އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ އިން އަނެއްކާވެސް ޚާއްޞަ އޮފަރތަކެއް ތައާރަފްކޮށްފި

އުރީދޫ އިން އަނެއްކާވެސް ޚާއްޞަ އޮފަރތަކެއް ތައާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 6 ސިކުންތު

ކޯވިޑް 19 އާއި ގުޅިގެން ކަސްޓަމަރުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދާދިނުމުގެ ގޮތުން، އުރީދޫ މޯލްޑިވްސް އިން އަނެއްކާވެސް ޚާއްޞަ އޮފަރތަކެއް ތައާރަފްކޮށްފިއެވެ.

2 ޖޫން 2021 އިން ފެށިގެން އުރީދޫ ޕޯސްޓްޕެއިޑް، ޕްރިޕެއިޑް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ލިބޭ މި ޚާއްޞަ އޮފަރތަކާއިއެކު، ގޭގައި ތިބެގެން އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށް، އެހެނިހެން ޑިޖިޓަލް ޚިދުމަތްތައްވެސް ބޭނުންކުރުމުގައި ލުޔެއް ލިބިގެންދާނެއެވެ.

އުރީދޫ އިން ބުނެފައިވަނީ މި ޚާއްޞަ އޮފަރތައް އަލުން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތެއް ލިބުމަކީ މުހިންމުކަމެއްކަމުގައި ދެކިގެން ކަމަށެވެ.

މިކަމާގުޅިގެން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވީ "ކޯވިޑް 19 ޕެންޑެމިކް ފެށުނީއްސުރެ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި، މުޖުތަމައުއަށް އަދި އަޅުގަނޑުމެންގެ ޓީމަށްވެސް އުރީދޫ މޯލްޑިވްސްއިންދަނީ އެކި ގޮތްގޮތުން އެހީ ފޯރުކޮށްދެމުންނެވެ. އެގޮތުން މިއަދު އަޅުގަނޑުމެން އަނެއްކާވެސް އާ ރާޅަކާ ކުރިމަތިލަމުންދާ ހިނދު މި ލޯންޗު ކުރެވުނު ޚާއްޞަ އޮފަރތަކާއި އެކު އަޅުގަނޑުމެންގެ އުންމީދަކީ އެކަކު އަނެކަކާއި ގުޅުވާލަދީ ރައްކާތެރިކަމާއި އެކު ގޭގައި ތިބުމަށް ލުޔެއް ލިބިގެންދިއުން." ކަމަށެވެ.

2 ޖޫން 2021 އިން ފެށިގެން ލިބިވަޑައިގަންނަވާ ޚާއްޞަ އޮފަރތައް:

ސުޕަރނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %50އާއި ހަމައަށް އިތުރު ޑޭޓާ

ފަސޭހަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30އާއި ހަމައަށް އިތުރު ޑޭޓާ

ޕްރިޕެއިޑް ޑެއިލީ އަދި ވީކްލީ ޑޭޓާ އެޑް-އޮންސް ނަންގަވާފަރާތްތަކަށް %200އާއި ހަމައަށް އިތުރު ޑޭޓާ ލިބުން. މި އެޑް-އޮންތައް މިހާރު 'ވަރަށް ތަފާތު'، 'އެކު ޕޯސްޓްޕެއިޑް' އަދި 'އާޗާ ޕޯސްޓްޕެއިޑް' ގެންގުޅުއްވާ ފަރާތްތަކަށްވެސް ލިބިވަޑައިގަންނަވާނެއެވެ.

ޕޯސްޓްޕެއިޑް މަންތްލީ ޑޭޓާ ނަންގަވާފަރާތްތަކަށް %50އާއި ހަމައަށް އިތުރު ޑޭޓާ

ސޯޝަލް މީޑިއާއަށް، ގޭމް ކުޅުމަށް އަދި އޮންލައިން ސްޓްރީމިންގއަށް ޚާއްޞަ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކްތަކަށް %100އާއި ހަމައަށް އިތުރު ޑޭޓާ

2 ޖޫން 2021 ގެ ކުރިން ތިބި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވައިބަރ މެދުވެރިކޮށް ހިލޭ މެސެޖެ ފޮނުވުން

ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑިޕޮސިޓަކާ ނުލާ މިހާރު 'އެކު ޕޯސްޓްޕެއިޑް'، 'ތަފާތު ޕޯސްޓްޕެއިޑް' އަދި 'އާޗާ ޕޯސްޓްޕެއިޑް'އަކަށްވެސް އަޕްގްރޭޑްކޮށްލެވޭނެއެވެ.

އާޗާ 1ޖީބީ/ޑޭ ޕްލޭންސްއަށް 2 ގުނަ ޑޭޓާ، މިގޮތުން ދުވާލަކު 2ޖީބި ލިބިގެންދާނެ

މަގޭ ޕްލޭން އެކްސްކްލޫސިވް އޮފަރ އާއިއެކު އުރީދޫ އެޕް މެދުވެރިކޮށް %100 އަށްވުރެ ގިނަ ޑޭޓާ

ފޭސްބުކް ފްލެކްސް މެދުވެރިކޮށް ހިލޭ ފޭސްބުކް ބޭނުންކޮށްލެވުން

ކޯވިޑް-19 ޕެންޑެމިކްގެ ސަބަބުން ދިމާވެފައިވާ ދަތިތަކާއި ކުރިމަތިލުމަށް ދިވެހި ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީ ފޯރުކޮށްދީފައިއެވެ. މިގޮތުން ޕެންޑެމިކާއި ބެހޭ މައުލޫމާތް ފަތުރައި، ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުންދަގޫ ހާލަތްތަކުން އަރައިގަތުމަށްޓަކައި، ދިވެހި ސަރުކާރާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި ކަމާއިގުޅޭ އެކި ފަރާތްތަކާއި ގުޅިގެން އުރީދޫ އިން މަސައްކަތްކުރަމުން ދާނެއެވެ.

މިއަދު ތައާރަފްކުރެވިފައިވާ ހާއްސަ ޙިދުމަތްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/covid19 އަށް ޒިޔާރަތްކުރައްވާ.

ގޭގައި ތިއްބަވައިގެންވެސް، އުރީދޫގެ ޚިދުމަތްތައް ފަސޭހަކަމާއި އެކު http://ore.do/godigital މެދުވެރިކޮށް ލިބިގެންދާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު