އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ ފެންޓަސީ ލީގުގައި ވާދަކޮށް ޕްލޭސްޓޭޝަން 5 ގެ އިތުރުން އަގުހުރި އެތައް އިނާމެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފ

އުރީދޫ ފެންޓަސީ ލީގުގައި ވާދަކޮށް ޕްލޭސްޓޭޝަން 5 ގެ އިތުރުން އަގުހުރި އެތައް އިނާމެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 13 ސިކުންތު

ޔޫރޯ 2020 ގެ ފުޓުބޯޅަ ފޯރި އާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ޔޫރޯ ފެންޓަސީ ފުޓްބޯލް 2020ގައި "އުރީދޫ ފެންޓަސީ ލީގް" ގެ ނަމުގައި ޓޯނަމެންޓެއް އިއުލާނު ކޮށްފިއެވެ.

އުރީދޫއިން ބުނެފައިވަނީ މި ލީގުގައި ބައިވެރިވާ ފަރާތްތަކުން ވާދަކޮށް ލީގު ނިމޭއިރު އެންމެ މަތިން ވަނަ ހޯދާ 10 ފަރާތަކަށް އަގު ހުރި އިނާމްތަކެއްވެސް ލިބިގެންދާނެކަމަށެވެ.

މިއީ މިގޮތަށް އުރީދޫ މޯލްޑިވްސްއިން އިންތިޒާމް ކުރާ ދެވަނަ ފެންޓަސީ ފުޓްބޯޅަ މުބާރާތެވެ. 2018ވަނަ އަހަރު ފީފާ ވޯލްޑް ކަޕް އާއި ގުޅިގެން އުރީދޫ ވޯލްޑް ކަޕް ފޯރި ފެންޓަސީ ފުޓްބޯލް ޓޯނަމެންޓްވެސް އުރީދޫއިން ވަނީ ބާއްވާފައެވެ.

އުރީދޫ ފެންޓަސީ ލީގުގެ ޕާޓްނަރުން ކަމުގައިވާ ވެސްޓޯ އޮންލައިން، ހައިސެންސް ބައި ރެޑްވޭވް އަދި ސޮނީ ސްޕޯޓްސް އާއި ގުޅިގެން ލީގުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ވަނަ ހޯދާ 10 ފަރާތަކަށް އަގު ހުރި އިނާމްތަކެއްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން:

1- ވަނަ ހޯދާ ފަރާތަށް ވީސްޓޯ އޮންލައިންގެ ފަރާތުން ދޭ ޕްލޭސްޓޭޝަން 5 ބްލޫރޭ އެޑިޝަން

2- ވަނަ ހޯދާފަރާތަށް ހައިސެންސް ބައި ރެޑްވޭވް ގެ ފަރާތުން ދޭ ހައިސެންސް 65 އިންޗީގެ 4ކޭ ކިއުލެޑް ސްމާޓް ޓީވީ އަދި ސައުންޑްބާ

3- ވަނަ ހޯދާފަރާތަކަށް ސޮނީ ސްޕޯޓްސްއިން ދޭ އެޑިޑަސް ޔުނިފޯރިއާ-ޔޫރޯ 2020 އޮފިޝަލް މެޗް ބޯޅަ އަދި 1000 ރުފިޔާގެ ގިފްޓް ވައުޗާއެއް

4- ވަނައިން ފެށިގެން 10 ވަނަ ހޯދާ ކޮންމެ ފަރާތަކަށް ސޮނީ ސްޕޯޓްސްއިން 500 ރުފިޔާގެ އަގުހުރި ގިފްޓް ވައުޗާއެއް      

ޔޫރޯ 2020 ފެންޓަސީ ފުޓްބޯލް އަކީ ޔޫރޯ 2020 ގައި ބައިވެރިވާ ގައުމީ ޓީމްތަކުގެ ކުޅުންތެރިންތަކެއް އިހްތިޔާރުކުރުމަށް ފަހު ޑްރީމް ޓީމެއް މެނޭޖްކުރުމުގެ ތަޖުރިބާ ހޯދައިދޭ ގޭމެކެވެ. މި ގޭމުގައި ޕޮއިންޓް ލިބިގެންދާނީ، އެ ޓީމަކަށް ނެގުނު ކުޅުންތެރިން ޔޫރޯ 2020ގައި ދައްކާ ކުޅުމަށް ބިނާކޮށެވެ.  ޔުއެފާ ޔޫރޯ 2020 ވެބްސައިޓް މެދުވެރިކޮށް ނުވަތަ ޔުއެފާ ގޭމްސް އެޕް މެދުވެރިކޮށްވެސް މި ލީގުގައި ބައިވެރިވެ ކުޅެވޭނެއެވެ.

އުރީދޫ ފެންޓަސީ ލީގުގައި ބައިވެރިވުމަށް http://ore.do/fantasyeuro20 ޒިޔާރަތްކޮށްލައްވާށެވެ. ނުވަތަ 64OXKZRT08 ކޯޑް ބޭނުންކުރައްވާށެވެ.

އިތުރު މައުލޫމާތު ހޯދާލުމަށް http://ore.do/fantasy-terms އަށް ޒިޔާރަތްކޮށްލައްވާށެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު