އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެކުނުގެ ތިންއަތޮޅަށް ވައިޓް އެލާޓް ނެރެފި!

ދެކުނުގެ ތިންއަތޮޅަށް ވައިޓް އެލާޓް ނެރެފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު

ގަދަޔަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.

މި އެލާޓް ނެރެފައިވަނީ މިއަދު 1:45 އިން 7:45 އާ ހަމައަށެވެ. ބައެއް ރަށްރަށަށް ގުކުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 7 މޭލާ 17 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވާއިރު، ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ލަފާ ކުރެއެވެ.

ދެކުނު އަތޮޅުތަކުގެ ކަނޑުތައް ވެސް ފުދޭވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ. ވީމާ ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދާ، ރައްކާތެރި ފިޔަވަޅުތައް އެޅުން މުހިއްމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް