އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިތަންމެ ބާރާ ނުފޫޒުގަދަ ފަރާތަކުން ހުރަސްއެޅިނަމަވެސް ނުބައިކަންކަން ހުއްޓުވަން ކުރާ މަސައްކަތް ބާރަށް ކުރިއަށް ގެންދަން ޖެހޭ!: ޚުޠުބާ

ކިތަންމެ ބާރާ ނުފޫޒުގަދަ ފަރާތަކުން ހުރަސްއެޅިނަމަވެސް ނުބައިކަންކަން ހުއްޓުވަން ކުރާ މަސައްކަތް ބާރަށް ކުރިއަށް ގެންދަން ޖެހޭ!: ޚުޠުބާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 48 ސިކުންތު

މިއަދުގެ ޚުޠުބާއިން އެނގިގެންދިއަ އެއްކަމަކީ ކިތަންމެ ބާރާ ނުފޫޒުގަދަ ފަރާތަކުން ހުރަސްއެޅިނަމަވެސް ނުބައިކަންކަން ހުއްޓުވަން ކުރާ މަސައްކަތް ބާރަށް ކުރިއަށް ގެންދަން ޖެހޭކަމެވެ. 

މިއަދުގެ ޚުޠުބާއިން:

މުޖްތަމަޢުގައި ހިނގަމުންދާ ނުބައިކަންކަން ހުއްޓުވުމަކީ މާފަސޭހަކަމެއް ނޫނެވެ. ގިނަފަހަރަށް އެފަދަ ކަންކަން ރާވައި ހިންގާ ފަރާތްތަކަކީ، ނުފޫޒު ގަދަ ބަޔަކު ކަމުގައި ވެދާނެއެވެ. އެހެން ނަމަވެސް އެއީ މި ކަން ހުއްޓާލަންޖެހޭ ސަބަބެއް ނޫނެވެ. 

މި ކަމަކީ މި އުއްމަތުގެ ކޮންމެ މީހެއްގެ ޒިންމާއަކަށް ވާތީ އެވެ. މިކަން ކުރާ މީހާގެ ކިބައިގައި، ކެތްތެރިކަމާއި، އިޚްލާޞް ތެރިކަން ހުންނަން ޖެހެއެވެ. ކަމެއް މަނާ ކުރުމުގައި އަބަދުވެސް އެންމެ އެކަށީގެންވާ އުސޫލު ގެންގުޅެން ޖެހެއެވެ. ދީނަށް ގޮވާލުމުގައި ޙިކުމަތްތެރި ވުމަށް މާތް ﷲ ވަނީ އަންގަވައިފައެވެ. 

އައްނަޙްލް ސޫރަތުގެ 125 ވަނަ އާޔަތުގައިވާ ވަޙީ ބަސްފުޅުގެ މާނައިގައިވަނީ މިފަދައިންނެވެ.  

"ޙިކުމަތާއި، ރިވެތި ވަޢުޡާ އެކު، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ ޖަދަލު ކުރައްވާށެވެ!"

ލޮބުވެތި އަޚުންނޭވެ! އަޅުގަނޑުމެންގެ ތެރެއިން ވިޔާނުދާ ޢަމަލުތައް ކުރާ ބައެއް މީހުން ހީކުރާ ގޮތުގައި، އެކަންކަމަކީ އެހެން މީހަކާ ބެހޭ ކަމެއް ނޫނެވެ. އެއީ އޭނާގެ އަމިއްލަ ކަމެކެވެ. ޢަޛާބު ލިބެންޏާ ވެސް ލިބޭނީ އޭނާއަށެވެ. އެހެންމީހުން އެކަންކަމާ ދެކޮޅު ހެދުމަކީ، އޭނާގެ މިނިވަންކަމަށް އަރައިގަތުމެވެ. މިއީ ވަރަށް ބޮޑު ކުށްހީއެކެވެ. މުޖްތަމަޢުގައި އެންމެ ފަރުދަކު ވެސް މުންކަރާތަކަށް އަރައިގަންނަ ނަމަ، އޭގެ ނޭދެވޭ އަސަރު، މުޅި މުޖްތަމަޢަށް ފޯރާނެއެވެ.

އެ ސުންޕާ ޢަމަލުގެ ސަބަބުން اللهގެ ރަޙުމަތާއި، ބަރަކާތް ކެނޑޭނެއެވެ. އާންމުވެގެންވާ ކޯފާއެއް އަންނައިރު އެއްވެސް މީހަކު ސަލާމަތެއް ނުވާނެއެވެ. ކަންމިހެން އޮތުމާ އެކު، ހުރިހާ މުންކަރާތްތަކަކުން އަޅުގަނޑުމެން އެއްކިބާވާން ޖެހެއެވެ. އެންމެ ބޮޑުފާފަ ކަމުގައިވާ ޝިރުކުން ފެށިގެން، ކުދި ފާފަތަކުން ވެސް މެއެވެ. ތިމާގެ ފަރާތުން އަނެކާއަށް ގެއްލުމެއް ނުވަތަ އުނދަގުލެއް ކުރިމަތިވެދާނެ ކޮންމެ ކަމަކުންނެވެ. ސޯޝަލް މީޑިއާގައި، ހަޑިހުތުރު ބަހުން މީސްމީހުންނަށް އެއްޗެތި ގޮވުމާއި، އިންޛާރު ދިނުމާއި، ނޫސްމަޖައްލާ ތަކުގައި، މީސްމީހުންގެ އަބުރު ކަތިލައި، ނަފުރަތު އުފެދޭ ފަދަ ވާހަކަތައް ދެއްކުމާއި، މަގުމަތީގެ ޙުރުމަތް ކަނޑައި، ޤަވާޢިދާ ޚިލާފަށް ވެހިކަލު ދުއްވުމާއި، މީހުންނަށް ދަތިވާ ގޮތަށް ޕާކުކުރުން ފަދަ އެންމެހާ ކަންކަމުން ދުރުވެ ރައްކާތެރިވާން ޖެހެއެވެ.

- މިއަދުގެ ޚުޠުބާއިން  

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް