އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެނިކުރެވެންދެން އެކަކަށް ހިތްދީ ހުސްކޮށްނުލާށެވެ!: މުފްތީ މެންކް

ކައިވެނިކުރެވެންދެން އެކަކަށް ހިތްދީ ހުސްކޮށްނުލާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

އެންމެ ގިނަ ޢަދަދެއްގެ މީހުން، ޚާއްޞަކޮށް ޒުވާނުން މިހާރަކަށް އައިސް އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭ ސަބަބަކަށްވެފައި އޮންނަނީ ލޯބިވެގެން އުޅޭ ލޯބިވެރިޔާ ކޮޅުކެހިދިނުމެވެ. އެކަމުން ލިބޭ މާޔޫސްކަމެވެ. އެމާޔޫސްކަމުގެ ތެރެއިން ތައުލީމަށާއި އަޅުކަންކުރުމަށާއި އަދި އެހެނިހެން ކަންކަމަށްވެސް ހުރަސްއެޅޭކަމެވެ. 

މި ނުބައި އަސަރު ގިނައިން ކުރަނީ އަންހެނުންނަށެވެ! އަދި މިފަދަ އަންހެނުންގެ ތެރޭގައިވެސް ގިނައީ ފޯނުން ލޯބިވާ އަންހެނުންނެވެ. ފޯނުން "އައި ލަވް ޔޫ!" އޭ ބުނުމުން އެއީ ހަމަ ތެދު ޙަޤީޤަތެއްކަމަށް ޤަބޫލުކޮށް ހިތްދެވެނީއެވެ. ހަށިގަނޑުވެސް ދެވެނީއެވެ. އެހިސާބުން ލޯބި މަރުވެ ޖަނާޒާކުރެވެނީއެވެ. 

ދެވޭ ނަޞޭޙަތްތަކުގައި "އަހަރެން ކަލާ ދެކެ ލޯބިވަމޭ" ބުނުމުގެ މާނައަކީ "އަހަރެން ތިބާ ބޭނުންކޮށްލަން ބޭނުންވެއްޖެ" ވެފައިވާކަމަށް ބުނަމުން މިގެންދަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. 

އެކުވެރި ކަނބަލުންނޭވެ! މިކަންކަމަށް ތިއަ ކަނބަލުން ހޭލުންތެރި ނުވާހައި ހިނދަކު މި މައްސަލަ ޙައްލެއް ނުކުރެވޭނެއެވެ. ގޭގެ ކުލަބަދަލުކުރާ އުޞޫލުން އަނބިން ބަދަލުކޮށް ދެއިރު ހެދުން ބަދަލުކުރާ އުޞޫލުން ލޯބިވެރިން ބަދަލުކުރަމުން ގެންދާ މިފަދަ ޒަމާނެއްގައި ކިތަންމެ ވަރަކަށް ލޯބިވީނަމަވެސް، ކިތަންމެ ބޮޑަށް އިތުބާރުކުރި ނަމަވެސް މިޒަމާނުގައި ކައިވެނިކުރުމުގެ ކުރިން އެކަކަށް ހިތްދީ ހުސްކޮށްނުލާށެވެ!

މީގެމާނައަކީ ގިނަ ބައަކަށް ހިތްދޭން ބޫނުމެއް ނޫނެވެ. މިބުނަނީ ކައިވެނިކުރުމުގެ ކުރިން އެއްވެސް މީހަކަށް ތިމާގެ ހިތް އެކުގައިދީ ހުސްކޮށްނުލާށެވެ! ކޮންމެ ވަގުތަކުވެސް ލޯބި "މަރުވެދާނެ" ކަމަށް ބަލައި އެކަމަށް ހިތުގައި ޖާގަ ހުސްކޮށް ބާއްވާށެވެ! ފަށަމުން ބަޔާންކުރި މައްސަލަތައް ޙައްލުކުރެވެން އޮތް ހަމައެކަނި ގޮތަކީ އެއީއެވެ!

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް