އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުންގެ ތާއީދު ނުލިބޭނެކަން އެނގުމުން ޤާނޫނުން ބޭރުން ވެރިކަމަށް އައިސްގެންވެސް މަޖުބޫރުން އަނެއް ރާއްޖެއަށް ދިވެހިން ގެންދަނީ!

ރައްޔިތުންގެ ތާއީދު ނުލިބޭނެކަން އެނގުމުން ޤާނޫނުން ބޭރުން ވެރިކަމަށް އައިސްގެންވެސް މަޖުބޫރުން އަނެއް ރާއްޖެއަށް ދިވެހިން ގެންދަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

ރާއްޖޭގަ ބަރުލަމާނީ ވެރިކަމެއް ކުރަން ފަށަން ރައީސް ނަޝީދު ނިންމަވައި އެކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެންގެވުމުން ރައްޔިތުންގެ ގިނަ ބައަކު ބުނަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ނަތީޖާ ފެނުމުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި މެދު ރައީސް ނަޝީދުގެ އުންމީދު ގެއްލި ގޮތް ހުސްވީކަމަށެވެ. 

"އަންނަ ރިޔާސީ އިންތިޚާބުގައި ތަފާތު ބޮޑުގޮތަކަށް ބަލިވެގެން ހިނގައިދާނެ ކަމަށް ޤަބޫލުކުރެއްވިގެން އެއުޅުއްވަނީ މިހާރު! ކިތަންމެ ވަރަކަށް ބޭނުންވިނަމަވެސް ރައްޔިތުންގެ ރުހުން ލިބިގެން ނޫނީ ވެރިކަމުގެ ނިޒާމް ބަދަލެއް ނުކުރެވޭނެ. އެނޫން ގޮތަކަށް ނިޒާމް ބަދަލު ކުރާނަމަ އެކަންވާނީ ވެރިކަން ފޭރިގަތުމުގެ އަމަލަކަށް. ބަޑިހިފައިގެން ނުކުމެ ވެރިކަމަށް އެރުފަދަ ކަމަކަށް އެކަން ޥާނީ. ދެން ބަލަން ތިބެމާ ހިނގާ."

"ޤާނޫނުއަސާސީގަ ހުންނާނެ މަޖިލީހަށް ބަދަލުގެނެވޭނެ ކަންކަމާ ރައްޔިތުން ގާތު އަހައިގެން ބަދަލުގެނެވޭނެ ކަންކަން. ވީމާ އެޤާނޫނު އަސާސީ އާ އެއްގޮތަށް މެންބަރުކަން ކުރަން ޙަވާލުކުރީމާ މިހާރު އެއުޅެނީ ރައްޔިތުންގެ ކަރުގަ ހިފާފަ ބިންމަޗަށް ވައްތާލާފަ ވެރިކަމަށް އަރަން." 

"މިހުރިހާ ކަމެއްގެ އަސްލަކީ މުސްލިމް ދިވެހިރާއްޖެ، އަނެއް ދިވެހިރައްޖެއަށް ބަދަލުކުރުމުގެ މަސައްކަތް ނުނިންމެނީސް 2023 ގެ އިންތިޚާބު އަތުވެދާނެތީ! އެހެންވީމާ ކޮންމެ ގޮތަކުން ނަމަވެސް އަނެއް ދިވހިރާއްޖެއަށް ދިވެހިން ގެންދުވުން. 2023 ގަ ވެރިކަން ވެއްޓޭއިރު އަނެއްދީން ނުކުރެވި އޮވެއްޖެނަމަ އެކަން ކުރުވަން ހިފާފައި ތިބި މީހުންގެ ކިބައިން ސަލާމަތް ނުވެވޭނެތީ! ސުބްހާނަﷲ" 

ރައީސް ނަޝީދު ރައީސް ޞާލިޙަށް ދެންނެވި ދެންނެވުމާއި ގުޅިގެން އައްޑޫ ލައިވްގައި ޝާއިޢުކޮށްފައިވެއެވެ. 

"ބަރުލަމާނީ އަށް ބަދަލުކޮށް ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންފުޅުވާކަން ރައީސް ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ދަންނަވައިފައެވެ. 

ނަޝީދު، ރައީސް ސޯލިހަށް މިގޮތަށް ދެންނެވީ އިއްޔެ ހަވީރު އެމަނިކުފާނަށް ފޮނުއްވި މެސެޖެއްގައެވެ. އެގޮތުން އެ މެސެޖްގައި ނަޝީދު ވަނީ އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަަމަށް ވިދާޅުވެފައެވެ. މިކަން މިގޮތަށް ކުރެވޭނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްގެންނެވެ.

އެގޮތުން ނަޝީދު ވަނީ އަންނަ އަހަރު ފެބްރުއަރީ މަސް ތެރޭގައި ނިޒާމު ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށް އެ މެސެޖުގައި އެދިވަޑައިގެންފައެވެ. އަދި 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ނުބޭއްވުމަށްވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން 2024 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާއިރު ގާނޫނުގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ވެސް ނަޝީދު ވަނީ އެ މެސެޖު ފޮނުއްވައިފައެވެ."

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް