އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރަކީ މުޞީބާތެއްގެ ގޮތުގަ ކީރިތި ޤުރްއާނުގަ ސިފަކުރައްވަވާފަވާ ސަބަބާ މުޞީބާތުން ސަލާމަތްވާން ޢަމަލުކުރަންވީ ގޮތް-: ޝައިޚް އަބޫބަކުރު ޒައުދު

މަރަކީ މުޞީބާތެއްގެ ގޮތުގަ ކީރިތި ޤުރްއާނުގަ ސިފަކުރައްވަވާފަވާ ސަބަބާ މުޞީބާތުން ސަލާމަތްވާން ޢަމަލުކުރަންވީ ގޮތް-: ޝައިޚް އަބޫބަކުރު ޒައުދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

މަރު ނުވަތަ މަރުވުން ކީރިތި ޤުރްއާނުގައި އެތައް ގޮތަކުން ﷲ ތަޢާލާ ސިފަކުރައްވަވާފައިވަނީ ކުރިމަތިވާ މުޞީބާތެއްގެ ގޮތުގައެވެ. ގިނަބައަކަށް އެކަން މާން ކުރެވެނީ މަރުވުމުގެ ވަގުތުގައި ކުރިމަތިލާންޖެހޭ ކަންތައްތައް ކަމަށެވެ. ނަމަވެސް އެއިގެ މާނައަކީ ތަފާތު މާނައެކެވެ. 

މަރު ނުވަތަ މަރުވުން މުޞީބާތަކަށްވެގެންދަނީ އެހިށާބުން އޭނާއަށް ހެޔޮ ޢަމަލުތައް ކުރުމުގެ ފުރުޞަތު ބަންދުވެގެންދާތީއެވެ. ތައުބާވުމުގެ ފުރުޞަތު ބަންދުވެގެންދާތީއެވެ. މަރުވުމަށްފަހުގައި އެއްވެސް ހެޔޮ ކަމެއް ނުކުރެވޭނެއެވެ. ނަމާދެއް ނުކުރެވޭނެއެވެ. ރޯދައެއް ނުހިފޭނެއެވެ. އަދި ދޫކޮށްފައި އައި އަމިއްލަ މުދަލުން ޞަދަޤާތްވެސް ނުކުރެވޭނެއެވެ. 

ވިސްނައިލާށެވެ! ޖެހޭ ބައްޔެއްގެ ސަބަބުން ތިމާގެ ހަށިގަނޑުން އެއްވެސް ޙަރަކާތެއް ނުކުރެވި ތަންމަތީގައި އޮންނަން ޖެހުމަށްވުރެ ބޮޑު މުޞީބާތެއް އެއްވެސް މީހަކަށް ކުރިމަތިވާނެ ހެއްޔެވެ؟ މަރުވުމަކީ އެއަށްވުރެ މާބޮޑު މުޞީބާތެކެވެ. ކައްވަޅުގައިވެސް ޢަޛާބް ލިބެމުންދަނީއެވެ. ސަލާމަތްވާން ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެންމެ ހެޔޮ ބަހެއްވެސް ނުބުނެވޭނެއެވެ. ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް އެންމެ ކުޑަމިނުން ޝަހާދަތްވެސް ނުކިޔޭތަނުގައި ދުނިޔޭގައި ހުރެ ހެޔޮ ޢަމަލުތައް ނުކުރެވުނުކަމާއިމެދު އިންތިހާއަށް ހިތާމަކުރެވޭނެއެވެ. ތައުބާވެ ހެޔޮ ޢަމަލުކުރަން އަދި އެއްފަހަރު ދުނިޔެއަށް ފޮނުއްވަވާނެ ނަމައޭ އަބަދު ހިތަށް އަރާނެއެވެ. 

މީސްތަކުންނޭވެ! އެންމެ ބޮޑު އިސްކަމެއް ދޭންވީ މިބޮޑު މުޞީބާތުން ސަލާމަތްވުމަށެވެ. ތިމާގެ ކައްވަޅަކީ ނަރަކައިގެ ޖަގަހައަކަށްވުމުގެ ބަދަލުގައި ސުވަރުގޭގެ ބަގީޗާއަކަށް ހެދުމަށެވެ. އެކަން ޙާޞިލުކުރެވޭނީ މަރުވުމުގެ މުޞީބާތަށް ދުނިޔޭގައި ހުރެ ތައްޔާރުވެވުނު ވަރަކުންނެވެ. ތައްޔާރުވާން ކުރަން އޮތް ކަމަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވުމެވެ. އެއީ ފާފަނުކުރުމާއި ހެޔޮ ޢަމަލުކުރުން ގިނަކުރުމެވެ.  

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް