އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަދީމްގެ މައްޗަށް އިއްވި ހުކުމްގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ

ނަދީމްގެ މައްޗަށް އިއްވި ހުކުމްގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ގެ ފިރިކަލުން މުޙައްމަދު ނަދީމް ގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމްގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާ ތާވަލް ކޮށްފިއެވެ.

ނަދީމްގެ އިސްތިއުނާފް އަޑުއެހުން ހައިކޯޓުގައި ތާވަލު ކޮށްފައިވަނީ މާދަމާ ހެނދުނު 9:30 އަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށްފަހު މިއަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ޔުމްނާގެ ފިރިކަލުން ހައްޔަރު ކުރީ، ޤާނޫނާއި ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުން ކަމަށް ބުނެ އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށްފަހުއެވެ.

ނަދީމްގެ މައްޗަށް ދައުވާ ކޮށްފައިވަނީ 2017 ވަނަ އަހަރުން ފެށިގެން ސަރުކާރު ވައްޓާލަން، ރައްޔިތުންގެ މަޖިލިސް މެމްބަރުންތަކަކާ ގުޅިގެން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އެންގެވި ގޮތަށް އަމަލުކޮށް ދުރާލާ ރާވައިގެން، ޤައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ