އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެންބަރު އިސްމާޢީލްގެ ޓްވީޓުންވެސް ވަރަށް ސާފު! ރައްޔިތުން މަޤާމަކަށް ހޮވުމުން ރައްޔިތުންގެ އަޑު ނާހާނީ ހަމަ އެންމެ ނުބައި ޚުދުމުޚުތާރު މީހުން!

މެންބަރު އިސްމާޢީލްގެ ޓްވީޓުންވެސް ވަރަށް ސާފު! ރައްޔިތުން މަޤާމަކަށް ހޮވުމުން ރައްޔިތުންގެ އަޑު ނާހާނީ ހަމަ އެންމެ ނުބައި ޚުދުމުޚުތާރު މީހުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

"ރައްޔިތުން އުފުލަމުން ގެންދާއަޑަށް އިޙްތިރާމްކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޢަމަލުހިފާ މީހާ ފިނޑިއަކަށްހަދައި އަދި އެބަދަލު ގެންނާން މަސައްކަތް ކުރާފަރާތް އިސްތިއުފާއަށް ގޮވުމަކީ ގަދަމީހުންކުރާ ޒާތުގެ ކަމެއްކަމަށް ދެކެން ދަތި! 

އަސްލު ގަޓް މީހާ ރައްޔިތުންގެ އަޑު އަހާނެ!"

(މިއީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ކުރައްވާފައިވާ ޓްވީޓެއްގައިވާ ވާހަކައެކެވެ.)

މިޓްވީޓް މިއަދުނޫހާއި ހިއްޞާކުރެއްވި ކިޔުންތެރިޔާ ވިދާޅުވީ "ރައްޔިތުން މަޤާމަކަށް ހޮވުމުން ރައްޔިތުންގެ އަޑު ނާހާ މީހުންނަކީ އަމިއްލަ އެދުމުން ފުރިގެންވާ އެންމެ ނުބައި ޚުދުމުޚުތާރު މީހުންކަން އެއީ ޔަޤީންކަމެއް" ކަމަށެވެ. 

"އަޞްލު މިވާގޮތަކީ ޙިސާން ބިލް ސަރުކާރުން މަޖިލީހަށް ހުށަހެޅީ ސަރުކާރުން ނަމަވެސް އެމްޑީޕީގެ ދީނީ ގޮފި  މަރުވިތާ 5 އަހަރުވެއްޖެ. ސަރުކާރު ހިންގަނީ އެމްޑީޕީން. އެމްޑީޕީން ދީނީ ކަމެއްގަ ސަރުކާރަށް ލަފާދޭނެ އެއްވެސް ރަސްމީ ގުނަވަނެއް މިހާރަކު ނެތް. އޮތީ ވަކި ޢާއިލާއެއްގެ ބާރާ ނުފޫޒު. ދެން އެހެންވީމާ މިބާވަތުގެ މައްސަލަތައް ކުރިމަތިވާނެ ނޫންތޯ؟  ޤުރްއާނާ ސުންނަތް ދަސްކޮށްނުދީ ހުޅަނގުގެ ޑިމޮކްރަސީ ދަސްކޮށްދީގެން ބޮޑުކޮށްފަ ތިބި ދަރިން މަޖިލީހަށް މިހޮވެނީ ހިޔަނިފުޅެއްގެ ފަހަތުން. ދެން ދާނީ ސެކިޔުލާފިކުރަށް ނޫންތޯ؟" އޭނާ ވިދާޅުވިއެވެ. 

މެންބަރު އިސްމާޢީލްގެ އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ. "ނަފުރަތުގެބިލް - ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މި ބިލްގެކޮމިޓީ މަރުހަލާގައި އިތުރަށް މަސައްކަތްކުރާނެ ކަމުގެ ފެހި ސިގުނަލް ބިލްގެ މަގުސަދު ހާމަކޮށްދެއްވަމުން ރައީސުލްޖުމުހޫރިއްޔާވަނީ ދެއްވަވާފަ! ރައްޔިތުންގެ އަޑު އަހާނެ - ބަދަލުގެނައުމަށް މަސައްކަތްކުރާނެ!"

މީގެ އިތުރުން އިސްމާޢީލް ވަނީ ބިލަށް އިސްލާމިކް މިނިސްޓްރީން ހުށަހެޅި އިޞްލާޙްތައް ބަލައި ނުގަތްއިރު ސަރުކާރުން ހުށަހެޅި އިޞްލާޙްތައްވެސް ބަލައި ނުގަތުމުން ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް