އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޮކްޑައުންއަކަށް ދިއުމުގެ "ޕޮސިބިލިޓީ" އެބައޮތް- އިތުރު ފިޔަވަޅުތައް މާދަމާވެސް އިއުލާނުކޮށްފާނެ!: މަބަރޫކް

ލޮކްޑައުންއަކަށް ދިއުމުގެ "ޕޮސިބިލިޓީ" އެބައޮތް- އިތުރު ފިޔަވަޅުތައް މާދަމާވެސް އިއުލާނުކޮށްފާނެ!: މަބަރޫކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ކޮންޓްރޯލް ނުވެ ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް މަތިވާންފެށުމުން ސަރުކާރުން ފިޔަވަޅުތަކެއް އަޅައިފި އެވެ. 

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް ވިދާޅުވީ އެޙާލަތަށް ހިނގައްޖެނަމަ ލޮކްޑައުންއަކަށް ދިއުމުގެ "ޕޮސިބިލިޓީ" އެބައޮތް ކަމަށާއި އިތުރު ފޔަވަޅުތައް މާދަމާވެސް އިއުލާނުކޮށްފާނެ ކަމަށެވެ. އަދި ބަލި ކޮންޓްރޯލްކުރަން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް އަޅަން ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ. 

އެގޮތުން މިރޭ އިޢުލާނުކުރި ފިޔަވަޅުތަކުގެ ތެރޭގައި: 

- މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ބަންދުކޮށް އޮންލައިންކޮށް ހިދުމަތް ދިނުން 

- މި މަހުގެ 5 އިން ފެށިގެން 10 ދުވަހަށް ޕާކުތަކާއި މައިޒާންތައް ބަންދުކުރުމާއި ރޭގަނޑު 12 އިން ފެށިގެން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކުރުން 

- ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންނަށް ދަތުރުކުރަން ދޭން ފެށި ލުއިތައް ވަގުތީގޮތުން ހުއްޓާލުން

- ރާއްޖެތެރޭގަ ޒަރޫރީ ބޭނުންތަކުގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މާދަމާ އިން ފެށިގެން މަނާ!

- ކޭސްތައް އިތުރުވަމުންދާތީ ބަލީގައި ބޮޑުވަރުވެ އޮކްސިޖަން ދޭންޖެހޭ މީހުން ގިނަވަނީ 

- އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްގެ ކެޕޭސިޓީ އަންނަނީ ފުރެމުން 

- ސިއްހީ އެހީތެރިންނަށް އެކަށީގެންވާ ހިދުމަތް ނުދެވޭ ހިސާބަށް ކަންތައް ގޯސްވުމުގެ ނުރައްކާ އެބައޮތް 

މަބްރޫކް ވިދާޅުވީ މިވަގުތު ރާއްޖޭގައި ހުރި ވެކްސިންގެ ސްޓޮކް މަދުކަމަށެވެ. އަދަދު ފަހުން ހާމަކުރައްވާނެ ކަމަށެވެ. 

އިންޑިއާގެ ފަތުރުވެރިންތަކެއް ޤަވާއިދާއި ޚިލާފަށް ދިއްފުށީގައި ޙަރަކާތްތެރިވިކަމުގެ މައްސަލައެއް މިހާރު ފުލުހުން ބަލަމުން ގެންދާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. 

ރާއްޖޭގެ އާބާދީގެ ބޮޑުބައަކަށް ވެކްސިން ޖެހުމުންވެސް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު ބޮޑުތަނުން އިތުރުވާތީ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު