އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމަފިރިއަކު ކިތަންމެ ފަޤީރު ޙާލުގައިވެސް ﷲ ތަޢާލާ އަންގަވާފައިވާ މަގުން ދިރިއުޅޭނަމަ މާލީ ފުދުންތެރިކަން ދެއްވަވާނެ!: މުފްތީ މެންކް

ދެމަފިރިއަކު ކިތަންމެ ފަޤީރު ޙާލުގައިވެސް ﷲ ތަޢާލާ އަންގަވާފައިވާ މަގުން ދިރިއުޅޭނަމަ މާލީ ފުދުންތެރިކަން ދެއްވަވާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ދެމަފިރިއަކު ކިތަންމެ ފަޤީރު ޙާލުގައިވެސް ﷲ ތަޢާލާ އަންގަވާފައިވާ މަގުން ދިރިއުޅެމުންދާނަމަ ދެއްވަވާނެ ނިޢްމަތަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެއީ މާލީ ގޮތުން އެހެން މީހަކަށް ބަރޯސާވާން ނުޖެހި އަމިއްލަ މިނިވަންކަމުގައި ދިރިއުޅެވޭނެ މަގު ފަހިކުރައްވަވައި ދެއްވެވުމެވެ. 

ކައިވެނިކުރާނީ 3، އަހަރުފަހުން ނުވަތަ 5 އަހަރު ފަހުން ކަމަށް ކަނޑައަޅައިގެން ލޯބިވެގެން އުޅުމަކީ އަނެކާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އެހެނީ ދުވަސްކޮޅެއްކޮށްލާފައި ކައިވެނިކުރެވެން ނެތްކަމަށް ބުނުމަކީ ހަމައެކަނި ދެވޭ އަނިޔާއެއް ނޫނެވެ. އަނެކާގެ މުޅި ދިރިއުޅުން ހަލާކުކޮށްލުން ފަދަ ކަމެކެވެ. 

ބައެއް މީހުން ބުނަނީ ކައިވެނިކުރުން މުއްދަތަކަށް ލަސްކުރަނީ ރަނގަޅު ފެންވަރުގައި ކައިވެނީގެ ޙަފްލާއެއް ބާއްވަން ތައްޔާރުވުމަށާއި އެކުގައި ދިރިއުޅެން ވާންޖެހޭ ތައްޔާރީތައްވުމަށް ކަމަށެވެ. މިމޭޜުމުން ބުނެފައި ދެމީހުން އެކުގައި ނުކުމެ މީސްތަކުންގެ ކުރިމަތީގައި އުޅުމުން ލިބޭ ނަޢްނަތަކަށް ނުވިސްނައެވެ. ކުރެވޭ ފާފައިގެ އިތުރުން އަމިއްލަ އަބުރު ކަތިލެވިގެންދާކަމާއިމެދުގައި ވިސްނައެއް ނުލައެވެ. މިދެބައި ނިކަން އަޅައި ކިރާލަބަލާށެވެ. އެއިރުން މިދައްކާ ވާހަކައިގެ މަޤްޞަތާއި ފައިދާ އެނގިގެންދާނެއެވެ. 

އަދިވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެއް އެބައޮތެވެ. އެއީ ކައިވެނީގެ ކުރިން ޙަރާމް ގޮތުގައި އެއްވެސް މީހަކާއިއެކު (ކައިވެނިކުރަން ބޭނުންވާ 2 މީހުންނަމަވެސް އަދި އެހެން މީހަކާއިއެކުގައި ނަމަވެސް) ޖިންސީ ގުޅުން ހިންގިފައިވާނަމަ ކައިވެނިކުރުމުގެ ކުރިން ފުރިހަމަ ތައުބާއަކުން ތައުބާވާންވާނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް