އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއީ ހިތްދަތިކަން ކުރިމަތިވުމުން ސާބިތުކަމާ ހިތްހަމަޖެހުން ދެއްވެވުން އެދިގެންވެސް ކުރަން އޮތް ދުޢާއެއް!

މިއީ ހިތްދަތިކަން ކުރިމަތިވުމުން ސާބިތުކަމާ ހިތްހަމަޖެހުން ދެއްވެވުން އެދިގެންވެސް ކުރަން އޮތް ދުޢާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ހަނގުރާމަ މާނަކުރަންވީ ހަމައެކަނި ހަތިޔާރު ބޭނުންކޮށްގެން ކުރާ ހަނގުރާމައަކަށް ނޫނެވެ. ދިރިއުޅުމަކީ ވެސް ހަނގުރާމައެކެވެ. ކުރިމަތިވާ ކަންކަމަކީ ސާބިތުކަމާއިއެކު ކުރިމަތިލާންޖެހޭ ކަންކަމެވެ. 

އަދި ހައެފަދައިން ކާފިރުން މާނަކުރަންވީ ވެސް އެހައި ތިލަގޮތަކަށް ނޫނެވެ. ދިރިއުޅުމުގެ ކަންކަމުގައި ނަޞްރު ބޭނުންވާނީ ހަމައެކަނި ﷲ ތަޢާލާއަށް އީމާން ނުވާ މީހުންގެ ކިބައަކުންވެސް ނޫނެވެ. ހިތްދަތިކަން ކުރިމަތިކުރުވާ މީހުންނާއި ޢަދާވާތްތެރިންގެ ކިބައިންވެސް ނަޞްރު ލިބުމަށް އެދެންޖެހެއެވެ. 

މިދުޢާއަށް ބަލައިފިނަމަ ފުރަތަމަވެސް މިތީ ކެތްތެރިކަން ދެއްވެވުމަށް އެދުމެވެ. "އަޅަމެންގެވެރި ރަސްކަލާކޮ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ." ޤަބޫލުކުރަން ޖެހޭ ކަމަކީ ހިތްދަތިކަންވިޔަސް މުޞީބާތެއްވިޔަސް ކުރިމަތިވުމުން ފުރަތަމަ ވެސް ކުރަންޖެހޭ ކަމަކީ ކެތްތެރިވުންކަމެވެ. ޔަޤީންކުރަންވީ ކެތްތެރިކަމުގަ ސާބިތުވެވިއްޖެނަމަ ހިންމަވައި ދެއްވަވާނެ ކަމެވެ. 

ޢާއިލީ މައްސަލަތައް ކުރިމަތިވިނަމަވެސް ދެމަފިރިންގެ މެދުގައި މައްސަލަތައް ކުރިމަތިވި ނަމަވެސް އޮތީ ހަމަ ގިނަގިނައިން މިފަދަ ދުޢާތައް ކުރުމެވެ. ފުރަތަމަ ކަމަކަށް ކެތްތެރިކަމާ ސާބިތުކަން ދެއްވެވުން އެދިގެންނެވެ.   

رَبَّنَا أَفْرِغْ  عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَنْصُرْنَا عَلَى الْقَوْمِ الْكَافِرِيْنَ  (البقرة 250)

މާނައީ: "އަޅަމެންގެވެރި ރަސްކަލާކޮ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ. އަދި (ހަނގުރާމައިގެ މައިދާނުގައި) އަޅަމެންގެ ފައިތިލަތައް ސާބިތު ކުރައްވާނދޭވެ. އަދި ކާފިރުންގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ."

- އިސްލާމީ ތިލފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް