އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަރުކަށި ފިކުރުގެ މީހުން ނެރެލާ މަޖިލީހާ ސަރުކާރު އިޞްލާޙްކުރަން ގިނަބައެއްގެ ތާއީދު ވަރަށް ބޮޑު!

ހަރުކަށި ފިކުރުގެ މީހުން ނެރެލާ މަޖިލީހާ ސަރުކާރު އިޞްލާޙްކުރަން ގިނަބައެއްގެ ތާއީދު ވަރަށް ބޮޑު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

ހަރުކަށި ފިކުރުގެ ތަޢާރަފް:

އެންމެ ނުރައްކާތެރި ހަރުކަށިފިކުރު:

ހަރުކަށި ފިކުރު ދެބައކަށް ބެހެވިގެންދެއެވެ. ފުރަތަމަ ބައަކީ އެންމެ ނުރައްކައުތެރި ވައްތަރެވެ. އެއީ ﷲ ތައާލާ ބާވައިލެއްވެވި ކީރިތި ޤުރައާނާއި ރަސޫލް ﷺ ގެ ސުންނަތް ޤަބޫލު ނުކުރުމެވެ. ޤަބޫލުކުރާކަމަށް ބުނެ އަމަލުނުކުރުމެވެ. ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަންކަން ކުރުމެވެ. ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ޙުކުމްފުޅުތައް ދޫކޮށްލައި ތިމާމެންނަށް މާމޮޅަށް އެނގޭކަމަށްބުނެ އަމިއްލައަށް ޤާނޫނުތައް ހެދުމެވެ. ޤަވާއިދުތައް ހެދުމެވެ.

މީގެ ތެރޭގައި:

--ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ކުރުން

--ޢައުރަ ނިވާނުކޮށް ތިބޭ މީހުންގެ އައުރަ ފުލުހުން ނިވާކުރުވުމުން އެކަމަށް ދެކޮޅުހެދުން

--މަސްތުވާތަކެތި ހުއްޓުވަން ފުލުހުން މަސައްކަތްކުރުމުން އެކަމަށް ދެކޮޅުހެދުން

--ބަންގިގޮވުމުން ޖަމާއަތުގެ ނަމާދަށް ފިރިހެނުން ދާންނުޖެހޭނެކަމަށް ބުނެ އެކަމަށް ވަކާލާތުކުރުން

--ކީރިތި ޤުރްއާން ކޔަވަން ދެކޮޅުހެދުން

--ﷲ ތަޢާލާއަށާއި ރަސޫލް ﷺ އަށް ފުރައްސާރައާއި މަލާމާތްކުރުމުން މަނާނުކުރުމާ ހިތްވަރުދިނުން

ފަދަ ކަންކަން ހިމެނެއެވެ. މިބާވަތުގެ ޢަމަލުތައް ކުރާ މީހުންނަކީ އެންމެ ނުރައްކާތެރި ހަރުކަށި ފިކުރުގައި ހައްދުފަހަނައަޅާފައިވާ މީހުންނެވެ. ސަބަބަކީ އެފަދަ މީހުންނަކީ ފައުޅުގައި ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ގޮންޖަހާ މީހުން ކަމުގައިވާތީއެވެ. އެކަމަށްވުރެ ނުރައްކާތެރިކަން ބޮޑު، ގެއްލުންހުރި ހަރުކަށި ފިކުރެއް ނުއޮންނާނެތީއެވެ.

2 ދުނިޔެއާ ޢާޚިރަތުގަ ފައިދާކުރާނެ ހަރުކަށިފިކުރު: ދުނިޔެއާއި ޢާޚިރަތުގައި ފައިދާކުރާނެ ހަރުކަށިފިކުރުގެ މީހުންނަކީ ކީރިތި ޤުރްއާނާއި ރަސޫލް ގެ ސުންނަތަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަމަންތެރިވެ ޢަމަލުކުރާ މީހުންނެވެ.

އެފަދަ މީހުންގެ ސިފަތަކުގެ ތެރޭގައި: --ﷲ ތައާލާގެ ދީން މަތިވެރިކުރަން މަސައްކަތްކުރުން

--ﷲ ތަޢާލާގެ ދީނުގައި އޮތްމަގުން ނޫނީ އެއްވެސް ކަމެއް ނުކުރުން

--ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތަކާއި ޚިލާފަށް އިންސާނުން އަމިއްލައަށް އުފައްދާ ޤާނޫނުތަކަށް ތާއީދުނުކުރުން

--ކޮންމެ ޙާލަތެއްގައި ފަރުޟު އަޅުކަންތައް ފުރިހަމައަށް އަދާކުރަމުން ގެންދިއުން ހިމެނެއެވެ.

ވީމާ މިކަންކަމަށްބަލާއިރު އެންމެ ނުރައްކާތެރި ހަރުކަށިފިކުރުގެ މީހުން މަޖިލީހުގައާއި ސަރުކާރުގެ އިސްމަޤާމުތަކުގައި ވަރަށް ގިނަކަން އެއީ ވަރަށް ފައުޅުކަން ބޮޑު ގޮތެއްގައި އެނގެން އޮތް ކަމެކެވެ. މިފަދަ އެންމެން އެމީހުންގެ މަޤާމުތަކާއި މަސްއޫލިއްޔަތުތަކުން ދުރުކޮށް މުއައްސަސާތައް އިޞްލާޙް ކުރުމަކީ ﷲ ތަޢާލާގެ މަގުގައި ކުރެވޭނެ އެންމެ ހެޔޮ އަމަލުކަމުގައި ނޫނީ ނުވާނެއެވެ. ސަބަބަކީ ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ޙުކުމްފުޅުތައް ތަންފީޒުކުރެވޭނެ ގޮތަށް ޤާނޫނުތައް ހެދޭނީ އަދި ޢަމަލުކުރެވޭނީ އެކަންކޮށްގެން ކަމުގައިވާތީއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް