އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަނޑުގަދަ ވުމުގެ އިންޒާރާއެކު ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި!

ކަނޑުގަދަ ވުމުގެ އިންޒާރާއެކު ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައިގެ ސަބަބުން، ބޮޑު ބަޔަކަށް ޔެލޯ އެލާޓު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ޔެލޯ އެލާޓު ނެރެފައިވަނީ ހއ. އިން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

މެޓް އޮފީހުން ބުނި ގޮތުގައި، މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގަޑިއަކު 30 މޭލާއި 40 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިގަދަވާއިރު ކޮޅިގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި މިސަރަޙައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާ ކޮށްފައިވެއެވެ.

ޔެލޯ އެލާޓު ނެރެފައިވަނީ މިއަދު ހަވީރު 16:30 އިން ފެށިގެން މިރޭ 20:30 އާއި ހަމައަށެވެ.

މިފަދަ މޫސުން ގޯސް ދުވަސްކޮޅެއްގައި، އަދި ޚާއްސަކޮށް ޔެލޯ އެލާޓު ނެރެފައިވާއިރު، ކަނޑު ދަތުރު ކުރައްވަން ބޭނުންވާ ފަރާތްތަކުން، ކޮންމެހެން ކުރަންޖެހޭ ދަތުރެއް މެނުވީ ނުކުރުމަށާއި އަދި ދަތުރު ކުރުމުގެ ކުރިން އަޅަން ޖެހޭ ރައްކާތެރި ފިޔަވަޅު އެޅުމަށްފަހު މެނުވީ ދަތުރަށް ނުފެށުމަށް މޫސުމާއި ބެހޭ އިދާރާއާއި ކަމާބެހޭ އެހެން މުއައްސަސާތަކުން ވެސް ނަސޭހަތްތެރިވެފައިވެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ