އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިސްކިތްތައް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރަން ހުށަހެޅި އިޞްލާޙް މަޖިލީހަށް ބަލައިގަތުމަށް 2 މެންބަރުން ދެކޮޅު!

މިސްކިތްތައް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރަން ހުށަހެޅި އިޞްލާޙް މަޖިލީހަށް ބަލައިގަތުމަށް 2 މެންބަރުން ދެކޮޅު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

މިސްކިތްތަކުގެ ހުރުމަތް ދަމަހައްޓައި ބެލެހެއްޓުން ހަރުދަނާ ކުރުމަށްޓަކައި ސަރުކާރަށް ގޮވާލައްވައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބަލައިގެންފިއެވެ. 

މިމައްސަލަ މަޖިލީހަށް ބަލައިގަންނަން ވޯޓު ދެއްވީ 31 މެމްބަރުންނެވެ. 2 މެމްބަރަކު ވަނީ ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އަދި ވަކިގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ 2 މެމްބަރަކު ތިއްބެވިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާދެއްވަމުން މެމްބަރު ވަނީ ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީގެ ބައެއް މިސްކިތްތައް ބަންދުކޮށްފައިވަނިކޮށް ބައެއް ފަރާތްތަކުން މިސްކިތުގެ ގަދަރާއި ހުރުމަތް ކެނޑޭގޮތަށް، ވިޔާނުދާ އަދި ދީނާ ޚިލާފު އަމަލުތައް ހިންގަމުންދާތީ އެފަދަ ކަންކަން ކުށްވެރިކުރައްވާފައެވެ.

އަދި މިފަދަ އަމަލުތަކަކީ އިސްލާމީ ރިވެތި އުސޫލުތައް ނެތިކޮށްލާނެ ކަންތައްތަކެއްކަން ފާހަގަކުރައްވާ މެމްބަރު ވަނީ މިސްކިތްތަކަކީ ބިންމަތީގައި ހުރުމަތްތެރިވެގެންވާ ތަނަކަށްވެ، މާތްﷲގެ ގަދަރު އުފުލިގެންވާ ތަނަކަށްވާތީ މިސްކިތްތަށް ބެލެހެއްޓުމުގައި މިހާރަށްވުރެ ހަރުދަނާގޮތެއް ފަހިކޮށްދިނުމަށް ސަރުކާރުގައި އެދިވަޑައިގެންފައެވެ.

ކޮވިޑުގެ މި ނުރައްކާތެރި ހާލަތާ ގުޅިގެން ރާއްޖޭގެ ބައެއް ހިސާބުތަކުގަ އަދި ވަކިން ޚާއްސަގޮތެއްގަ މާލޭގެ ބައެއް މިސްކިތްތައް ބަންދުކުރުމާއި ގުޅިގެން އަޅުގަނޑުމެންނަށް އާންމުވެގެންދިޔަ ވާހަކައަކީ މިސްކިތްތަކުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާ، އެ ބޭނުންކުރުމާއި މިބާވަތުގެ ވަރަށް ނާތަހުޒީބު އަދި އިސްލާމްދީނުގަ ހުކުމް ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަންތައްތަކެއް އެތަންތަނުގައި ހިނގަމުންދާ ކަމުގެ ވާހަކަތައް. އަޅުގަނޑުމެންނަށް ވީޑިއޯތަކުން ފެންނަން އެބަހުރި ޚަތިމުގެ ތެރެއަށް މަސްތުވާތަކެތި ލައިގެން އެ ތަކެތި ވިއްކަމުންދާ މަންޒަރު."

- މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ