އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ ސުޕަރނެޓް، ހަލުވި ސްޕީޑްތަކާއި އެކު ނެއްލައިދޫއަށް ތައާރަފްކޮށްފި

އުރީދޫ ސުޕަރނެޓް، ހަލުވި ސްޕީޑްތަކާއި އެކު ނެއްލައިދޫއަށް ތައާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 16 ސިކުންތު

1 ޖީބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ހދ. ނެއްލައިދޫއަށް އިއްޔެ ތައާރަފްކޮށްފިއެވެ.

ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަރނެޓްގެ ޚިދުމަތް ހދ. ނެއްލައިދޫއިން ބައްލަވައިގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ޔޫއެފާ ޔޫރޯ 2020 އާއި ގުޅިގެން ކުރިއަށްގެންދާ ޙާއްސަ ޕްރޮމޯޝަންގެ ދަށުން ސުޕަރނެޓް 50އެމް އަދި 100އެމް ނަންގަވާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްއަށް 1މަސް ދުވަހުގެ ސަބްސްކްރައިޕްޝަން މުޅިން ހިލޭ ލިބިގެންދާނެއެވެ.

"ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށްޓަކައި އަޅުގަނޑުމެން މިމަސައްކަތް ކުރަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެންމެހައި ބޭފުޅުންނަށްވެސް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޙިދުމަތް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްޓަކާ. ނެޓު ހެޔޮ މަޝްރޫގެ ދަށުން ދަދި ފަހުން ގެނައި ބަދަލުތަކާއެކު ސުޕަރނެޓް ޕެކޭޖްތަކަކީ މިހާރު މާކެޓްގައި އެންމެ ގިނަ ފައިދާތައް ލިބޭނެ ޕެކޭޖްތައް. %100 އާއި ހަމައަށް އިތުރު ޑޭޓާ، ޑޭޓާ ރޯލް އޯވަރ ގެ އިތުރުން ޑޭޓާ ހުސްވުމުން ލިބޭ ސްޕީޑްވެސް 2 ގުނައަށްވަނީ އިތުރުކުރެވިފަ. މިއަދު ސުޕަރނެޓްގެ ޚިދުމަތް ހދ. ނެއްލައިދޫއަށް ފޯރުކޮށްދީ އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ނެއްލައިދޫގެ ރައްޔިތުންނަށް ހުޅުވާލެވުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން." އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވިއެވެ. 

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5ގުނަ އިތުރު ސްޕީޑާއެކު %100 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. މީގެ އިތުރުން ސުޕަރނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވަރގެ ޙިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާއި އެއްވެގެންދާނެއެވެ.

ނެއްލައިދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ. މި ޚިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/getsupernet އަށް ޒިޔާރަތްކުރައްވާށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު