އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިޔާ ފްލެޓްލިބުނު ފަޤީރުންގެ އާދޭސް ރައީސް ނަޝީދަށް!: ހެޔޮ ނުވާނެ އެއްހާސް ރުފިޔާއަށްވުރެ ގިނައިން ކުލި ނުނެގޭނެ ގޮތަށް ބިލެއް ފާސްކޮށްދެއްވާ!

ހިޔާ ފްލެޓްލިބުނު ފަޤީރުންގެ އާދޭސް ރައީސް ނަޝީދަށް!: ހެޔޮ ނުވާނެ އެއްހާސް ރުފިޔާއަށްވުރެ ގިނައިން ކުލި ނުނެގޭނެ ގޮތަށް ބިލެއް ފާސްކޮށްދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

ހުޅުވާލެވިފައިވާ ސިޓީއެއް- އެމްޑީޕީގެ ރައީސް، މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް!  

ހިޔާ ފްލެޓް އަޅާފައިވަނީ ފަޤީރުންނަށް އަމާޒުކޮށްގެންކަމާއި އެތަނުގައި ދިރިއުޅެންޖެހޭނީ ވަރަށް ފަޤީރު ނިކަމެތިންނަށްކަން މަނިކުފާނަށް އެނގވަޑައިގަންނަވާކަން މިހާރު ޔަޤީން ކުރެވިއްޖެއެވެ. މަނިކުފާނަކީ އަބަދުވެސް ރައްޔިތުންގެ އަޑުއައްސަވާ ރައީސަކަށްވާހިނދު އަޅުގތަނޑުމެންގެ މިއަޑުވެސް އައްސަވައިލެއްވުން ކިއްތޯއެވެ؟ 

މިނިމަމް ވޭޖް ނުވަތަ ލިބޭނެ އެންމެ ކުޑަ މުސާރަ 5000 ރުފިޔާއަށް ފާސްކުރައްވާފައި މިހާރުދޭ އިތުރު އެލަވަންސްތައް ކަނޑާނުލައިފިނަމަ އަޅުގަނޑުމެންގެ މުސާރައަށް ގިނަވެގެން ލިބޭނީ މަހަކު 7000 ވަރަކަށް ރުފިޔާއެވެ. ސިވިލްސަރވިސްގައި އެންމެ ގިނައީ މިހައި ކުޑަ މުސާރަ ލިބޭ މީހުންނެވެ. އެކަން ހަމަ މަނިކުފާނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. \

އެހެންކަމަށްވާއިރު ދިރިއުޅޭ ފްލެޓުގެ ކުއްޔަށް މަހަކު 8000 ރުފިޔާ ދައްކާނީ ކިހިނަކުންތޯއެވެ؟ މިހާރު ސަރުކާރުން ތިއަ އަޅުގަނޑުމެންނަށް ތިއަ އަންގަވަނީ ލިބޭ މުސާރައަށްވުރެވެސް ގިނައިން ސަރުކާރަށް ކުލިދައްކާފައި ކެއިން ބުއިމާއި ކަރަންޓްބިލާއި ފެންބިލާއި ދެން ހުރި އަސާސީ ބޭނުންތަކަށް ވައްކަންކުރަންތޯއެވެ؟ ސަރުކާރުގައި ހުރީ ހުރިޮހާ ރައްޔިތުން ލައްވައި ވައްކަންކުރުވުމުގެ ވިސްނުންނަމަ އެއީ ވަރަށް ހިތާމަހުރިކަމެކެވެ. 

ތިއައީ މިޤައުމުގައި ހުންނެވި، އެއްފަހަރާ 3 ރައީސްކަން ކުރައްވާ ހަމައެކަނި ރައީސް އެވެ. އާސަންދަ އާއި އެކަނިވެރިމައިންނާއި އެނޫންވެސް އެލަވަންސްތަކުގެ ބައްޕައެވެ. އަދި ފްލެޓް ދޮންބެ ވެސްމެއެވެ. ކަމަށްވެސް ވިދާޅުވި ހަނދާން މިހާރުވެސް އެބަހުއްޓެވެ. 

އަޅުގަނޑުމެންނަށް އާދޭސްކުރެވިއްޖެއެވެ. އަޑުއަހާނެ ހަމަ އެކަކުވެސް ނުވިއެވެ. ވީމާ އަޅުގަނޑުމެންގެ އާދޭހުގެ އަޑު އައްސަވައި ފަޤީރުންނަށް އަޅާދީފައިވާ ފްލެޓްތަކުގައި ދިރިއުޅެމުން މިދާ ފަޤީރުން ދައްކަން ޖެހޭ ކުއްޔަކީ މަހަކު 1000 ރުފިޔާކަމަށް މަނިކުފާނު އަމިއްލަފުޅަށް ނަމަވެސް އެމްޑީޕީން ނަމަވެސް މަޖިލީހަށް ބިލެއް ވައްދަވައިގެން އަވަހަށް ފާސްކޮށްލަދެއްވުން ކީއްތޯއެވެ. 

ފްލެޓް ލިބޭ މީހުންގެ މުސާރައިގެ 20 އިންސައްތައަށްވުރެ މައްޗަށް ކުލިދައްކަން ނުޖެހޭނެ ގޮތަކަށް އެބިލުގައި ހިމަނުއްވައި މިހާރު އަޅާ އަގުބޮޑު ފްލެޓްތަކުގެ ކުލިތަކުގެ ކުލިވެސް އްވެސް އަތްފޯރާފަށަށް ގެނެސްދެއްވާށެވެ. 

ދެރައީ މިކަންކަން ނުކުރައްވާ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ނިކަމެތިކަން ބަޔާންކުރައްވައި ހިތުގައި ޖެހޭފަދަ ބަސްތައް ވިދާޅުވާކަމެވެ. މިކަންކަންކޮށް ނުދެއްވައި ތިއަ ދައްކަވާ ވާހަކަފުޅުން އަޅުގަނޑުމެންނަށް އިޙްޞާޞް ކުރެވެނީ ރައީސް ޔާމީނަށް ސިޔާސީ ހަމަލަ ދެއްވަން އަޅުގަނޑުމެންގެ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާ ނަންގަވަނީހެންނެވެ. އެހެން ނުހައްދަވާށެވެ. އިޚްލާޞްތެރިވެވަޑައިގަންނަވާށެވެ! 

އަޅުގަނޑުމެން އުންމީދު ކުރަނީ މަޖިލީހުން ދެން އެންމެ ފުިރަތަމަ ބާއްވާ ޖަލްށާއެއްގައި މިދެންނެވިފަދަ ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވާނެ ކަމަށެވެ! މަނިކުފާނުގެ ނިޔަތް ތެދުވެރިނަމަ މިކަންކޮށްލައި ނުދެއްވަންވީ ސަބަބެއް ނެތެއް ނޫންތޯއެވެ؟ 

----

މިއަދު ނޫހަށް ކޮޕީ ލިބިފައިވާ މިސިޓީގައި ގިނަ ބައަކު ވަނީ މިހާރުވެސް ސޮއިކޮށްފައެވެ. އަދި މިހާރުވެސް ދަނީ ސޮއިކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް