އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަދީބަކީވެސް ދިވެހި ދެމަފިރިއެއްގެ ދަރިއެއް- ބޭސްފަރުވާ ކުރުމުގެ ފުރުޞަތު ދޭންޖެހޭނެ: ސަމީރު

އަދީބަކީވެސް ދިވެހި ދެމަފިރިއެއްގެ ދަރިއެއް- ބޭސްފަރުވާ ކުރުމުގެ ފުރުޞަތު ދޭންޖެހޭނެ: ސަމީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބަކީ ވެސް ދިވެހި ދެމަފިރިއެއްގެ ދިވެހި ދަރިއެއް ކަމަށާއި ކުށްކުށަށް ދޭ އަދަބަކީ މީހާގެ ފުރާނަ ދުއްވާލުމެއް ނޫން ކަމަށާއި އަނިޔާވެރިކަން ހުއްޓުވާފައި އިންސާނިއްޔަތުކަން އިސްކޮށް ބޭސް ފަރުވާއަށް އަޙްމަދު އަދީބަށް ފުރުޞަތު ދޭންޖެހޭނެ ކަމަށް ޖޭޕީގެ ސެކެޓރީ ޖެނެރަލް އަހްމްދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މިމޭރުމުން ވިދާޅުވެ ކުރެއްވި ޓްވީޓް ވަނީ ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ވެސް ޓެގް ކުރައްވައިފައެވެ.

އަދީބްގެ ޞިއްޙީ ޙާލަތާއިމެދު ވަރަށް ބޮޑެތި ކަންބޮޑުވުންތައް ހުރިނަމަވެސް ރައީސް ޔާމީނު ވިދާޅުވެފައިވަނީ ދިވެހި ފަސްގަނޑުން އަދީބަށް އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށެވެ. މީގެ މާނައަކީ އަދީބް ދިރިހުންނަވައި ރާއްޖޭގައި ދިރިއުޅުއްވުމުގެ ފުރުޞަތު ނުދެއްވާނެކަން ކަމުގައި ބެލެވެއެވެ.

އަދި އަދީބުގެ ކަންކަމުގައި ސަރުކާރުން އަމަލުކުރަމުން ގެންދަނީ ރާއްޖެ އާއި ބައިނަލްއަޤްވާމީ ޤަވާއިދުތަކުގެ ބޭރުން ކަމަށް ބުނެ ޢާއިލާއިން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.



Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް