އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިސްކިތްތައް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރަން ހުށަހެޅި އިޞްލާޙް މަޖިލީހަށް ބަލައިގަންނަން ވޯޓު ނުދިނީ ބޮންޑަ އާ ފަލާޙް!

މިސްކިތްތައް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރަން ހުށަހެޅި އިޞްލާޙް މަޖިލީހަށް ބަލައިގަންނަން ވޯޓު ނުދިނީ ބޮންޑަ އާ ފަލާޙް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

މިސްކިތްތަކުގެ ހުރުމަތް ދަމަހައްޓއި ބެލެހެއްޓުން ހަރުދަނާ ކުރުމަށްޓަކައި ސަރުކާރަށް ގޮވާލައްވައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން މިއަދު ނެގި ވޯޓުގައި މައްސަލަ މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓުދީފައިވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑަ) އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް އެވެ. 

ވަކިގޮތަކަށް ވޯޓު ނުދިނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު އާއި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަންއެވެ. 

މި 4 މެންބަރުންނަކީވެސް އެމްޑީޕީގެ މެންބަރުންނަމަވެސް ވޯޓުގައި ބައިވެރިވި އެމްޑީޕީގެ އެހެން ހުރިހާ މެންބަރުން ވަނީ ޤަރާރު ބަލައިގަތުމަށް ވޯޓުދީފައެވެ. 

މިމައްސަލަ މަޖިލީހަށް ބަލައިގަންނަން ވޯޓު ދެއްވީ 31 މެމްބަރުންނެވެ. 2 މެމްބަރަކު ވަނީ ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އަދި ވަކިގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ 2 މެމްބަރަކު ތިއްބެވިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާދެއްވަމުން މެމްބަރު ވަނީ ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީގެ ބައެއް މިސްކިތްތައް ބަންދުކޮށްފައިވަނިކޮށް ބައެއް ފަރާތްތަކުން މިސްކިތުގެ ގަދަރާއި ހުރުމަތް ކެނޑޭގޮތަށް، ވިޔާނުދާ އަދި ދީނާ ޚިލާފު އަމަލުތައް ހިންގަމުންދާތީ އެފަދަ ކަންކަން ކުށްވެރިކުރައްވާފައެވެ.

އަދި މިފަދަ އަމަލުތަކަކީ އިސްލާމީ ރިވެތި އުސޫލުތައް ނެތިކޮށްލާނެ ކަންތައްތަކެއްކަން ފާހަގަކުރައްވާ މެމްބަރު ވަނީ މިސްކިތްތަކަކީ ބިންމަތީގައި ހުރުމަތްތެރިވެގެންވާ ތަނަކަށްވެ، މާތްﷲގެ ގަދަރު އުފުލިގެންވާ ތަނަކަށްވާތީ މިސްކިތްތަށް ބެލެހެއްޓުމުގައި މިހާރަށްވުރެ ހަރުދަނާގޮތެއް ފަހިކޮށްދިނުމަށް ސަރުކާރުގައި އެދިވަޑައިގެންފައެވެ.

ކޮވިޑުގެ މި ނުރައްކާތެރި ހާލަތާ ގުޅިގެން ރާއްޖޭގެ ބައެއް ހިސާބުތަކުގަ އަދި ވަކިން ޚާއްސަގޮތެއްގަ މާލޭގެ ބައެއް މިސްކިތްތައް ބަންދުކުރުމާއި ގުޅިގެން އަޅުގަނޑުމެންނަށް އާންމުވެގެންދިޔަ ވާހަކައަކީ މިސްކިތްތަކުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާ، އެ ބޭނުންކުރުމާއި މިބާވަތުގެ ވަރަށް ނާތަހުޒީބު އަދި އިސްލާމްދީނުގަ ހުކުމް ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަންތައްތަކެއް އެތަންތަނުގައި ހިނގަމުންދާ ކަމުގެ ވާހަކަތައް. އަޅުގަނޑުމެންނަށް ވީޑިއޯތަކުން ފެންނަން އެބަހުރި ޚަތިމުގެ ތެރެއަށް މަސްތުވާތަކެތި ލައިގެން އެ ތަކެތި ވިއްކަމުންދާ މަންޒަރު."

- މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް