އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަދީބަށް އައިޖީއެމްއެޗްގަ ދޭ ފަރުވާއަށް ވެސް ސަމާލުވާންޖެހޭ!

އަދީބަށް އައިޖީއެމްއެޗްގަ ދޭ ފަރުވާއަށް ވެސް ސަމާލުވާންޖެހޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބަށް އައިޖީއެމްއެޗްގައި ދޭ ދަރުވާ އަށް ވެސް ސަމާލުވާންޖެހޭ ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ. އެގޮތަށް ބުނާ މީހުން ޤަބޫލުކުރާ ގޮތުގައި އަދީބުގެ މައްސަލަ ފަދަ މައްސަލަތަކުގައި ޑޮކްޓަރުން ކިތަންމެ ރަނގަޅު ފރުވާއެއް ދިން ނަމަވެސް ބަލިމީހާއަށް އެ ފަރުވާ ނުފޯރުމަކީ ހަމަ ވަރަށް ގާތް ކަމެކެވެ.

އެފަދަ މީހުން ބުނަނީ ޑރ. އަފްރާޝީމް އާއި ނޫސްވެރިޔާ ރިޟްވާނުގެ މައްސަލައާއި ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ ގިނަ ބައަކު ކުއްލި ގޮތްގޮތަށް މަރުވެފައިވުމަކީ އަދީބުގެ މައްސަލަ އާއި ވެސް ވަރަށް ބޮޑަށް ކަންބޮޑުވުމެއް ކަމަށެވެ. ވީމާ މިވެނި މީހަކާއިމެދު މިވެނި ކަމެއް މިވެނިކަމެއް ވަކި ގޮތަކަށް ނުވެދާނެ ކަމަށް ޤަބޫލުކުރުމަކީ ވަރަށް ބޮޑު "ރިސްކެއް" ކަމަށެވެ. ރައީސް ޔާމީނުގެ ސަރުކާރުން ހިންގާފައިވާ ބޮޑެތި ކޮރްޕްޝަންގެ މައްސަލަތައް ތަޙްޤީޤް ކުރުމުގައި އަދީބުގެ އެހީތެރިކަން ވަރަށް މުހިންމުއިރު އަދި އެކަންކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އަދީބު ވިދާޅުވެފައިވުމުން އަދިބަށް "ރިސްކް" ބޮޑުވާކަންވެސް ގިނަ ބައަކު ފާހަގަކުރެއެވެ.

އަދީބުގެ ބޭސްފަރުވާއަށް ހުރަސްއަޅަމުން ގެންދަނީ ޖަލުގައި ބަހައްޓައިގެން އަދީބު އަވަހާރަކޮށްލަން ބޭނުންވާތީ ކަމަށް އަދީބުގެ ޢާއިލާއިން ވަނީ އެތައްފަހަރަކު ބުނެފައިކަންވެސް ފާހަގަ ކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް