އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާފިޔު ވަގުތު މަދުކުރިނަމަވެސް ބޭރަށް ނުކުމެ އުޅެވޭނީ ފުލުހުންގެ ހުއްދަ އޮވެގެން!

ކާފިޔު ވަގުތު މަދުކުރިނަމަވެސް ބޭރަށް ނުކުމެ އުޅެވޭނީ ފުލުހުންގެ ހުއްދަ އޮވެގެން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ރައްކައުތެރިކަމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތަކަށް ލުއި ދޭން ނިންމި ނަމަވެސް ހެނދުނު 8 އިން ހަވީރު 4 އަކަށް ބޭރަށް ނިކުމެވޭނީ ފުލުހުންގެ ހުއްދަ އޮތް މީހުންނަށް ހުއްދަ އޮތް ވަގުތުތަކުގައެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ކުރިއަށް އޮތް 2 ހަފްތާގައި އަމަލު ކުރާނީ މި އުޞޫލުން ކަމަށެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ސަރުކާރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ވަނީ ލުއި ލިބުނު ނަމަވެސް ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމަށް އެދިވަޑައިގެންފައެވެ. 

"3 ވަނަ ރާޅަށްވުރެ މިފަހަރުގެ ނުރައްކާ އެތައް ގުނައަކަށް ބޮޑުވެގެން ހިނގައްޖެ. ވީމާ ރައްކައުތެރިކަމުގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން އެބަޖެހޭ. ކުރިއަށް އޮތް 2 ހަފްތާގަ ސަމާލުކަން ދީގެން ރަނގަޅު ނަތީޖާއެއް ފެންނާނީ." މަބްރޫކް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް