އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮވިޑް ޖެހިގެން މިއަދު މަރުވި މީހުންގެ އަދަދު ފަހަކަށް އަރައިފި!

ކޮވިޑް ޖެހިގެން މިއަދު މަރުވި މީހުންގެ އަދަދު ފަހަކަށް އަރައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ކޮވިޑް 19 ޖެހިގެން މިއަދު މަރުވި މީހުންގެ އަދަދު ފަހަކަށް އަރައިފިއެވެ. 

ކޮވިޑް ޖެހިގެން މިއަދު މަރުވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެއްސަކާއި އުމުރުން 83 އަހަރުގެ ދިވެއްސަކާއި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އައި އުމުރުން 61 އަހަރުގެ ފަތުރުވެރިއަކާއި އުމުރުން 97 އަހަރުގެ ދިވެހި އަންހެނަކާއި އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހެކެވެ. މިމީހާގެ މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.

މިބަލީގައި އެއް ދުވަހެއްގައި ފަސް މީހަކު މަރުވެފައި މިވަނީ ކޮވިޑްގެ ނުރައްކާތެރި ހާލަތެއްގައި ރާއްޖެ ވަނިކޮށެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 526 މީހުން ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވަނީ 703 މީހުންނެވެ. 

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 25,675 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 33,368 އަށް އަރައިފައެވެ. މި ބައްޔަށް 7607 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 203 މީހުންނަށެވެ.

މި ބަލީގައި ޖުމްލަ 77 މީހަކު ވަނީ ނިޔާވެފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު