އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙިސާންބިލް ފާސްކުރުމަށްވުރެ ޤާނޫނު އަސާސީ އުވާލައި ހުރިހާ ބާރުތަކެއް ވެރިމީހާއަށް ދިނުން މާރަނގަޅުކަން އެނގޭ ޙަޤީޤަތް މިއޮތީ!

ޙިސާންބިލް ފާސްކުރުމަށްވުރެ ޤާނޫނު އަސާސީ އުވާލައި ހުރިހާ ބާރުތަކެއް ވެރިމީހާއަށް ދިނުން މާރަނގަޅުކަން އެނގޭ ޙަޤީޤަތް މިއޮތީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

މަސްތުވާތަކެތީގައި ޑީލަރަކު މާމިގިލިން ފުލުހުން ވަނީ އަތުލައިގެންފައެވެ. ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. 

އޮޕަރޭޝަން ހިންގުމުން ނޫސްވެރިންގެ ބައްދަލުވުންތަކުގައާއި ރައްޔިތުންގެ މަޖިލީހުގައި ފުލުހުން އެކަމަށް ހިންގި އޮޕަރޭޝަންގެ ޚަރަދުބޮޑުކަމާ އެ ފަދަ އޮޕަރޭޝަންތައް ހިންގަން ފުލުހުންނަށް ހުރަސް އެޅޭގޮތަށް، އެފަދަ އޮޕަރޭޝަންތައް ހިންގުން ކުށްވެރިކޮށް ވާހަކަ ދެއްކީމާ އެމީހާއަކީ މަސްތުވާތަކެތި ފަތުރަން ހިތްވަރުދޭ މީހެއްކަމަށް ބުނުން ޖިނާޢީ ކުށަކަށް ހަދަން ޤާނޫނެއް ފާސްކުރުން ވާނީ މަސްތުވާ ތަކެތި ފަތުރަން ހިތްވަރުދޭން ފާސްކުރާ ޤާނޫނަކަށް ނޫންތޯއެވެ؟ 

މިހާރު ވަބާއަކަށްވެފައިމިވާ މަޝްހޫރު ހިސާން ބިލުންވެސް ޙާޞިލުކުރަން ބޭނުންވެގެން މިއުޅެނީ އެނޫން ކޮންކަމެއްކަން ބުނެދޭން ސަރުކާރަށް ނުޖެހޭތޯއެވެ؟  

މާމިގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޑީލަރު އަތުލައިގަތް މައްސަލައިގައި މިބަޔާންކުރި ކަންކަން ހިނގިކަން ޓިވީ ބަލާ މީހުންނަށް ވާނީ ލައިވްކޮށް ފެނިފައެވެ. މިބަޔާންކުރި މޭރުމުން ދެއްކި ވާހަކަތައް ވާނީ އަޑު އިވިފައެވެ. ފުލުހުންނަށްވެސް ވާނީ ފެނި، އަޑުއިވިފައެވެ. 

ލޮލަށްފެނި އަޑުއިވުމުންވެސް މިވެނި މީހަކު އެކުރީ މިވެނިކަމެއްކަމަށް ބުނުމުން އެއީ ނަފްރަތު އުފެއްދުންކަމަށާއި އެއީ ޖިނާޢީ ކުށަކަށް ހަދަން ވެއްޖެނަމަ ޑިމްކަރްސީގެ ވާހަކައާއި ޙައްޤު ބަސްބުނުމުގެ މިނިވްނަކަން އޮތްކަމުގެ ވާހަކަ ސަރުކާރުން ނުދައްކައި ޤާނޫނު އަސާސީއެއް ނެތި ރަސްގެފާނަށް ފެނިވަޑައިގަންނަވާ ގޮތަށް ހުރިހާ ކަންކަން ނިންމި ޒަމާނަށް މިހާރު މިތިބީ ގޮސްކަމަށް ނިންމައި އެކަން އިއުލާނުކުރުން މާރަނގަޅު ނޫންތޯއެވެ؟ 

ﷲ ތަޢާލާގެ ދީނުގެ ދިފާޢުގައި ޙައްޤު ބަސް ބުނުމަކީ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާއިން ކޮންމެ ދިވެހިރައްޔިތަކަށްވެސް ލިބިދީފައިވާ ޙައްޤެކެވެ. އޮޅުވާލުމެއްގެ ތެރެއިން 10 ވަނަ މާއްދާގެ ހުރިހާ ބާރުތަކެއް ކަނޑުވާލައި އެ މާއްދާ އުވާލަން މަސައްކަތްކުރަނީ ޤާނޫނު އަސާސީ އާއި ކަނޑައެލިގެން ޚިލާފަށްކަން މަޖިލީހުގައި ތަޅުމުގައި މެންބަރުން އެގެންދަނީ ހާމަކުރަމުންނެވެ. 

"ނަފްރަތު ބިލަކީ އަނދިރި ދައުލަތުން އިސްލާމްދީނުގެ ދަންމަރު ނިވާލުމުގެ މަޤްސަދުގައި ފާސްކުރަން އުޅޭ ހިޔަޅު ބިލެއް" ކަމަށް ޝައިޚް އަހްމަދު ރިމާޒް ވިދާޅުވެފައިވާ ބަސްފުޅަކީ އަދި އެތައް ސަތޭކަ ޢިލްމުވެރިން އެމޭރުމުން ވިދާޅުވަމުން އެގެންދަވާ ބަސްފުޅުތަކަކީ ހިސާން ބިލުގެ ޙަޤީޤަތެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް