އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު
ދަރިން ދެއްވެވުން އެދި ދުޢާކުރާއިރު ފުރަތަމަ ކަމަކަށް ވިސްނާލަންވީ ހަމައެކަނި ދަރިން ދެއްވެވުން އެދި ދުޢާކުރުމުން ނުފުދޭކަމެވެ.
ތިމާއަކީ ނަމާދު ޤާއިމުކޮށްއުޅޭ މީހަކު ކަމުގައިވުމަށް މަސައްކަތްކުރަމުން އެކަމަށް މަގުފަހިކުރައްވަވައި ދެއްވެވުމަށް އެދެންޖެހެއެވެ. އަދި ދެއްވަވާ ދަރިންނަކީވެސް ނަމާދު ޤާއިމުކުރާ ދަރިން ކަމުގައި ލައްވަވައިދެއްވެވުމަށް އެދެން ޖެހެއެވެ. އަދި ދުޢާކުރުމަށްފަހު ކުރި ދުޢާ ޤަބޫލުފުޅު ކުރެއްވެވުމަށްވެސް އެދެންޖެހެއެވެ.
ހަމައެއާއިއެކު ދުޢާ ޢިޖާބަކުރައްވަވާނެކަން ޔަޤީންކުރަންވެސް ޖެހެއެވެ.
އިބްރާހީމްގެފާނު ކުރެއްވެވި ދުޢާގައި ހިމެނޭ އެއް ކަމެއް ފާހަގަކޮށްލާނަމެވެ. ދަރިން ދެއްވެވުން އެދި ދުޢާކުރާއިރު "އަލްވައްހާބް" ބޭނުންކުރާށެވެ! އެއީ އެކަމަށް ޚާއްޞަވެގެންވާ ނަންފުޅެކެވެ.
އިބްރާހީމްގެފާނު ކުރެއްވެވި ދުޢާ:
ٱلْحَمْدُ لِلَّهِ ٱلَّذِى وَهَبَ لِى عَلَى ٱلْكِبَرِ إِسْمَٰعِيلَ وَإِسْحَٰقَ إِنَّ رَبِّى لَسَمِيعُ ٱلدُّعَآءِ
"ޙަމްދު ހުރީ، ﷲ އަށެވެ. އެކަލާނގެއީ، އަޅު، މުސްކުޅިވެފައިވަނިކޮށް، އަޅާއަށް އިސްމާޢީލް އާއި، އިސްޙާޤް ދެއްވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އަޅުގެ ވެރިރަސްކަލާނގެއީ، ދުޢާ އައްސަވާވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ."
رَبِّ ٱجْعَلْنِى مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِى رَبَّنَا وَتَقَبَّلْ دُعَآءِ
"އަޅުގެވެރި ރަސްކަލާކޮ! އަޅާއީ، ނަމާދު ޤާއިމުކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ ދުޢާ ޤަބޫލު ކުރައްވާނދޭވެ."
رَبَّنَا ٱغْفِرْ لِى وَلِوَٰلِدَىَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ ٱلْحِسَابُ
އަޅަމެންގެ ވެރިރަސްކަލާކޮ! ހިސާބު ޤާއިމު ވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، މުއުމިނު ތަކުންނަށް ފާފަފުއްސަވާނދޭވެ!" އިބްރާހީމް: 39،40،41)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
18 ޖުލައި 2021