އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނައިބް ރައީސް ކޮރޯނާއަށް ޕޮޒިޓިވްވުން - ވިސްނައިލުން މުހިންމު ބައެއް ކަންކަން!

ނައިބް ރައީސް ކޮރޯނާއަށް ޕޮޒިޓިވްވުން - ވިސްނައިލުން މުހިންމު ބައެއް ކަންކަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 56 ސިކުންތު

މާތް ﷲ ގެ ވާގިފުޅާއިއެކު މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ނިމެންދެން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރެވުނެވެ. ނަމަވެސް މިސްކިތްތައް ބަންދުކުރުމުން ޢީދު ނަމާދެއް ނުކުރެވުނެވެ. ޢީދު ނަމާދު ކޮށްފިނަމަ ކޮރޯނާ އިތުރަށް ފެތުރިގެންފާނެ ކަމުގެ ބިރު އޮތުމުންނެވެ. 

ނަމަވެސް ޢީދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭޑީކޭ ސަރަހައްދަށް އެތައް ބައަކަށް އެއްވެވުނެވެ. ގައިދުރުކަމެއް ނެތި އެތައް ބައަކު 10 ވަރަކަށް ޢީދު ނަމާދުކުރާހައި އިރު ތިއްބެވެ. ކޮރޯނާ ފެތުރުމުގެ ބިރު އޮވެގެން އެއްވެސް ފިޔަވަޅެއް ނުއަޅައެވެ. 

ދެން އެހިސާބުން އުފެދުނު ސުވާލަކީ ޢީދުނަމާދަށް ޙާޟިވެއްޖެނަމަ ކޮރޯނާ ފެތުރިގަންނާނެ ކަމާއި ޖުމްހޫރީ މައިދާނަށް އެއްވުމުން ކޮރޯނާ ނުފެތުރޭނެކަން އެޗްޕީއޭއަށާއި މަގުމަތި ބަލަހައްޓާ ފުލުހުންނަށް އެނގުނީ ކިހިނަކުން ހެއްޔެވެ؟ ކޮންގޮތަކަށް ކުރި މުޢާމަލާތަކުން ހެއްޔެވެ؟ ކޮރޯނާ އާއި މުޢާމަލާތުކުރީ ކޮން ބަހަކުން ހެއްޔެވެ؟ ނޫނީ އެކަން އެނގުނީ ކޮން ޓެސްޓަކުންހެއްޔެވެ؟ 

މިސުވާލުތަކުގެ ޖަވާބު ހޯދަން އެޗްއޯސީގެ މީޑިއާ ގްރޫޕުގައާއި ފުލުހުންގެ މީޑިއާ ގްރޫޕުގައި ކުރި ސުވާލަށް އަދި މިހައިތަނަށް ޖަވާބު ލިބިފައެއް ނުވެއެވެ. 

މިފަދަ މުހިންމު ސުވާލަކަށް ޖަވާބު ނުލިބި 900 އަހަރުވީ ސުވާލެއްވެސް އަދިވެސް އެބަ އޮތެވެ. އެއީ ރަންނަމާރި އަރައި އެސޮރު ބޭނުންވަނީ ބިކުރުވެރި އަންހެނެއްކަމާއި ބިކުރުވެރި އަންހެނަކު ދީފިނަމަ އިތުރު މީހަކަށް އަނިޔާ ނުކުރާނެ ކަމަށް ބުނި ބަހެކެވެ. އެކަން އަންގައިދިން ގޮތެކެވެ. 

ދެން ފެނިގެން ދިއައީ މިސްކިތްތައް ބަންދުކުރެވުނުތަނެވެ. ބައެއް މިސްކިތްތަކުގައި އަލިކަމެއްވެސް ނުބަހައްޓައި އަނދިރިވެސްކޮށްލިތަނެވެ. 

މިސްކިތްތައް ބަނަދުކުރުމާއިއެކު ލިބިގެން ދިއައީ އެންމެ ހިތާމަވެރި އެއް ޚަބަރެވެ! އެއީ ރާއްޖޭގެ އިސްލާމީ ކަންކަން ބެލެހެއްޓެވުމުގައި އެންމެ އިސްކޮށް ހުންނެވި ނައިބް ރައީސް، ފައިޞަލް ނަސީމް ކޮވިޑަށް ޕޮޒިޓިވްވި ކަމުގެ ހިތްދަތި ޚަބަރެވެ. 

ނައިބް ރައީސްއަކީ އިސްލާމް ދީނުގެ ކަންކަމަށް ލޯބިކުރައްވާ އިސްލާމީ މަރުކަޒަށް ހުކުރަށް ވަޑައިގަންނަވާ، ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަން ވަގުތު ހޭދަކުރައްވާ، ޒިޔާރަތް މިސްކިތަށް ޖަމާޢަތުގެ ނަމާދަށް ވަޑައިގަންނަވާ ތަޤްވާވެރި ހިތްޕުޅު ހެޔޮ ބޭފުޅެއްކަން ފާހަގަކުރެވެއެވެ. އަދި ރާއްޖޭގައި ދީނުގެ ކަންކަން އިތުރަށް ހަރުދަނާ ކުރައްވަން މަސައްކަތްޕުޅު ކުރައްވާ ބޭފުޅެއްކަންވެސް ފާހަގަކުރެވެއެވެ. އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވެސް ދުޢާކުރަމެވެ! 

"ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި.

އެމަނިކުފާނު މިވަގުތު ހުންނެވީ އެކަހެރިވެވަޑައިގެން އަދި އެމަނިކުފާނުގެ ޙާލުކޮޅު ރަނގަޅު

ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އަވަސް ޝިފާއެއް މާތް الله  މިންވަރުކުރައްވާށި." 

- ރައީސް އޮފީސް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް