އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރަކަށް ޙުސައިން ނިޔާޒް ހަމަޖައްސައިފި

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރަކަށް ޙުސައިން ނިޔާޒް ހަމަޖައްސައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 14 ސިކުންތު

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް ޙުސައިން ނިޔާޒު އައްޔަންކޮށްފިއެވެ. 

އުރީދޫ އިން ބުނެފައިވަނީ ޙުސައިން ނިޔާޒް އެ މަޤާމަށް ހަމަޖެއްސިކަމަށް ކަނޑައަޅާފައިވަނީ  1 ޖަނަވަރީ 2021 އިން ފެށިގެން ކަމަށެވެ. އަދި ކުންފުނިން ދިވެހި މުވައްޒަފުން ބިނާކޮށް، ކުންފުނީގެ ލީޑަރޝިޕްގެ މަގާމުތަކަށް ދިވެހިންނަށް ލިބިދީފައިވާ ފުރުޞަތުތައް ފަހިކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން ހާއްސަ އަހަންމިއްޔަތުކަމެއް ދޭއިރު، ސީއެކްސްއޯ ލެވެލްގެ މަގާމަކަށް ހުސައިން ނިޔާޒު އައްޔަންކުރުމަކީ އުރީދޫ މޯލްޑިވްސް އިން ކަނޑައްތުކޮށްފައިވާ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. 

ހުސައިން ނިޔާޒު އުރީދޫ މޯލްޑިވްސްއާ 2005 ވަނަ އަހަރު ގުޅި، ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއިންވަނީ 16 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައެވެ. އޭނާ އުރީދޫ މޯލްޑިވްސްއާ ގުޅިފައިވަނީ އާރްއެންއީ ޓެކްނީޝަންއެއްގެ ގޮތުގެއެވެ. އޭގެ ފަހުން ވަޒީފާގެ  އިތުރު އެތައް ކުރިއެރުމެއް ހޯދައި، ފުރާފައިވާ މަގާމުތަކުގެ ތެރޭގައި މެނޭޖަރ ނެޓްވަރކް ޕްލޭނިންގ އެންޑް އޮޕްޓިމައިޒޭޝަން، ހެޑް އޮފް ނެޓްވަރކްސް، ހެޑް އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަން، އަދި އެކްޓިންގ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމު ހިމެނެއެވެ.  އުރީދޫ މޯލްޑިވްސްއާ ގުޅުމުގެ ކުރިން، ހުސައިން ނިޔާޒު ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޮމިއުނިކޭޝަންސް، އިލެކްޓްރޯނިކްސް އެންޑް އައިޓީ ޑިޕާޓްމަންޓްގައި 12 އަހަރު ދުވަހު މަސައްކަތްކޮށްފައެވެ. ހުސައިން ނިޔާޒު ވަނީ ޓެލެކޮމް މެނޭޖްމަންޓް އިން އެގްޒެކެޓިވް މާސްޓާސް ހާސިލުކޮށް، ފޯޓް ގޯޑަން ޔުނައިޓެޑް ސްޓޭޓްސް އާރމީ އިން އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަންސްގެ ދާއިރާއިން ތަމްރީނު ހާސިލުކޮށްފައެވެ. މީގެ އިތުރުން، އޭނާ ވަނީ  ސިންގަޕޫރުގެ ސެންޓަރ ފޮރ ކްރިއޭޓިވް ލީޑަރޝިޕް އިން ލީޑަރޝިޕް ޑިވެލޮޕްމަންޓް ޓްރެއިނިންގ ހަދައި، އުރީދޫ ގްރޫޕް އިން އިންސްޓިޓިއުޓް ފޮރ މެނޭޖްމަންޓް ޑިވެލޮޕްމަންޓް (އައިއެމްޑީ) އާއެކު ހަދާފައިވާ ޕާޓްނަރޝިޕްގެ ދަށުން ހިންގާފައިވާ އުރީދޫ ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްވެސް ފުރިހަމަކޮށްފައެވެ. 

އުރީދޫ މޯލްޑިވްސް ގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް ފައިނޭންޝަލް އޮފިސަރު، މިސްޓަރ ނަޖީބް ޚާން ބުނެފައިވަނީ "އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް ހުސައިން ނިޔާޒު އައްޔަންކުރުމާ ގުޅިގެން އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން. މީގެ 16 އަހަރު ކުރިން، ހުސެން ނިޔާޒު ޓެކްނީޝަނެއްގެ ގޮތުގައި އަޅުގަނޑުމެންނާ ގުޅުމަށްފަހު ރާއްޖޭގައި އަޅުގަނޑުމެންގެ ނެޓްވަރކް އެޅުމުގެ އެންމެ ފުރަތަމަ މަރުޙަލާތަކުގައި ހަރަކާތްތެރިވެ، ކުންފުނި ކުރިއެރުމަށް އޭނާ ކޮށްދީފައިވާ ގިނަގުނަ ޚިދުމަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން. ހުސައިން ނިޔާޒު އުރީދޫ މޯލްޑިވްސްގައި ކޮށްފައިވާ ދަތުރަކީ ވަރަށް އިންސްޕަޔަރިންގ ދަތުރެއްކަމުގައާއި، އަޅުގަނޑުމެން އެންމެން އޭނާ ހޯދާފައިވާ ކުރިއެރުމާމެދު ފަޚުރުވެރިވާކަން ފާހަގަކޮށްލަން. ޓެކްނިކަލް އަދި ކޮމާޝަލް ދާއިރާގައި ހުސައިން ނިޔާޒުއަށް ލިބިފައިވާ ގިނަގުނަ ތަޖުރިބާތަކާއެކު، ކުންފުންޏަށް އިތުރު ކުރިއެރުން ހޯދައިދީ، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދޭނެކަން ޔަގީން."

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް ހުސައިން ނިޔާޒު އައްޔަންކުރުމާ ގުޅިގެން ކުންފުނީގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ. އަދި، މިކުންފުނި އިތުރު އާ އުސްމިންތަކަށް ވާސިލުކޮށްދީ، ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއިން އިތުރު މޭލުގާތުތައް ކަނޑައްތުކުރުމުގައި އެހީތެރިވެދިނުމުގައި ހުސައިން ނިޔާޒު ދެމިހުންނާނެކަމުގައި އުންމީދުކުރަމެވެ. 

ޙުސައިން ނިޔާޒަކީ އުރީދޫގެ ޚިދުމަތް ރާއްޖޭގައި ފަށަން އެންމެ ބުރަކޮށް ވަރަށް ދަތިޙާލުގައި މަސައްކަތްކުރެއްވި އެއް މުވައްޒިފެވެ. ހުރިހާ ކަސްޓަމަރުންގެވެސް ވަރަށް ގާތް އެކުވެރިއެކެވެ. ޙުސައިން ނިޔާޒް މިހައިތަނަށް ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކޮށް މިއަދުނޫސް ޓީމުން ޙުސައިން ނިޔާޒަށް ހޫނު މަރުޙަބާއެއް އަރިސްކުރަމުއެވެ. އިތުރު ކުރިއެރުމާއި ކާމިޔާބީއަށްވެސް އެދެމުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ