އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހު ކީރިތި ޤުރްއާން ކިޔަވަން އެންމެ ފައިދާހުރި މަގު!

ރަމަޟާން މަހު ކީރިތި ޤުރްއާން ކިޔަވަން އެންމެ ފައިދާހުރި މަގު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ރަމަޟާން މަސް ގާތްވަމުން އަންނައިރު އެންމެ ގިނަ ބައަކު ކުރާ އެއް ސުވާލަކަށްވެފައި އޮންނަނީ ކީރިތި ޤުރްއާނުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ކޮން ޢަމަލަކުންތޯއެވެ؟ މިސާލަކަށް މުޞްޙަފް ކިޔެވުމުންތޯ؟ މާނައާއިއެކު ކިޔެވުމުންތޯ؟ ވީހައި ގިނަ ޚަތިމް ކުރުމުންތޯ؟ ފަދަ ސުވާލުތަކެވެ. 

ޖަވާބުގައި ފުރަތަމަ ބުނަންޖެހޭނީ ކީރިތި ޤުރްއާން ކިޔެވުމާއި އުނގެނުމާއި ގުޅުންހުރި ކޮންމެ ޢަމަލަކީވެސް ވަރަށް މަތިވެރި އަޅުކަމެއް ކަމަށެވެ. އެއިގެ ތެރޭގައި މާނަ ކިޔުމާއި ސަރަޙަ ކިޔުންވެސް ހިމެނެއެވެ. އެންމެ މަތިވެރިވެގެންވަނީ މުޞްޙަފް ކިޔެވުމެވެ. 

ކީރިތި ޤުރްއާން އުނގެނުމަށް ކުރާ ކޮންމެ ކަމަކީ އަޅުކަމެއްނަމަވެސް ބޮޑެތި ޢިލްމްވެރިންނަށް ބެލިނަމަވެސް ގިން ޢިލްމްވެރިން ރަމަޟާންމަހު ސަމާލުކަން ދެއްވަވަނީ ވީހައި ގިނައިން މުޞްޙަފުން ކިޔަވައި ވިދާޅުވުމަށެވެ. ދިރާސާކުރެއްވުމާއި ޞަރަޙަ ވިދާޅުވުން ނުވަތަ ޞަރަޙަ ކުރެއްވެވުމުގެ މަސައްކަތް ކުރައްވަވަނީ އެހެން މަސްތަކުގައެވެ. 

މީގެމާނައަކީ އެއްވެސް ޙާލެއްގައި އެކަންކަންވެސް ރަމަޟާންމަހު ނުކުރއްވަވާ ވާހަކައެއް ނޫނެވެ. ނަމަވެސް އެންމެ ބޮޑަށް އިސްކަން ދެއްވަނީ މުޞްޙަފުން ކިޔަވައި ވިދާޅުވުމަށް ކަމެވެ. 

ހަމައެއާއިއެކު ވީހައި ގިނަ ޚަތިމް ކުރުމުގެ ބޭނުމުގައި އަވަސްއަރުވާލައިގެން ކިޔެވުމެއް ނެތެވެ. ކިޔަވަންވާނީ ލަސްލަހުން ރިވެތިރާގަށެވެ. ތަޖުވީދުމަގުންނެވެ. މިކިޔޭ އެއްޗެއް ހިތަށް ވަންނަ ގޮތަށެވެ. އެކަމުގެ ތެރެއަށް ވަދެ އިނދެގެންނެވެ. މާނައަކީ ހިތާއި ސިކުނޑިން އެކަމަށް ސަމާލުކަންދީގެންކަމެވެ. 

ބައެއް މީހުން ރީތި ރާގަށް ކިޔަވަންވެގެން ލަވަކިޔާ ރާގުތަކަށްވެސް އެބަ ކިޔަވައެވެ. އެއީ ރަނގަޅު ގޮތެއް ނޫނެވެ. ކީރިތި ޤުރްއާން ކިޔަވަންވާނީ އެކަންކުރަން އެކަށީގެންވާ ރާގުތަކަށެވެ. ހަމައެއާއިއެކު ވަގުތު ނުއޮންނަ މީހުން ކަނޑައަޅަންވީ ދުވާލަކު ކިޔާނެ ޞަފްޙާގެ ޢަދަދެއް ނޫނެވެ. އެގޮތަށް ކަނޑައެޅުމުން އަވަހަށް ކިޔަވައި ނިންމައިލުމުގެ ޝައުޤުވެރިކަން ބޮޑުވެ ކިޔެވުމުގައި އަވަސްއަރުވައިލެވެއެވެ. އެއިގެ ބަދަލުގައި އެމީހަކަށް ހޭދަކުރެވޭނެ ވަގުތު ކަނޑައަޅައި އެވަގުތުގައި ވީހައި ފުރިހަމައަށް ކިޔަވަން މަސައްކަތްކުރާށެވެ! 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


23%
ވ.ރަނގަޅު
17%
ރަނގަޅު
23%
އޯކޭ
35%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް