އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯބިވެރިޔާ އާއެކު އެކަހެރިނުވާށެވެ! ޢަރުޝީގެ ހިޔާވަހިކަން ގެއްލުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ!

ލޯބިވެރިޔާ އާއެކު އެކަހެރިނުވާށެވެ! ޢަރުޝީގެ ހިޔާވަހިކަން ގެއްލުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް ލޯބިވެރިޔާއާއިއެކު އެކަހެރިނުވާށެވެ! ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ތިބާއަށް ލިބެން އޮތް މަތިވެރި ފުރުޞަތު ގެއްލިދާނެއެވެ! އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ދެރަކަމުގައި ނޫނީ ނުވާނެއެވެ. 

ޚާއްޞަކޮށް ވާހަކަ ދައްކާލަން ނަމަވެސް ތަޅުލެވޭ ތަނެއްގައި އެކަނި ނުތިބޭށެވެ! ބަގީޗާއެއްގެ ތެރޭގައި މީހުންނަށް ފޮރުވިގެން ނުތިބޭށެވެ! މިފަދަ ކޮންމެ ކަމަކުން ވެސް މިބުނި ފުރުޞަތު ގެއްލިގެން ހިނގައިދާނެއެވެ! 

އެކަހެރިވީ އެފަދަ ޢަމަލެއް ކުރުމުގެ ޤަޞްދުގައި ނޫން ނަމަވެސް އެކަހެރިވުމުން ކަންކަން ބަދަލުވެގެންދާނީ ގޯހުން ގޯހަށެވެ! ފުރަތަމަ ޝައިޠޯނާ ވަސްވާސްދޭނީ އެކަހެރިވުމަށެވެ. އެކަހެރިވުމުން ދެން ވަސްވާދޭނީ ޒިނޭކުރުމަށެވެ.

ކައިވެނިކުރާ ޢުމުރުކަމަށްވެފައި ކައިވެނިކުރެވެން ތިބިނަމަ އަވަހަށް ކައިވެނިކުރާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނާށެވެ! އެއިރުން ދެން ހުރި އެހެންކަން އެކަލާނގެ ފުރިހަމަކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ  

އުފާވެރިކުރަންވީ ލޯބިވެގެން އުޅޭ ޙަޔާތެއް ނޫނެވެ. ދިރިއުޅުމެވެ! އާޚިރަތްދުވަހެވެ! ވީމާ އާޚިރަތް ދުވަހު އެންމެ އުފާކުރާނެ 7 ބާވަތުގެ މީހުންގެ ތެރޭގައި ހިމެނި ޢަރުޝީގެ ހިޔާވަހިކަން ލިބެން އޮތް ފުރުޞަތު ދޫކޮށްނުލާށެވެ! އެކަން ޙާޞިލުކުރެވޭނީ ޢިއްފަތްތެރިކަން ޙިމާޔަތްކުރެވިގެންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް