އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާ ކޭސްތައް އިތުރުވި ސަބަބުތައް ދެނެނުގަނެ ޙައްލުކުރެވިދާނެތޯ؟

ކޮރޯނާ ކޭސްތައް އިތުރުވި ސަބަބުތައް ދެނެނުގަނެ ޙައްލުކުރެވިދާނެތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު

ދިވެހި ރައްޔިތުންނަކީ އަބަދުވެސް، އެޒަމާނުގައިވެސް މިޒަމާނުގައި ވެސް ސަރުކާރުން އަންގާ އެންގުންތަކަށް ކިޔަމަންވާ ބައެކެވެ. ސަރުކާރުން ކަނޑައެޅިގެން ދޮގުހަދާކަން އެނގޭއިރުވެސް ކެތްތެރިވެގެން ތިބ ބައެކެވެ. އެ އިމާރާތެއް އެޅުމަށް ކޮންމެ 2 އަހަރަކުން 8 ފަހަރު ކަޑަޖަހަމުންދިއައިރުވެސް ރައްޔިތުން ހަމަތިބީއެވެ. 

ރާއްޖޭގައި ކޮރޯނާ ކޭސްތައް އިތުރުވެގެން މިދިއައީ ހަމައެކަނި ރައްޔިތުންގެ އިހްމާލުންކަމަށް ނިންމައިފިނަމަ އެއީ އެންމެ އިންޞާފުން ކުރެވުނު ކަމެއް ކަމަށް ނުވެދާނެއެވެ. ވީމާ ޒިންމަދާރު ގޮތެއްގައި ދިރާސާކުރަން ޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ. 

- މަޖިލީހަށް އެޗްޕީއޭގެ ވެރިން ޒާހިރުކުރަން އުޅުމުން ގައިޑްލައިނަށް ބަދަލު ގެނައުން

- ޤަވާއިދާ ޚިލާފަށް މާލެއިން ފުރާ މީހުން އެދާ ރަށަކަށް ދެވޭއިރު ޤަވާއިދަށް ފެތޭ ގޮތަށް ޤަވާއިދު ބަދަލުވުން

- އެތައް ހާސް މީހުން ޖެހިފިތިގެން 4،5 ދުވަސްވަންދެން ކިޔޫހަދައިގެން ސަރުކާރުން ގެންގުޅުވުން

- ލޯކަލްކައުންސިލް އިންތިޚާބުގައި ފެނުނު މަންޒަރުތައް 

ގިނަބައަކު ޤަބޫލުކުރާ ގޮތުގައި ކޮރޯނާގެ ބިރުވެރިކަން ރައްޔިތުންގެ ހިތްތަކުގައި ކުޑަވެގެން ދިއައީ ކޮރޯނާގެ ކަންކަން މެނޭޖްކުރުމުގައި ޢަމަލުކުރަމުން އައި މިފަދަ އެތައް ސިޔާސަތުތަކުގެ ސަބަބުންނެވެ. މިސާލަކަށް ދެމީހުން އެކުގައި ފިތިގެން ތިބެ ދުއްވާފައި އިސްލާމީ މަރުކަޒަށް ގޮސް ނަމާދަށް އަރާފައި 3 ފޫޓު ދުރުމިނުގައި ދެ މީހުންނަށް ތިބެންޖެހުމުން މިކުރެވޭ ޢަމަލު މިކުރެވެނީ ހަމަ ކުރަންޖެހިގެން ކަމާއިމެދު ސުވާލު އުފެދޭނެއެވެ. 

މިފަދަ ކަންކަން ފާހަގަކުރާ މީހުން ބުނަނީ ކޮރޯނާއަކީ މުޅި ޤައުމަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމުގައިވުމުން ކޮރޯނާ ނައްތާލަން ކުރާ މަސައްކަތަށް އެންމެންގެ ތާއީދާއި ތަރުޙީބާއި އެހީތެރިކަންވެސް ބޭނުންވާނެކަމަށެވެ. ހުރިހާ ރައްޔިތުންވެސް ސަރުކާރަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ގިނަ ބައަކު ތިބީވެސް އެއްބާރުލުންދޭން ތައްޔާރަށް ކަމަށެވެ. 

ގިނަ ބައަކު ބުނަނީ ހަމައެއާއިއެކު ކަންކަން ރާވައި ހންގަން ތިބޭ ފަރާތްތަކުންވެސް ޒިންމާދާރުވާންޖެހޭނެ ކަމަށެވެ. ފިޔަވަޅުތައް އަޅާއިރު ކުރިއަށް އޮތްތަނުގައިވެސް އެފިޔަވަޅަކުން ކުރާނެ ފައިދާ ފެންނާނެ ގޮތަށް، އަދި އެއީ ރައްޔިތުންނަށް ފައިދާހުރިކަމެއްކަން ޤަބޫލުކުރެވޭނެ ގޮތަށް ފިޔަވަޅުތައް އެޅުމުން ކުރާނެ ފައިދާ މާބޮޑުވާނެ ކަމަށެވެ. 

ކޮރޯނާވައރަސްއިން ސަލާމަތްވުމަށް އެޗްޕީއޭއިން އަޅާ ފިޔަވަޅުތަކާއި ގުޅިގެން ބޮޑު ކޮރޯނާ ރުޅިގަދަވެ އެޗްޕީއޭގެ ފަހަތުން ނުދުވާނެ ސިޔާސަތަކަށް އަމަލުކުރުމުގެ މުހިންމުކަންވެސް ގިނަބައަކު ފާހަގަކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް