ޢާންމު ޙާލަތަކަށް އަންނަން ކައިރިވެސް ނުވަނީ މާލެ ސިޓީގެ މިސްކިތްތަކުގަ ނަމާދުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޢާންމު ޙާލަތަކަށް އަންނަން ކައިރިވެސް ނުވަނީ މާލެ ސިޓީގެ މިސްކިތްތަކުގަ ނަމާދުކުރުން!

މާލެ ސިޓީގެ ހުރިހާ ކަންކަން މިހާރުވަނީ ޢާންމު ޙާލަތަކަށް އައިސްފައެވެ. ކަރަންޓީނު ކުރުމުގެ ބައިވެސް މިހާރު މިވަނީ ގާތްގަނޑަކަށް ނިމުމަކަށް އައިސަފެވެ. މިއަދު އިންޑިއާއިން ރާއްޖެއައި އަންހެނެއްގެ ފިރިމީހާ ބުނީ އޭނާގެ އަނބިމީހާ ކަރަންޓީނުވުމަށް އަންގާފައިނުވާ ކަމަށެވެ. 

ނަމަވެސް މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުމުގެ ޙާލަތަށް ރަސްމީ ބަދަލެއް އައިކަމަކަށް ނުވެއެވެ. ބުދަ ދުވަހުގެ ރޭގެ ޢިޝާނަމާދުގައި އެމިސްކިތުގައި ކިޔެވީ ވައްޟުޙާ ޢާއި އަލްކައުޘަރު ސޫރަތެވެ. ފަތިސްނަމާދުގައި ކިޔެވީ އަލަމްނަޝްރަޙް އާއި އައްނާސް ސޫރަތެވެ. 

އެ އިމާމަކީ އިސްލާމިކް މިނިސްޓްރީން އަނގާ ގޮތަށް ހުރިހާ ކަންކަން ކުރާ އިމާމެކެވެ. ވީމާ ޢިޝާ ނަމާދާއި ފަތިސް ނަމާދު ފަދަ މީސްތަކުންނަށް ތަކްލީފަކަސް ނުވާނެވަރަށް ދިގުކޮށްލުން ސުންނަތްވެގެންވާ ނަމާދުތައް މިހައި ކުރުކޮށްލުމުން އިސްލާމިކް މިނިސްޓްރީއަށް އަދިވެސް ޢާންމު ޙާލަތު އަންނަން ގާތްވެސް ނުވާކަން އެބައެނގިގެންދެއެވެ. 

އިސްލާމިކް މިނިސްޓްރީގެ މިންގަނޑަށް ނުބަލައި ނަމާދުކުރާ އިމާމުން މިހާރުވެސް ގެންދަނީ އެކަށީގެންވާ މިންވަރަށް ނަމާދު ދިކުރަމުންނެވެ. އަދި ނަމާދު ދިގުކޮށްލަން ކިޔެވުން ދިގުކޮށްލާ މިސްކިތްތަކުގައި ނަމާދުކުރާ މީހުން ބައްޔަށް ފައްސިއާއި އައްސިވާކަން އެއްވެސް މިންވަރަކަށް އެނގޭކަށްވެސް ނެތެވެ. 

އެހެންކަމުން ވަޒިފާއަށް ބިރުން ތިބި އިމާމުންނަށް އޮތް ބިރުވެރިކަން ފިލުވައިލަދިނުމުގެ ވަގުތު އަދިވެސް ނުޖެހެނީތޯ ނަމާދުކުރާ ގިނަބައަކު ސުވާލުކުރެއެވެ.

މިއަދު އޮންލައިން