އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލޭ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ ނުވަދިހަ މީހުން! ޖުމްލަ ދުވިސައްތަ ސާޅީސް އެއްމީހުން!

މާލޭ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ ނުވަދިހަ މީހުން! ޖުމްލަ ދުވިސައްތަ ސާޅީސް އެއްމީހުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

މާލޭ ސަރަހައްދުން މިއަދު 90 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 90 ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ އިން ހާމަކޮށްފައިވަނީ 241 މީހެކެވެ.

އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 224 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 4418 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 63180 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 71138 އަށް އަރައިފައެވެ. މި ބައްޔަށް 7747 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 67 މީހުންނަށެވެ.

މި ބަލީގައި މިއަދު 2 މީހުން ނިޔާވެފައިވާއިރު ޖުމްލަ ނިޔާވެފައިވަނީ 200 މީހުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު