާލުވުމަށާއި، ޚާއްސަކޮށް ކަނޑު ދަތުރު ކުރައްވާއިރު ސަމާލުވެ، ކޮންމެހެން ކުރަން ޖެހޭ ދަތުރެއް މެނުވީ ނުކުރުމަށާއި ދަތުރަށް ފެށުމުގެ ކުރިން ރައްކާތެރި ފިޔަވަޅު އެޅުމަށްފަހު މެނުވީ ދަތުރު ނުކުރުމަށް އެއިދާރާއިން އިލްތިމާސް ކޮށްފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ