އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ އިން ޔޫރޯ މެޗުތައް ބަލާލުމަށް ވިހިޖީބީ ޑޭޓާ އެންމެ ދުވިސައްތަ ފަންސާސް ރުފިޔާއަށް ދެނީ!

އުރީދޫ އިން ޔޫރޯ މެޗުތައް ބަލާލުމަށް ވިހިޖީބީ ޑޭޓާ އެންމެ ދުވިސައްތަ ފަންސާސް ރުފިޔާއަށް ދެނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 14 ސިކުންތު

އުރީދޫ ކަސްޓަމަރުންނަށް ޔޫއެފާ ޔޫރޯ 2020 ގެ މެޗްތައް ފަސޭހަކަމާއިއެކު ކޮންމެތާކުންވެސް ބަލާލުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އާއި އޭޝިއާގެ މަޝްހޫރު ސްޓްރީމިންގް ޕްލެޓްފޯރމެއް ކަމުގައިވާ ސޮނީ ލިވް އާއި ޕާރޓްނަރވެއްޖެއެވެ.

މި ޚާއްޞަ ޕާރޓްނަރޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސްއިން މިއަދުވަނީ ސޮނީ ލިވް ޕްރީމިއަމް މަންތްލީ ސަބްސްކްރިޕްޝަންއާއިއެކު މެޗުތައް ބަލާލުމަށް 20ޖީބީ ގެ ޑޭޓާ އެންމެ 250 ރުފިޔާއަށް ލިބޭ ޚާއްޞަ ޕެކޭޖެއް "ޔޫރޯ 2020 ޕެކް" ގެ ނަމުގައި ތަޢާރަފްކޮށްފައެވެ. 30 ދުވަހުގެ މުއްދަތަށް ބެނުންކުރެވޭ މި ޕެކް ނަންގަވާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްގެ އިތުރުން ނެޓްފްލިކްސް، އައިފްލިކްސް، ޓިކްޓޮކް، ސައުންޑްކްލައުޑް އަދި ސްޕޮޓިފައި ވެސް ބޭނުންކުރެވޭނެއެވެ.

މީގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރައްވާ ފަރާތްތަކަށް ޚާއްޞަ ހަދިޔާއެއްގެގޮތުން އާޗާ ޕޯސްޓްޕެއިޑް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށާއި، އާޗާ ޕްރިޕެއިޑް 2ޖީބީ/ޑޭ މަންތްލީ ޕްލޭން، ސުޕަރނެޓް 50އެމް އަދި 100އެމް ގެންގުޅުއްވާ ކަސްޓަމަރުންނަށްވެސް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްއަށް ސަބްސްކްރައިބް ކުރުމުގެ ފުރުސަތު މުޅިން ހިލޭ ލިބިގެންދާނެއެވެ. އާޗާ ޕޯސްޓްޕެއިޑް ގެންގުޅުއްވާ ފަރާތްތަކަށް ސޯޝަލްމީޑިއާއަށް ޚާއްޞަ ކުރެވިފައިވާ ޑޭޓާ ބޭނުންކުރައްވައިގެން ޔޫރޯ 2020 ގެ މެޗުތައް ސޮނީ ލިވް މެދުވެރިކޮށް ބައްލަވާލެވޭނެއެވެ.

"ފުޓުބޯޅައަކީ ފެށުނީއްސުރެ ދިވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދީ އެއްބައިވަންތަކަމުގެ ރޫހު އާލާ ކުރުވާ ކުޅިވަރެއް. ދިގު އިންތިޒާރަކަށްފަހު ދުނިޔޭގެ އެކި ހިސާބުތަކުން ޔޫއެފާ ޔޫރޯ 2020 ގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު ހަމަ އެ ފޯރީގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށްވެސް ސޮނީ ލިވް އާއެކު މި ތައާރަފް ކުރެވުނު ޚާއްޞަ އޮފަރތައް މެދުވެރިކޮށް، ކޮންމެތާކު ތިއްބަވައިގެންވެސް ޔޫރޯ 2020 ގެ މެޗުތައް ބަލާލުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ. އަޅުގަނޑުމެންގެ އުންމީދަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ ފުރިހަމަގޮތުގައި ޔޫރޯ މުބާރާތް ތަޖުރިބާކުރުމުގެ ފުރުސަތު ހޯދައިދިނުން" އުރީދޫ މޯލްޑިވްސް ގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވިއެވެ.

މި ޚާއްޞަ އޮފަރގެ ދަށުން އާޗާ ޕޯސްޓްޕެއިޑް 600، އާޗާ ޕޯސްޓްޕެއިޑް 800، އާޗާ ޕްރިޕެއިޑް 2ޖީބީ/ޑޭ މަންތްލީ، ސުޕަރނެޓް 50އެމް އަދި 100އެމް އަށް ސަބްސްކްރައިބް ކުރައްވާފައިވާ ކަސްޓަމަރުންނަށާއި، އަލަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށް 11 ޖޫން 2021 އިން ފެށިގެން ސޮނީ ލިވް ގެ ޕްރީމިއަމް ކޮންޓެންޓްއަށް 1މަސް ދުވަހުގެ ސަބްސްކްރިޕްޝަން މުޅިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ. އަދި އާޗާ ޕޯސްޓްޕެއިޑް 1000 ގެންގުޅުއްވާ ފަރާތްތަކާއި އަލަށް ނަންގަވާ ފަރާތްތަކަށް 1އަހަރު ދުވަހުގެ ހިލޭ ސަބްސްކްރިޕްޝަން ލިބިވަޑައިގަންނަވާނެއެވެ.

ސޮނީ ލިވް އަކީ ސޮނީ ޕިކްޗަރސްއިން ފޯރުކޮށްދޭ ޕްރީމިއަމް ވީޑިއޯ އޮން ޑިމާންޑް ޚިދުމަތެކެވެ. އެއް ސަބްކްރިޕްޝަނަކުން ގިނަ ޑިވައިސްތަކެއް މެދުވެރިކޮށް ސްޓްރީމް ކުރެވޭއިރު، މި ޕްލެޓްފޯރމްގައި 20 އަހަރުގެ މަގުބޫލު އެތައް ޓީވީ ޝޯ، ސީރީޒް، ފިލްމު އަދި ކުޅިވަރު ޕްރޮގްރާމްތަކާއި ޗެނަލްތައް ބަލާލެވޭނެއެވެ.

ޔޫރޯ ޕެކް، އާޗާ ޕޯސްޓްޕެއިޑް، އާޗާ ޕްރިޕެއިޑް އަދި ސުޕަނެޓްގެ ޚިދުމަތް ހޯދާލުމަށް http://ore.do/app އަށް ޒިޔާރަތްކޮށްލައްވާށެވެ. އިތުރު މައުލޫމާތު ހޯދާލުމަށް http://ore.do/sonyliv އަށް ޒިޔާރަތްކޮށްލައްވާށެވެ.

އާރޓިކަލް ރޭޓްކުރައްވާ


50%
ވ.ރަނގަޅު
0%
ރަނގަޅު
50%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު