އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަޤީޤީ ޙާދިސާ: ވުޟޫ ފުރިހަމަކުރުމާ ދުޢާއިން ބޮޑު އޮޕަރޭޝަނެއް ނުކޮށް ޝިފާ ލިބުނު މީހެއްގެ ވާހަކަ!

ހަޤީޤީ ޙާދިސާ: ވުޟޫ ފުރިހަމަކުރުމާ ދުޢާއިން ބޮޑު އޮޕަރޭޝަނެއް ނުކޮށް ޝިފާ ލިބުނު މީހެއްގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

އަޅުގަނޑަކީ ވޮލީކުޅުމުގެ ތެރޭގައި އެހެން ކުޅުންތެރިއެއްގެ އަތުން ޖެހި ނޭފަތަށް ބޮޑު ގެއްލުމެއް ލިބުނު މީހަކީމެވެ. އަޅުގަނޑު އެތަށް ޑޮކްޓަރ އަކަށް ދެއްކީމެވެ! ޑޮކްޓަރުންގެ ބަހަކީ 4 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރުމެވެ. ނޫންނަމަ އަބަދު ނޭފަތަށް ބޭސް އަޅައަޅަ ހުރުމެވެ. 

"އޭރު ނުނިދޭ އެއްވެސް ގޮތަކަށް ބޭސް ނޭފަތަށް ނާޅާ! ޑޮކްޓަރ ދީފައި ހުންނަ ވަރަށް ވުރެ ގިނައިން ބޭސް އަޅަން ނޭފަތަށް. އަބަދު ޖީބުގައި އޮންނާނެ ބޭސްފުޅި. ދުވާލު ތަނަކަށް ދިޔަޔަސް އެކުގަ ބޭސްފުޅިގެންދަން. ރޭގަނޑު ނިދަން އޮންނައިރު ބާލިސް ދަށުގައި ބާއްވައިގެން ނިދަނީ. ނޫނީ ނޭފަތް ބެދުމުން ސަލާމަތެއް ނުވެވޭ!"

އަޅުގަނޑު ނިންމީ އޮޕްރޭޝަން ނުކުރުމަށެވެ! އެހިސާބުން ސުންނަތާއިއެއްގޮތަށް ވުޟޫކުރަން ނޭފަތަށްފެންލާއިރުގައި އެތެރެފެން ލެވޭނެގޮތަށް ފެންލާންފެށީމެވެ. ފުރަތަމަކޮޅު ވަރަށް ވޭންއެޅިއެވެ. ނަމަވެސް ކެތްތެރިވެލީއެވެ.  

"ދެން ހިތަށް އެރީ ނަމާދުކުރުން ގިނަކޮށް ﷲ ގެޙަޟްރަތުގައި ދުޢާކުރަންވީއޭ! މިވޭނުން ސަލާމަތް ކޮށްދެއްވުމަށް!  އޮޕަރޭޝަން ކުރަން ބުނީމާ އަޅުގަނޑު ބުނިން ޑޮކްޓަރ ގާތުގާ ކިހިނެއްހޭ އޮޕަރޭޝަން ކުރާނީ ބުނީމަ ބުނީ ހޭނައްތައިގެންކުރާ 4 ގަޑި އިރުގެ އޮޕަރޭޝަނެކޭ! އަޅުގަނޑު ބުނިން ބޭނުމެއްނޫނޭ! އޮޕަރޭޝަން ކުރާ ޚިޔާލު ބަދަލުކޮށްލީ އޭރު އަޅުގަނޑުގެ ހުންނަނީ އެންމެ ދަރިޔަކު ގިނަމީހުން ބުނޭ ނޭފަތުގެ އޮޕަރޭޝަންއަކީ ވަރަށް ބިރުބޮޑު ރިސްކް ކަމެކޭ، ޢާއިލާއާއި  އެއްކޮށް އޮޕަރޭޝަން ނުކޮށް ދުނިޔޭގައި އުޅެން ބޭނުންވީ އެހެންވެ.!" 

އަޅުގަނޑު އޮޕަރޭޝަނެއް ނުކުރަމެވެ. ގުދުވިކަމަށް ބުނިކަށިކޮޅު އަދިވެސް އިނީ ހަމަ ގުދުކޮށެވެ! ނަމަވެސް އެންމެ ބޭސްތިއްކެއްވެސް ނޭފަތަށް ނުޖަހާތާ މިހާރު 4 އަހަރުވެއްޖެއެވެ! 

އަޅުގަނޑު ކިޔުންތެރިންނަށް ދަންނަވާލަން ބޭނުންވަނީ ވުޟޫކުރަންވާ ގޮތަށް ފުރިހަމައަށް ވުޟޫކޮށްގެން ނަމާދުކުރާށެވެ! އަދި ނަމާދުކުރުން ގިނަކޮށް ދުޢާކުރާށެވެ! ހިތަށް ނުވެސް ގެނެވޭ ފަދަކަންކަން ހިންމަވައިދެއްވަވާނެތެވެ! އިންޝާ ﷲ

- މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް