އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ސަޖިދަ ދިގުކޮށްލި 4 އުދަރެސް ފެނުޖެހިފައިވާ މީހާގެ ހުރިހާ ބޭނުންތައް ކުއްލިއަކަށް ފުއްދަވައިދެއްވައިފި! އަލްޙަމްދުލިﷲ

ޙަޤީޤީ ޙާދިސާ: ސަޖިދަ ދިގުކޮށްލި 4 އުދަރެސް ފެނުޖެހިފައިވާ މީހާގެ ހުރިހާ ބޭނުންތައް ކުއްލިއަކަށް ފުއްދަވައިދެއްވައިފި! އަލްޙަމްދުލިﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

އޭނާއަކީ މައްސަލަތަކުން ފުރިފައި ހުރި މީހެކެވެ. ބޮޑު ހޭދައެއްކޮށްގެން ރާއްޖެއައީ ވަރަށް ބޮޑު އުންމީދަކާއިއެކުގައެވެ. ނަމަވެސް ރާއްޖެ އައިތަނުން ކަންކަން މުޅިން އެހެން ގޮތަކަށް ބަދަލުވީއެވެ. ކުރިއަށް ދެވޭނެ އެއްވެސް މަގެއް ނުފެނުނީއެވެ. 

އޭނާގެ ބަހަކީ "އެކަން ފުރިހަމަކުރައްވަވައި ދެއްވެވުމުން އަހުރެންނަށް އެންމެ ފައިދާކުރާނެ ގަޑިޖެހުމުން ﷲ ތައާލާ އެކަން ފުއްދަވައި ދެއްވަވާނެތެވެ." އެހެންވެ އެއްވެސް މީހެއްގެ ކިބައިން އެހީތެރިކަމަކަށް ނުއެދެއެވެ. މީހުންގެ ގާތަކު އެކަމުގެ ވާހަކަދައްކަމަކުން ނުހިނގައެވެ. 

އޭނާ ކުރާ ކަމަކީ ބަންގީގެ ކުރިން މިސްކިތަށް އެރުމެވެ. ސުންނަތް ނަމާދުތަކުގެ ސަޖިދަ ދިގުކުރުމެވެ. ރަވާތިބު ސުންނަތުގެ 4 ރަކްޢަތް ކުރާނަމަ ފުރަތަމަ 2 ރަކްޢަތުގަ ސަޖިދަ ދިގުކުރާނެއެވެ. ފަހު ދެރަކްޢަތް ދިގުކޮށްފިނަމަ ފަރުޟު ނަމާދަށް ވަޤުތު ނުލިބޭތީ ކުރުކުރާނެއެވެ. 

ސީދާ ބުނާކަށް ނުއެނގެއެވެ. މި މާލެ ސިޓީގެ މިސްކިތެއްގަ މިބަޔާންކުރި ފަދައިން އޭނާ ކަންކަންކުރާތާ މިހާރު 2، 3، 4 މަސްވަރުވެދާނެއެވެ. ކޮވިޑާއި މިވިޑްގައިވެސް އޭނާ މިސްކިތުގައި ޤަވާއިދުން ނަމާދުކުރިއެވެ. 

އުފާވެރިޚަބަރަކީ މީގެ 3 ދުވަސްކުރިން ލިބުނު މެސެޖެވެ. އެދޭ ގޮތަށް ކަންތައްވާނެކަމުގެ މެސެޖެވެ. މިއަދަކީ އޭނާ ހަމަ ސަޖިދައިގައި އޮވެ ދެންނެވިގޮތަށް ޢޭނާގެ ބޭނުން ފުދިގެން ދިއަ ދުވަހެވެ. އޭނާ ރާއްޖެ އައި މަޤްޞަދު ޙާޞިލްވި ދުވަހެވެ! 

މީސްތަކުންނޭވެ! މިހިރީ ހަމަ ލޯމަތީގައި ހިނގަމުންދާ ކަންކެމެވެ. މި ވާހަކަތައް ޤަބޫލުކުރަން އުނދަގޫ އެއްވެސް މީހަކު ހުރިނަމަ މިއަދުނޫސް މެދުވެރިކޮށް ބައްދަލުކޮށްލާށެވެ! މިހާމަކުރި ޙަޤީޤަތަށް ހެކިދޭނެ އެތައް ބައަކު މިސްކިތުން ދައްކާނަމެވެ. އިން ޝާ ﷲ 

- މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް