އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުރަތަމަ ފަހަރަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު ފަސްސަތޭކައިން މަތިވެއްޖެ!

ފުރަތަމަ ފަހަރަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު ފަސްސަތޭކައިން މަތިވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

ފުރަތަމަ ފަހަރަށް ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ފަސްސަތޭކައިން މަތިވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 276 މީހުން ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވަނީ 508 މީހުންނެވެ. 

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 402 މީހުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 3523 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 25,068 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 30,745 އަށް އަރައިފައެވެ. މި ބައްޔަށް 5594 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 172 މީހުންނަށެވެ.

މި ބަލީގައި 74 މީހަކު ވަނީ ނިޔާވެފައެވެ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު