އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުފާ ހޯދަން މީހަކު ނިކަމެތިކޮށްފިނަމަ އެމީހާ އަޅާ އެންމެ ކަރުނަ ތިއްކަކުންވެސް އަނެކާގެ މުޅި މުސްތަޤްބަލް ބަނަވެދާނެ!: މުފްތީ މެންކް

އުފާ ހޯދަން މީހަކު ނިކަމެތިކޮށްފިނަމަ އެމީހާ އަޅާ އެންމެ ކަރުނަ ތިއްކަކުންވެސް އަނެކާގެ މުޅި މުސްތަޤްބަލް ބަނަވެދާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 40 ސިކުންތު

ތިމާއަށް މޮޅު ގޮތް ހޯދުމުގެ ދަހިވެތިކަމުގައި އެއްވެސް މީހަކު ނިކަމެތިކޮށްނުލާށެވެ! ނިކަމެތިކޮށްލެވުނު މީހާ ކުރާ އެންމެ ދުޢާއަކުންވެސް، އޭނާގެ ލޮލުން ވައްޓައިލާ އެންމެ ކަރުނަތިއްކަކުންވެސް އަނިޔާދޭ މީހާގެ މުޅި މުސްތަޤްބަލް ބަނަވެގެން ހިނގައިދާނެއެވެ. 

އަދި ކީއްހެއްޔެވެ؟ މީހަކަށް ދެރައެއްދީފައި ހޯދާ އުފަލެއް އެމީހަކާއިއެކު ދެމިނުއޮންނާނެއެވެ! އެމީހާއަށް އެންމެ ބޮޑަށް ބޭނުންޖެހޭ ވަގުތު އެމީހާ ހިތްދަތިކޮށްފައި އެމީހަކާއި ވަކިވެގެންދާނެއެވެ. މިއީ އަބަދުވެސް ދުނިޔެއިން ފެންނަމުންދާ ކަންކަމެވެ. 

ނިކަމެތިކަން ލިބިގެންދާ މީހާއަށް ބުނެލަން އޮތީ މާޔޫސްނުވާށެވެ! ތިބާ ހުރީ ޙައްޤުމަގުގައިނަމަ ތިބާއަށް ރަޙްމަތް ލައްވަވާނެތެވެ. ﷲ ތަޢާލާއަށް ވަކީލުކުރާ އަޅުންނަށް ރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް