އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލޭގައި ބައިސްކަލު ކުއްޔަށް ދޫކުރަން ފަށަނީ!

ހުޅުމާލޭގައި ބައިސްކަލު ކުއްޔަށް ދޫކުރަން ފަށަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 49 ސިކުންތު

ހުޅުމާލޭގައި ސިޓީ ބައިކް ޕްރޮޖެކްޓެއް ހިންގުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)  އާއި މި އެޗްޑީސީ އާއިދެމެދު މިއަދު ވަނީ ފަހުމުނާމާގައި ސޮއިކުރެވިފައެވެ.

އެޗްޑީސީ އިން ބުނެފައިވަނީ ބައިނަލްއަޤުވާމީ ބައިސްކަލު ދުވަހުގެ މުނާސަބާތާއި ގުޅުވައިގެން އިފްތިތާޙު ކުރެވުނު މި ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހެޔޮ އަގެއްގައި ބައިސްކަލު ކުއްޔަށް ނެގުމުގެ މަގު ފަހިވެގެންދާނެއެވެ.

ޖުމްލަ 300 ބައިސްކަލާއި އެކު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ޕާކިންގ ޑޮކްސް އަދި ޑިިޖިޓަލް ޕޭމަންޓް ހެދޭނެ ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓަކީ މި ކޯޕަރޭޝަނާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން ފަންޑުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން މި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވަނީ މި މަސައްކަތަކީ އަޅުގަނޑުމެންގެ ނާޒުކު ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ކެރެވެމުންދާ މަސައްކަތުގައި އެޅުނު އިތުރު މުހިއްމު ފިޔަވަޅެއްކަން ފާހަގަ ކުރައްވާ، މި ހިދުމަތުގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

ހުޚުމާލެއަކީ ސާފު އަދި ދިރިއުޅުމަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް މި ކޯޕަރޭޝަންގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. މިގޮތުން ރައްޔިތުންނާއި ވީހާވެސް ގާތުން ހިދުމަތްތައް ފޯރުކޮށްދީ ގަވައިދުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް ކުރެވެމުންދާ މަސައްކަތް މި ފުރުޞަތުގައި ފާހަގަކުރަމަވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ