އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު
ސުވާލު: ބޯއިފްރެންޑް އަޅުގަނޑާއެކު ނަށަން އެއްބަހެއް ނުވޭ! އެހެން މީހަކާއެކު ނެށުން ވެސް މަނާ ކުރޭ! ނެށުމަކީ ހަމަ އެހައި ގޯސްކަމަކީތޯ؟
ޖަވާބު: ފުރަތަމަ ކަމަކީ ބޯއިފްރެންޑް/ގާލްފްރެންޑް މާނައިގައި ގުޅުން ބޭއްވުން އިސްލާމް ދީން ހުއްދައެއް ނުކުރެއެވެ. ނަމަވެސް މިޒަމާނުގައި ޚާއްޞަ އެކުވެރިން ތިބެއެވެ. އެއީ ﷲ ތަޢާލާ ހުއްދކުރެއްވެވި އިންތަކުގެ ތެރެއިން އެކުވެރިކަން ދަމަހައްޓާ މީހުންނެވެ. ވީމާ ޖަވާބު މިދެނީ ތިއަ ބުނާ ބޯއިފްރެންޑަކީ ތިބާގެ ޚާއްޞަ އެކުވެރިއެއެއް ކަމަށް ބަލައިގެންނެވެ.
ކައިވެނި ނުކޮށް ލޯބީގެ ގޮތުން ގުޅިގެން އުލުމަކީވެސް އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫނެވެ. އެގޮތަށް އުޅެން ހަދައިގެން ގިނަ ފަހަރު އޮންނަނީ ގޯސްމަގަކުން ދެވިފައެވެ. ވީމާ އިސްލާމް ދީނުގައި އެފަދަ ކަންތައް މަނާކުރައްވަވާފައިވަނީ އެފަދަ ފާފަތައް ކުރެވުމުން މީސްތަކުން ސަލާމަތްކުރުވުމުގެ ގޮތުންނެވެ.
ދެން ތިއަ ސުވާލުކުރަނީ ނެށުމުގެ ވާހަކައެވެ. ކައިވެނިކުރެވެންދެން މަޑުކޮށްލާށެވެ! ކައިވެނިކުރެވުމުން ހިލޭ ފިރިހެނުންނާއި އަންހެނުންނަށް ނުފެންނާނެ ގޮތަށް ހަމަ ހިތްފުރެނެދެން ދެމަފިރިން އެކުގައިވެސް އަދި ވަކިންވެސް ނަށާށެވެ.
ހިލާ ފިރިހެނަކަށް ފެނި އެކަމުން ހިލޭ ފިރިހެނާއަށް ހިތްހަމަޖެހުން ލިބޭ ގޮތަށް ނަށަން އަޅާ ކޮންމެ ފިޔަވަޅެއް ތިއަ އަޅަނީ އެ ހޫނުގަދަ ނަރަކައިގައެވެ. ބަޔަށް ބާރު ފޭރާން ލައި ހަށިގަނޑުގެ ވަނާތައް ތަޅުވަމުން މިއަދު ތިއަ ޖައްސާ ވައްތަރުތައް ތިބާ މަރުވުމާއި ހަމައިން ތިބާ އާއި ބައްދަލުކުރާނެއެވެ. ނަރަކައިގެ ފޭރާން ލާން ޖެހި އެ ފޭރާމުގައި ތިމާ އަނދަންފެށީމާ އެކަމުން ސަލާމަތްވުން އެދި ގުނަވަންތަކާއި ވަނާތައް ލައްވައި ވައްތަރުޖައްސުވަމުން ނަރަކައިގެ މަލާއިކަތުންނަށް ނަށައިދޭން އުޅުމުގެ ފުރުޞަތު ހަމައެކަކަށްވެސް ނުލިބޭނެ!
އަދި އެއް ވާހަކަ ބުނެލާނަމެވެ! ބޯއިފްރެންޑް/ފިރިމީހާ ބުނެފަ އޮތީ ނުނަށަން ކަމަށްވުމުން ނުނަށާށެވެ! އަދި ތިބާ ބޯއިފްރެންޑް/ފިރިމީހާ ގާތު ބުނާށެވެ! ހިލޭ އަންހެނުން ނަށާތަން ބެލުމަކީ ބޯއިފްރެންޑަށް/ފިރިމީހާއަށް ހުއްދަކަމެއް ނޫނެވެ. ކަނޑައެޅިގެން ޙަރާމް ކަމެކެވެ! ވީމާ އެކަންވެސް ނުކުރާތި އެވެ!
- ސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
10 ޖޫން 2021