އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޑރ މުއިއްޒުގެ ވައުދާ އެއްގޮތަށް "ވިނަރެސް" ފްލެޓްތަކުގެ އަގުން 4200ރ. ކަނޑާލައިފި

ރައީސް ޑރ މުއިއްޒުގެ ވައުދާ އެއްގޮތަށް "ވިނަރެސް" ފްލެޓްތަކުގެ އަގުން 4200ރ. ކަނޑާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 57 ސިކުންތު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ "ވިނަރެސް" ފްލެޓްތަކުގެ އަގުން 4،200ރ. ކަނޑާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވިނަރެސް މަޝްރޫއު އިން ފްލެޓު ގަތް މީހުންގެ އެދުމުގެ މަތިން ރައީސް މުއިއްޒުގެ "ހަފްތާ 14 މަގު ޗާޓާ އެއްގޮތަށް އެ ކުންފުނިން އިތުރު ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، "ލީސް ޓު އޯން މޮޑެލް" ގެ އިންޓަރެސްޓް ރޭޓު %9 އިން %6 އަށް ބަދަލު ކުރުމުގެ އިތުރުން ޑައުންޕޭމަންޓް %50 ކުޑަކުރެވި، ކުޑަކުރެވުނު %50 ފްލެޓު އަގުން އުނިކުރެވިފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ. މިއާއެކު، ޑައުންޕޭމަންޓް ދެއްކުމަށް ދެވިފައިވާ ތިން މަހުގެ ބަދަލުގައި ހަ މަސް ދުވަހުން ޑައުންޕޭމަންޓް ދައްކަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އިންޓަރެޓްސް ރޭޓް ކުޑަ ކުރުމުން ދައްކަން ޖެހޭ އަދަދުން އިތުރު 4،200ރ. ކުލިން އުނިވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ބަދަލާ އެކު، ވިނަރެސް ފްލެޓްތަކުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު އުޅޭނީ 9،000ރ. އާއި 13،000ރ. އާ ދެމެދުގައެވެ. މީގެކުރިން ނަމަ، ވިނަރެސް ފްލެޓުތަކުގެ ކުލި އުޅެނީ 16،000ރ. އިން މަތިންނެވެ. ވިނަރެސް އެޕާޓްމެންޓެއްގެ ޑައުންޕޭމަންޓުގެ ގޮތުގައި އެވްރެޖްކޮށް 375،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދެއް ދައްކަން ޖެހެއެވެ.

އެޗްޑީސީން ބުނީ ބޭންކު މެދުވެރިކޮށް ނުވަތަ އަމިއްލަ ފައިސާ އިން އެއްފަހަރާ އަގު އަދާކުރާ އުސޫލުން ވިނަރެސް ފްލެޓްތައް ގަނެފައިވާ މީހުންނަށް ވެސް މިއަދު އާންމުކުރި ލުއިތައް ލިބޭނެ ކަމަށެވެ. ބޭންކު ލޯނަށް އެވްރެޖުކޮށް ދައްކަން ޖެހޭ އަދަދުން 4،200ރ. އެވްރެޖުކޮށް ކުޑަކުރާނެ ގޮތަށް ފްލެޓުގެ އަގުން ޑިސްކައުންޓް ދޭނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ. އަމިއްލަ ފައިސާ އިން އެއްފަހަރާ އަގު އަދާކުރާ މީހުންނަށް ފްލެޓުގެ އަގުން ވެސް އެ ވަރުގެ ޑިސްކައުންޓެއް ދޭނެ ކަމަށް އެޗްޑީސީން އިން ބުންޏެވެ.

އެޗްޑީސީން ބުނީ މިހާތަނަށް ކުލި އެއްކޮށް ދައްކާފައިވާ މީހުންނަށް ޑިސްކައުންޓަށް ފައިސާ އަނބުރާ ދެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ޑައުންޕޭމެންޓަށް ވާ އަދަދުގެ 50 ޕަަސެންޓު އަގުން އުނިކުރި އިރު، އޭގެ ކުރިން އަގު އަދާކުރި މީހުންނަށް އެ ޑިސްކައުންޓަށް ވާ ފައިސާ އަނބުރާ ދެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ. މި ބަދަލާ ގުޅިގެން އެގްރީމަންޓަށް އަންނަ ބަދަލުތަކުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް