އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ އާއި ޕަރސަނަލް ކޮމްޕިއުޓަރސް ގުޅިގެން ސްކޫލް ކުދިންނަށް ޚާއްޞަ "ބެކް ޓު ސްކޫލް" އޮފަރ އެއް އިއުލާން ކޮށްފި

އުރީދޫ އާއި ޕަރސަނަލް ކޮމްޕިއުޓަރސް ގުޅިގެން ސްކޫލް ކުދިންނަށް ޚާއްޞަ "ބެކް ޓު ސްކޫލް" އޮފަރ އެއް އިއުލާން ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

 

އުރީދޫ މޯލްޑިވްސްއާއި ޕަރސަނަލް ކޮމްޕިއުޓަރސް ޕާރޓްނަރވެ ސްކޫލް ކުދިންނަށް ޚާއްޞަ "ބެކް ޓު ސްކޫލް" އޮފަރ އެއް މިއަދު އިއުލާން ކޮށްފިއެވެ.

އުރީދޫއިން ބުނެފައިވަނީ ކިޔެވުމާއި ކިޔަވާދިނުން އަދި މިނޫންވެސް އެހެނިހެން ހިދުމަތް ފޯރުކޮށްދިނުމުގައާއި ލިބިގަތުމުގައި ޑިޖިޓަލް ޒަރިއްޔާތަކަށް ބަރޯސާ ވާންޖެހިފައިވާ މި ދަނޑިވަޅުގައި އިންޓަނެޓްގެ ޚިދުމަތާއި ޑިޖިޓަލް ޑިވައިސްތަކުގެ މުހިންމުކަން މިވަނީ އިތުރުވެފައިވާ ކަމަށާއި އެހެންކަމުން މި އޮފަރ ގެ މަގްސަދަކީ އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނު، ކިޔަވާ ކުދިންނަށާއި ބެލެނިވެރިންނަށް ފަސޭހަކަމާއެކު ބައްލަވައިގަތުމުގެ ފުރުސަތު ހުޅުވާލުން ކަމަށެވެ.

މިއަދު މި ލޯންޗްކުރެވުނު "ބެކް ޓު ސްކޫލް" އޮފަރ ގެ ދަށުން ޕަރސަނަލް ކޮމްޕއިޓަރސްއިން ބައްލަވައިގަންނަ ކޮންމެ ލެޕްޓޮޕަކާއެކު އުރީދޫ މޯލްޑިވްސްގެ މައިފައި ޑިވައިސްއެއް، އަދި 240ޖީބީ އާއި ހަމައަށް ބޯނަސް ޑޭޓާ ހިމެނޭގޮތަށް ލިބިވަޑައިގަންނަވާނެއެވެ. ލެޕްޓޮޕާއެކު ހިލޭ ލިބިވަޑައިގަންނަވާ މައިފައި ޑިވައިސް މެދުވރިކޮށް ރީޗާރޖް ކުރާ ފުރަތަމަ 12 ފަހަރު، ކުރައްވާ ކޮންމެ ރީޗާޖަކަށް 20ޖީބީ ބޯނަސް ޑޭޓާ ލިބިވަޑައިގަންނަވާނެއެވެ. ހަމައެހެންމެ، ޕާސަނަލް ކޮމްޕިއުޓަރސް އިން ހަދިޔާ ކުރާ ހިލޭ ލެޕްޓޮޕް ކޭސް އެއްވެސް މި އޮފަރގައި ވަނީ ހިމެނިފައެވެ. އެޗްޕީ އަދި ލެނޯވޯ ގެ ފަހުގެ ލެޕްޓޮޕްތައް ހިމެނޭގޮތަށް ބަންޑްލްކޮށްފައިވާ މި އޮފަރ މިއަދުން ފެށިގެން ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެއެވެ.

"ޕެންޑެމިކްގެ ސަބަބުން އަޅުގަނޑުމެން އާއްމުކޮށް ކަންކުރާ ގޮތްތަކަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ. އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލުގައިވެސް، ދަރިވަރުންގެ ކިޔެވުން އަދި އާންމު ދިރިއުޅުމުގެ ކަންކަންމުގައިވެސް އިންޓަނެޓް ގެ ޚިދުމަތް މިވަނީ މުހިންމުވެފައި. އަދުގެ ދުނިޔޭގައި، ދަރިވަރުންނަށާއި ޓީޗަރުންނަށްވެސް އިންޓަނެޓް މެދުވެރިކޮށް އެތަކެއް ތައުލީމީ ފުރުސަތުތަކެއް ފަހިވެގެންދޭ. ވުމާއިއެކު، ޕަރސަނަލް ކޮމްޕިއުޓަރސް އާއެކު މި ލޯންޗް ކުރި އޮފަރ މެދުވެރިކޮށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އޮންލައިންކޮށް ކިޔެވުމުގެ ކަންކަމަށް ބޭނުންވާ ތަކެތި ބައްލަވައިގަތުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ. ހުރިހާ ދަރިވަރުންނަށް އުފާވެރި ޗުއްޓީއަކަށް އަދި ބާއްޖަވެރި އަހަރަކަށް އެދެން." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއިން އަދި ޕަރސަނަލް ކޮމްޕިއުޓަރސްއިން ހުރިހާ ދަރިވަރުންނަށް އުފާވެރި ޗުއްޓީއަކަށް، އަދި ތައުލީމީ އައު އަހަރަކަށް އެދެމެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
ހަސަން އަލީ