އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 46 މިނެޓް, 15 ސިކުންތު
ސިހުރަކީ ކޮބާ؟
ޢަރަބިބަހުގައި "ސިޙުރު" މިލަފުޒަކީ ސަބަބު ފޮރުވިފައިވާ، އަދި ވަންހަނާވެގެންވާ ކަންކަމަށް ބޭނުންކުރާ ޢިބާރާތެކެވެ. އަދި ސިޙުރުގެ އަޞްލަކީ އެއްޗެއްގެ ޙަޤީޤަތުން އެހެންގޮތަކަށް ބަދަލުކޮށްލުމެވެ. އަދި ޙައްޤުކަމަށް ބާޠިލުނެރެ ދެއްކުމެވެ.
އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ސިޙުރަކީ ގޮށްތަކަކާއި، ކިޔެވެލިތަކަކާއި، ވާހަކަދައްކާ ބަސްތަކެއް ނުވަތަ ލިޔާ ބަސްތަކެކެވެ. ނުވަތަ ސިޙުރުހެދޭމީހާގެ ގައިގައި ބީހުމެއްނެތި އޭނާގެ ހަށިގަނޑަށް، ނުވަތަ ހިތަށް، ނުވަތަ ވިސްނުމަށް އަސަރުކުރުވާގޮތަށް ކުރެވޭ ކަންކަމެވެ. ސިޙުރުގައި ޙަޤީޤަތެއްވެއެވެ. އޭގެ ތެރޭގައި މީހާ ބަލިކޮށްލާތަކެތިވެއެވެ. އަދި މަރާލާ ތަކެތިވެއެވެ. އަދި ދެމަފިރިން ދުރުކުރާ ތަކެއްޗާއި، ދެމަފިރިން ޖިމާޢުވުމުން ދުރުކުރާ ތަކެތިވެއެވެ. އަދި ދެމީހެއްގެ ދެމެދުގައި ރުޅިވެރިކަން އުފައްދާ ތަކެއްޗާއި، ދެމީހުން ގަދަކަމުން ތަތްކުރުވާ ތަކެތިވެއެވ."
ޤުރުއާނާއި ސުންނަތުގެ އަލީގައި ސިޙުރު:
ސިޙުރަކީ ޙަޤީޤަތެއްކަމަށާއި، އެކަމުގައި އަސަރުތަކެއް އެކުލެވިގެންވާކަމަށް ޤުރުއާނުންނާއި، ސުންނަތުން ދަލީލުލިބެއެވެ. އަދި އެއީ ޙަރާމްކަމެއްކަމަށްވެސް ދަލީލުލިބެއެވެ. އެގޮތުން ﷲ ވަޙީކުރައްވާފައިވެއެވެ.
((وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَى مُلْكِ سُلَيْمَانَ وَمَا كَفَرَ سُلَيْمَانُ وَلَكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّى يَقُولا إِنَّمَا نَحْنُ فِتْنَةٌ فَلا تَكْفُرْ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ وَمَا هُمْ بِضَارِّينَ بِهِ مِنْ أَحَدٍ إِلاَّ بِإِذْنِ اللَّهِ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلا يَنفَعُهُمْ وَلَقَدْ عَلِمُوا لَمَنْ اشْتَرَاهُ مَا لَهُ فِي الآخِرَةِ مِنْ خَلاقٍ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ لَوْ كَانُوا يَعْلَمُونَ)) البقرة: ١٠٢
މާނައީ: "އަދި ސުލައިމާނުގެފާނުގެ ވެރިކަމުގެ ޒަމާނުގައި ޝައިޠާނުންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެބައިމީހު ތަބާވިއެވެ. ސުލައިމާނުގެފާނު ކާފަރުވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ ޝައިޠާނުން ކާފަރުވިއެވެ. އެބައިމީހުން މީސްތަކުންނަށް ސިޙުރު އުނގަންނައި ދިނުމުންނެވެ. އަދި ބާބިލްގައިވާ ހާރުތާއި، މާރޫތާ ދެ މަލާއިކަތުންގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށްވެސް (އެބައިމީހުން ތަބާވިއެވެ.) ތިމަންމެން ވާކަން ކަށަވަރީ (އީމާންކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) އިމްތިޙާނެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) ކާފަރުނުވާށޭ ވިދާޅުވެ (ނަސޭޙަތްދެއްވުމަށްފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން އުނގަންނަވައެއް ނުދެއްވައެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ މަލާއިކަތުންގެ ކިބައިން އެބައިމީހުން އުނގެނި އުޅެތެވެ. ﷲގެ އިޒުނަފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެބައިމީހުން ނުވެތެވެ. އެބައިމީހުން އެ އުނގެނެނީ އެބައިމީހުންނަށް ގެއްލުންދޭ، އަދި އެބައިމީހުންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ހޯދައިގަތް މީހަކަށް އާޚިރަތުގައި އެއްވެސް ނަޞީބެއް ނެތްކަން، އެބައިމީހުންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ. އެބައިމީހުންގެ ނަފްސުތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެބައިމީހުން އެކަން ދަންނަ ކަމުގައި ވިނަމައެވެ."
މިއާޔަތުން ދަލީލުލިބޭގޮތުގައި، ސިޙުރަކީ ޙަޤީޤަތެއް އެކުލެވިގެންވާ، އެއިގެ ސަބަބުން މީސްތަކުންގެ ހިތްތަކަށާއި، ހަށިގަނޑަށް އަސަރުކުރުވާކަމެއްކަން ހާމަވެއެވެ. އަދި ސިޙުރުޖެހޭ ހުށީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިޒުނަފުޅައިލައިގެންކަން އެނގެއެވެ.
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދީޘް ކުރެއްވިއެވެ.
((اجْتَنِبُوا السَّبْعَ الْمُوبِقَاتِ)) قَالُوا: يَا رَسُولَ اللهِ وَمَا هُنَّ؟ قَالَ: ((الشِّرْكُ بِاللهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللهُ إِلَّا بِالْحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ الْيَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلَاتِ)).
މާނައީ: "ތިޔަބައިމީހުން ހަލާކުކުރަނިވި ހަތްފާފައިން ދުރުހެލިވާށެވެ." އެބޭކަލުން ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ! އެފާފަތަކަކީ ކޮބައިތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "(އެއީ) ﷲއަށް ޝަރީކުކުރުމާއި، ސިޙުރުހެދުމާއި، ޙައްޤަކާނުލައި ﷲ ޙަރާމްކުރެއްވި ނަފުސެއް ޤަތުލުކުރުމާއި، ރިބާކެއުމާއި، ޔަތީމުންގެ މުދާ (ބާޠިލުކޮށް) ކެއުމާއި، ހަނގުރާމަކުރެވޭ ދުވަހު ފުރަގަސްދީ ފިލަންދުވުމާއި، މުއުމިނު ޢިއްފަތްތެރި އަންހެނުންނަށް (ޒިނޭގެ) ތުޙުމަތުކުރުމެވެ."
މިޙަދީޘުގައި، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަމުރުކުރައްވާފައިއެވަނީ ސިޙުރުން ދުރުހެލިވުމަށެވެ. އަދި އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައި އެވަނީ ސިޙުރަކީ ހަލާކުކޮށްފަނިވި ބޮޑުވެގެންވާ ފާފައެއްކަމުގައެވެ. މިކަމުން ދޭހަކޮށްދެނީ ސިޙުރަކީ ޚުރާފާތެއް ނޫންކަމެވެ. ޙަޤީޤަތެއްކަމެވެ.
އަދި ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ. ((لَيْسَ مِنَّا مَنْ تَطَيَّرَ أَوْ تُطُيِّرَ لَهُ ، أَوْ تَكَهَّنَ أَوْ تُكُهِّنَ لَهُ ، أَوْ سَحَرَ أَوْ سُحِرَ لَهُ ، وَمَنْ عَقَدَ عُقْدَةً، وَمَنْ عَقَدَ عُقْدَةً ، وَمَنْ أَتَى كَاهِنًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ))
މާނައީ: "ބަދުފާލުބަލާމީހާއާއި، އެބަލުވާމީހާއާއި، ކަހާނަތުކަންކުރާމީހާއާއި، އެކަންކުރުވާމީހާއާއި، ސިހުރުހަދާމީހާއާއި، އެހަދުވާމީހާ އަހަރެމެންގެ ތެރެއިންނުވެއެވެ. އަދި ކާހިނެއްގެ ގާތަށް އައިސް އޭނާ ދައްކާވާހަކަ ތެދުކޮށްފިމީހާ ދަންނައެވެ. ފަހެ، ހަމަކަށަވަރުން އޭނާ މުޙައްމަދުގެފާނު މައްޗަށް ބާވާލެއްވުނު ޝަރީޢަތަށް ކާފަރުވެއްޖެއެވެ.
މިހަދީޘުގައި، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެވަނީ ސިޙުރާއި، ސިޙުރުހަދަން ސިޙުރުވެރިން ކައިރިއަށް ދިޔުން މަނާކުރައްވާފައެވެ.
ސިޙުރުވެރިޔާއާއި ޝައިޠާނާއާދެމެދުގައިވާ ގުޅުން:
ސިޙުރަކީ ސިޙުރުވެރިޔާއާއި ޝައިޠާނާއާ ދެމެދުގައިވެވޭ އިއްތިފާޤެކެވެ. ސިޙުރުވެރިޔާ ބައެއް ޙަރާމްކަންތައްތައް ނުވަތަ ﷲއަށް ޝިރުކުކުރެވޭ ކަންތައްތައް ކުރުމުން، އޭގެބަދަލުގައި އެމީހާއެދޭ ކަންތައްތައް ކުރުމުގައި ޝައިޠާނާ ވާގިވެރިވެދީ، އެމީހާއަށް ކިޔަމަންތެރިވަނީއެވެ.
ސިޙުރުވެރިން ޝައިޠާނާއާ ކުއްތަންވުމަށްޓަކައި ތަފާތު ހަޑިމުޑުދާރު ޢަމަލުތައް ކުރެއެވެ. މިގޮތުން ފައިދަށަށް މުޞްޙަފުލައިގެން ފާޚާނާއަށް ވަނުމާއި، ނަޖިސްތަކެތިން ޤުރުއާނުގެ އާޔަތްތައް ލިޔުމާއި، އަކުރުތައް ކަނޑަކަނޑައިގެން ފާތިޙާ ސޫރަތްލިޔުމާއި، ވުޟޫއާނުލައި ނަމާދުކުރުމާއި، ޝައިޠާނާއަށް އެއްޗެހި ކަތިލުމުގެގޮތުން ކަތިލާހިނދު ބިސްމިނުކިޔުމާއި، ޝައިޠާނުން އުޅޭ ތަނަކަށް އެކަތިލެވުނު އެއްޗެއް އެއްލައިލުން ފަދަ ޢަމަލުތައް ހިމެނެއެވެ. އަދި އޭގެތެރެއިން ބައެއްމީހުން ތަރިތަކަށް ގޮވައި، ﷲ ފިޔަވައި އެތަރިތަކަށް ސަޖިދަކުރެއެވެ. އަނެއްބައިމީހުން އެސިޙުރުވެރިޔާގެ މަންމަ ނުވަތަ ދަރިފުޅާ ޒިނޭކުރެއެވެ. އަނެއްބައިމީހުން ނޭނގޭ ބަހުރުވަތަކުން ކުފުރުގެ ކަލިމަތައް ލިޔެ ތަވީދުއެއްޗެހި ހަދައެވެ.
އަޅުގަނޑުމެން ދެނެގަންނަންޖެހޭ މުހިއްމު ނުކުތާއަކީ، ބަދަލަކާނުލައި ޝައިޠާނާ ސިޙުރުވެރިޔާއަށް އެހީތެރިނުވާނޭކަމެވެ. ސިޙުރުވެރިޔާ ﷲއަށް ކުފުރުވެ ނުކިޔަމަންތެރިކަން ދެއްކިވަރަކަށް ޝައިޠާނާ އެހީތެރިވެ، އޭނާގެ ބޭނުންތައް ފުއްދައިދިނުމުގައި އަވަސްވެގަންނާނެއެވެ. އަދި ޝައިޠާނާގެ އަމުރުތަކަށް ތަބާވުމުގައި ސިޙުރުވެރިޔާ ފަރުވާކުޑަކުރާކަމުގައިވާނަމަ، ޝައިޠާނާ އޭނާގެ ޚިދުމަތުން ދުރުވެގަންނާނެއެވެ. އެހެންކަމުން، ޝައިޠާނާއާއި ސިޙުރުވެރިޔާއަކީ ﷲ އަށް ނުކިޔަމަންތެރިވުމުގައި ވާގިވެރިވެގެންއުޅޭ ދެމީހުންނެވެ.
ސިޙުރުވެރިން ދެނެގަންނާނެ ޢަލާމާތްތައް:
ސިޙުރުވެރިން ދެނެގަންނާނެ ވަރަށް ގިނަ ޢަލާމާތްތައްވެއެވެ. އެއިގެތެރެއިން ބައެއް މުހިއްމުކަންކަމަކީ:
1. ބާޠިލު ޒީނަތްތެރިކުރުމާއި، ޙައްޤު ބާޠިލުކަމުގައި ދެއްކުން.
2. ބަލިޖެހިފައިވާމީހާގެ ފުނާ، އިސްތަށި، ރުމާ ފަދަ މާދީ އެއްޗަކަށް އެދުން.
3. ބަލިޖެހިފައިވާމީހާގެ ނަމާއި، މަންމަގެ ނަން އެހުން.
4. ޢަދަދުތަކާއި، ބުރުޖުތަކާއި ތަރިތަކުގެ ނަންތަކާއި، ވަކިވަކިން އަކުރުލިޔުން ފަދަ ދޭހަނުވާ އެއްޗެހި ލިޔުން.
5. ނޭނގޭ ބަސްތަކުން ތަވީދު ލިޔުމާއި، ކިޔެވެލި ކިޔެވުން.
6. ވަކިވައްތަރެއްގެ ޙަޔަވާނެއް ނުވަތަ ދޫންޏެއް ހޯދުމަށް ބުނުން. މިފަދަ ތަކެތި ބިސްމިއާނުލައި ކަތިލުމަށްފަހު ބަލިޖެހިފައިވާ މީހާގެ ރިއްސާތަނެއްގައި އުނގުޅުމަށް ބުނުން ނުވަތަ ހަޑިމުޑުދާރުތަނަކަށް އޭތި އެއްލައިލުން.
7. ބަންދުކުރެވިފައިވާ އެއްޗެހި ބަލިމީހާގެ އަތައް ދިނުމަށްފަހު، އޭތި ނުހުޅުވުމަށް ބުނުން. މިފަދަ އެއްޗެހީގައި ގިނަފަހަރަށް ހުންނާނީ ކުފުރުގެ ބަސްތަކެވެ.
8. ބަލިމީހާ އަތަށް ބިމުގައި ވަޅުލުމަށް އެއްޗެހި ދިނުން.
9. ގަނޑުކޮޅުކޮޅު ދީ، އެތަކެތި އަންދައިގެން ދުން އެރުވުމަށް ބުނުން.
10. ބަލިމީހާގެ ކުރިމަތީގައި ނުފެންނަ މީހުންނާ ވާހަކަ ދައްކައިގެން އެހީތެރިކަމަށާއި މަދަދަށް އެދުން.
11. ބައެއްފަހަރަށް ބަލިމީހަކައިރީގައި ފެނުގައި ނުބީހުމަށް ބުނުން. ޢާއްމުކޮށް ބުނެއުޅޭނީ ސާޅީސްދުވަސް ވަންދެނެވެ. މީގެ ދޭހަކޮށްދެނީ އެސިޙުރުވެރިޔާއާއެކު އުޅޭ ޝައިޠާނާއަކީ ނަޞާރާއެއްކަމެވެ.
12. ބައެއްފަހަރަށް ބަލިމީހާގެ ނަމާއި، އޭނަގެ ރަށާއި، އޭނާގެ ބައްޔަކީ ކޮބައިކަން ކުރިޔާލައި ޚަބަރު ދޭނެއެވެ.
13. ހުދުތަށްޓެއްގައި ވަކިވަކި އަކުރުތަކެއް ލިޔުމަށްފަހު، އެތަށްޓަށް ފެން އަޅައިގެން ފެންއޮއްސުމަށް ނުވަތަ ބުއިމަށް ބުނުން.
މިފަދަ ޢަލާމާތެއް ފެނި، ސިޙުރުވެރިއެއްކަން އެނގިހުރެ އެމީހާގެ ގާތަށް ދިޔުމަކީ ބޮޑުވެގެންވާ ފާފައެއްކަން ދަންނާށެވެ.
ސިޙުރުއުގެނުމާއި އުގަންނައިދިނުން:
އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅިވެފައިވެއެވެ. “ސިޙުރުއުގެނުމާއި އުގަންނައި ދިނުމަކީ ޙަރާމްކަމެކެވެ. މިކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް އޮތްކަމެއް ތިމަންމެންނަކަށް އެނގިފައެއްނެތެވެ. ތިމަންމެންގެ އަޞްޙާބުން (އެބަހީ، ޙަންބަލީ މަޒުހަބުގެ ޢިލްމުވެރިން) ވިދާޅުވެފައިވެއެވެ. ސިޙުރުވެރިޔާ ކާފަރުވަނީ އެއުގެނުމާއި އެއަށް ޢަމަލުކުރުމުގެ ސަބަބުންނެވެ. އެމީހަކު އެކަންކުރީ ޙަރާމް ނުވަތަ މުބާޙުކަމެއްގޮތުގައި ދެކިގެންކަމުގައި ވީނަމަވެސްމެއެވެ. އެއީ ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ.
((وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَى مُلْكِ سُلَيْمَانَ وَمَا كَفَرَ سُلَيْمَانُ وَلَكِنَّ الشَّيَاطِينَ كَفَرُوا)) މިއާޔަތުގެ ((وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّى يَقُولا إِنَّمَا نَحْنُ فِتْنَةٌ فَلا تَكْفُرْ)) ނިޔަލަށެވެ. ((وَمَا كَفَرَ سُلَيْمَانُ))
އެބަހީ، ސުލައިމާނުގެފާނަކީ ސިޙުރުގެ ސަބަބުން ކާފަރުވި ބޭކަލެއްކަމުގައި ނުވެއެވެ. އަދި އެދެބޭކަލުން (އެބަހީ ހާރުތާއި މާރޫތު) ވިދާޅުވިއެވެ. ((إِنَّمَا نَحْنُ فِتْنَةٌ فَلا تَكْفُرْ)) އެބަހީ، ސިޙުރު ނޫގެނޭށެވެ. އެކަމުގެ ސަބަބުން ކާފަރުވާހުއްޓެވެ."
އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” ތަޢާލާގެ ވަޙީ ބަސްފުޅު ((إِنَّمَا نَحْنُ فِتْنَةٌ فَلا تَكْفُرْ)) މިބަސްފުޅުން އިޝާރާތްކުރާގޮތުގައި ސިޙުރު އުގެނުމަކީ ކާފަރުކަމެކެވެ.”[6]
ސިޙުރުވެރިޔާގެ ޙުކުމް:
އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "އަދި ސިޙުރުވެރިޔާގެ ޙައްދަކީ ޤަތުލުކުރުމެވެ. މިފަދައިން ޢުމަރުގެފާނާއި، ޢުޘްމާންގެފާނާއި، އިބްނު ޢުމަރު އާއި، ޙަފްޞަތުގެފާނާއި، ޖުންދުބު ބުން ޢަބްދުﷲ އާއި، ޖުންދުބު ބުން ކަޢުބު އާއި، ޤައިސް ބުން ސަޢުދު އާއި، ޢުމަރު ބުން ޢަބްދުލްޢަޒީޒު ކިބައިން ރިވާވެފައިވެއެވެ."
ސިޙުރާމެދު މުއުމިނުން:
ﷲއަށް ކިޔަމަންތެރިވާ މުއުމިނު އަޅުންގެ އަޤީދާއަކީ އެއީ ޙަޤީޤަތެއް އެކުލެވިގެންވާ، އެކަމުގައި އަސަރުތަކެއް އެކުލެވިގެންވާ ކަމެކެވެ. ނަމަވެސް ސިޙުރަކީ ﷲ ގެ ޤުދުރަތްފުޅާއި، އިރާދަފުޅުގެ ބާރުގެ ދަށުގައިވާ ކަމެކެވެ. އެއިލާހުގެ އިރާދަފުޅާ ލައިގެން މެނުވީ ސިޙުރަކުން އެއްވެސް މީހަކަށް ފައިދާއެއްވެސް އަދި ގެއްލުމެއްވެސް ނުދެވޭނެއެވެ.
މުސްލިމެއްގެ އީމާންތެރިކަން އިތުރުވެ، ﷲއަށް ބިރުވެތިވެ، ޙަރާމްކަންތައްތަކުން އެއްކިބާވެ، އެއިލާހަށް ތަވައްކުލުކުރުން ބޮޑުވިވަރަކަށް ޝައިޠާނާ އެމީހެއްދެކެ ބިރުގަންނަލެއް ބޮޑުވާނެއެވެ. ޝައިޠާނާ މީހާއަށް ބާރުފޯރުވުމަށް ހަށިގަނޑަށް ވަދެގަންނަނީ މީހާ ﷲ މަތިން ހަނދުމަނައްތާލައި ޣާފިލުވުމުންނެވެ. އަޅުގަނޑުމެންނަށް ސަލާމަތެއްގެ ގޮތުން ކިޔުމަށް ވާރިދުވެފައިވާ ޛިކުރުތަކާއި ދުޢާތައް ކިޔައި، ﷲ ގެ އެންގެވުންތަކަށް ބޯލަނބާ ކިޔަމަންތެރިވާކަމުގައިވާނަމަ، ﷲގެ އިރާދަފުޅުން ސިޙުރުފަދަ ނުބައި ކަންތައްތަކުން ﷲ އެމީހާ ސަލާމަތްކުރައްވާނެތެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. ((وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ)) الطلاق: 3 މާނައީ: "އަދި ﷲއަށް ވަކީލުކުރާމީހާ ދަންނާށެވެ! އެމީހާއަށް އެކަލާނގެ ފުދެއެވެ."
އަޅުގަނޑުމެން ބިރުވެތިވެ، ދުޢާކޮށް ދަންނަވަންޖެހޭ ފަރާތަކީ ޢާލަމްތަކުގެ ވެރި ﷲއެވެ. އަޅުގަނޑުމެން ޤަބޫލުކުރަންވީ އެއްވެސް މީހަކަށް އެއްވެސް ފައިދާއެއް އަދި ގެއްލުމެއްވެސް އެއިލާހުގެ އިޒުނަފުޅާލައިގެންމެނުވީ ނުލިބޭނެކަމެވެ.އަދި އަމުރުކުރައްވާފައިވާގޮތަށް އަޅުގަނޑުމެން އުޅޭކަމުގައިވަނީނަމަ، އެކަލާނގެ އަލުގަނޑުމެން ސަލާމަތްކުރައްވާނެކަމުގެ ޔަޤީންކަން އަޅުގަނޑުމެންގެ ހިތްތަކުގައި އިތުރުކުރަންވީއެވެ.
މިއާޚިލާފަށް ސިޙުރުވެރިންނަށާއި، ޝައިޠާނުންނަށް އަޅުގަނޑުމެން ބިރުގަތްވަރަކަށް އެމީހުން އަޅުގަނޑުމެން ބިރުގަންނަވައި ގޯނާކޮށް ހަދާނެއެވެ.
ސިޙުރުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ކަންތައްތައް:
1. ﷲއަށް އިޚްލާޞްތެރިވުމާއި، އެކަލާނގެ އެއްކައުވަންތަކުރުމާއި، ޝިރުކުކުރުމުން ދުރުހެލިވުން.
2. ﷲއަށް އެންމެހާ ޙާލެއްގައި ކިޔަމަންތެރިވުމާއި، ފާފަތަކުން ދުރުހެލިވުން. މިގޮތުން ފަރުޟުފަސްނަމާދު ވަގުތުގައި ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ.
3. ޤުރުއާނާއި ސުންނަތުގައި ވާރިދުވެގެންވާ ޛިކުރުތަކާއި ދުޢާތައް ކިޔުން. މިގޮތުން ހެނދުނާއިހަވީރުގެ ދުޢާއާއި، ނިދުމުގެ ކުރިންކުރާ ދުޢާތަކާއި، ފާޚާނާއަށް ވަންނަމުންނާއި ނިކުންނަމުން ކިޔާ ދުޢާއާއި، ގެއަށް ވަންނަމުންނާއި ނިކުންނަމުން ކިޔާ ދުޢާފަދަ ދުޢާތަކަކީ ވަރަށް މުހިއްމު ދުޢާތަކެކެވެ.
4. ޤުރުއާން ކިޔެވުން. މިގޮތުން ވީވަރަކުން ޚާއްޞަކޮށް ބަޤަރާސޫރަތް ކިޔެވުމަކީ ޝައިޠާނާގެ ދުއްތުރާތަކުން ގެއާއި މީހާ ސަލާމަތްވާނެކަމެކެވެ.
5. މިއުޒިކު ސާމާނާއި، ދިރޭތަކެތީގެ ޞޫރަތައް ފަދަ ﷲ ޙަރާމްކުރެއްވި ތަކެތިން ގޭތެރެ ޠާހިރުކުރުން.
6.އިރުއޮއްސުނީއްސުރެ ގަޑިއިރެއްހާއިރު ވެލަންދެން ކުޑަކުދިން ގެއިންބޭރަށް ނުނެރުން. މިވަގުތަކީ ބިންމަތީގައި ޝައިޠާނުން ފެތުރިގަންނަ ވަގުތެވެ.
ސިޙުރު ބާޠިލުކުރާނެ ގޮތްތައް:
1.ގިނަގިނައިން ސަލާމަތްކުރެއްވުމަށް ދުޢާކުރުން. އެހެނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ސިޙުރުޖެހިވަޑައިގަތުމުން ވަރަށް ގިނަ ފަހަރު ދުޢާކުރެއްވިއެވެ.
2. ސިޙުރު ހުރިތަން އެނގޭނަމަ، އެއެއްޗެއް ނެތިކޮށްލުން.
3. ކަވާޖެހުން (ޙިޖާމާޖެހުން). ސިޙުރުޖެހިފައިވާ ގުނަވަނުގައި ކަވާޖެހުމަކީ ފައިދާކުރުވަނިވި ކަމެކެވެ.
4. ޛިކުރުތަކާއި، ދުޢާތަކާއި، ޤުރުއާންކިޔެވުމާއި، އިސްތިޣުފާރުކުރުން ގިނަކުރުން.
ސިޙުރަށް ފަރުވާކުރުން (ރުޤްޔާހެދުން):
މިގޮތަށް ރުޤްޔާ ހެދުމުގައި ތިން ޝަރުޠެއް އެކުލެވިގެންވާކަން ދެނެގަންނަންޖެހެއެވެ.
1. ﷲގެ އިސްމުފުޅުތަކުންނާއި ޞިފަފުޅުތަކުން ކުރެވޭ ދުޢާއަކަށް ވުން.
2. ޢަރަބިބަހުން ނުވަތަ އެހެން ބަހަކުން ނަމަވެސް އެކިޔެވޭ އެއްޗެއްގެ މާނައެނގޭ ބަހުރުވައެއްކަމުގައި ވުން.
3.މިގޮތަށް ރުޤްޔާ ހެދުމަކީ ބަލިފަސޭހަވުމުގެ ސަބަބެއްކަމަށާއި، ޝިފާލިބޭހުށީ ﷲގެ އިޒުނަފުޅުންކަމުގައި ފަރުވާކުރާމީހާއާއި ފަރުވާކުރެވޭމީހާ ތެދުހިތުން ޤަބޫލުކުރުން.
މިގޮތުން ފަރުވާކުރުމަށްޓަކައި ޤުރުއާނުގެ ކޮންމެ ސޫރަތެއް އަދި ކޮންމެ އާޔަތެއްވެސް ކިޔެވިދާނެއެވެ. ﷲވަޙީކުރައްވާފައިވެއެވެ. ((وَنُنَزِّلُ مِنْ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِلْمُؤْمِنِينَ وَلا يَزِيدُ الظَّالِمِينَ إِلاَّ خَسَاراً)) الإسراء: 82 މާނައީ: "އަދި މި ކީރިތި ޤުރުއާނުގައި މުއުމިނުންނަށްޓަކައިވާ (މާއްދީ އަދި ނަފްސާނީ ބަލިބަލީގެ) ޝިފާއާއި ރަޙްމަތް ވެއެވެ. އަދި އަނިޔާވެރިންނަށް ގެއްލުމާއި ހަލާކުމެނުވީ އިތުރުނުވެއެވެ."
މިއާޔަތުން އެނގޭގޮތުގައި ކީރިތި ޤުރުއާނުގެ ކޮންމެ ސޫރަތަކާއި އާޔަތަކީ ޝިފާއެކެވެ.
ޝެއިޚް ޢަބްދުލްޢަޒީޒް ބުން ބާޒް ރަޙިމަހުﷲ “ޙުކުމުއް ސިއްޙުރު ވަލްކިހާނާ ވަމާ ޔަތަޢައްލަޤުބިހާ” މިފޮތުގައި ބަޔާންކުރައްވާފައިވެއެވެ.
ބަލިޖެހިފައިވާމީހާގެ ހަމަބުއްދިހުރެ، އަމިއްލައަށް ރުޤްޔާ ކިޔެވޭނަމަ އަމިއްލައަށް ރުޤްޔާކުރެވިދާނެއެވެ. އެހެންނޫންނަމަ، އެހެން މީހަކު ކިޔަވާފައި ބަލިމީހާގެ މެއަށް ނުވަތަ ގަޔަށް ނަމަވެސް ފުމޭނީއެވެ.
1. ((بسم الله الرحمن الرحيم (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2) الرَّحْمَنِ الرَّحِيمِ (3) مَالِكِ يَوْمِ الدِّينِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اهْدِنَا الصِّرَاطَ الْمُسْتَقِيمَ (6) صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلا الضَّالِّينَ (7))) الفاتحة: 1 –
2. ((اللَّهُ لا إِلَهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لا تَأْخُذُهُ سِنَةٌ وَلا نَوْمٌ لَهُ مَا فِي السَّمَوَاتِ وَمَا فِي الأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلاَّ بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَوَاتِ وَالأَرْضَ وَلا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ)) البقرة: 255
3. ((وَأَوْحَيْنَا إِلَى مُوسَى أَنْ أَلْقِ عَصَاكَ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ (117) فَوَقَعَ الْحَقُّ وَبَطَلَ مَا كَانُوا يَعْمَلُونَ (118) فَغُلِبُوا هُنَالِكَ وَانقَلَبُوا صَاغِرِينَ (119))) الأعراف: 117 – 119
4. ((وَقَالَ فِرْعَوْنُ ائْتُونِي بِكُلِّ سَاحِرٍ عَلِيمٍ (79) فَلَمَّا جَاءَ السَّحَرَةُ قَالَ لَهُمْ مُوسَى أَلْقُوا مَا أَنْتُمْ مُلْقُونَ (80) فَلَمَّا أَلْقَوْا قَالَ مُوسَى مَا جِئْتُمْ بِهِ السِّحْرُ إِنَّ اللَّهَ سَيُبْطِلُهُ إِنَّ اللَّهَ لا يُصْلِحُ عَمَلَ الْمُفْسِدِينَ (81) وَيُحِقُّ اللَّهُ الْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ الْمُجْرِمُونَ (82))) يونس: 79 – 82
5 قَالُوا يَا مُوسَى إِمَّا أَنْ تُلْقِيَ وَإِمَّا أَنْ نَكُونَ أَوَّلَ مَنْ أَلْقَى (65) قَالَ بَلْ أَلْقُوا فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِنْ سِحْرِهِمْ أَنَّهَا تَسْعَى (66) فَأَوْجَسَ فِي نَفْسِهِ خِيفَةً مُوسَى (67) قُلْنَا لا تَخَفْ إِنَّكَ أَنْتَ الأَعْلَى (68) وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا إِنَّمَا صَنَعُوا كَيْدُ سَاحِرٍ وَلا يُفْلِحُ السَّاحِرُ حَيْثُ أَتَى (69))) طه: 65 – 69
6(((بسم الله الرحمن الرحيم) قُلْ يَا أَيُّهَا الْكَافِرُونَ (1) لا أَعْبُدُ مَا تَعْبُدُونَ (2) وَلا أَنْتُمْ عَابِدُونَ مَا أَعْبُدُ (3) وَلا أَنَا عَابِدٌ مَا عَبَدتُّمْ (4) وَلا أَنْتُمْ عَابِدُونَ مَا أَعْبُدُ (5) لَكُمْ دِينُكُمْ وَلِيَ دِينِ (6))) الكافرون: 1 –
7.(((بسم الله الرحمن الرحيم) قُلْ هُوَ اللَّهُ أَحَدٌ (1) اللَّهُ الصَّمَدُ (2) لَمْ يَلِدْ وَلَمْ يُولَدْ (3) وَلَمْ يَكُنْ لَهُ كُفُواً أَحَدٌ (4))) الإخلاص: 1 – 4
8.(((بسم الله الرحمن الرحيم) قُلْ أَعُوذُ بِرَبِّ الْفَلَقِ (1) مِنْ شَرِّ مَا خَلَقَ (2) وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ (3) وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ (4) وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ (5))) الفلق: 1 – 5
9.(((بسم الله الرحمن الرحيم) قُلْ أَعُوذُ بِرَبِّ النَّاسِ (1) مَلِكِ النَّاسِ (2) إِلَهِ النَّاسِ (3) مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ (4) الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ (5) مِنْ الْجِنَّةِ وَالنَّاسِ (6))) الناس: 1 – 6
10.((اللَّهُمَّ رَبَّ النَّاسِ مُذْهِبَ الْبَأْسِ اشْفِ أَنْتَ الشَّافِي لاَ شَافِيَ إِلاَّ أَنْتَ شِفَاءً لاَ يُغَادِرُ سَقَمًا))[
11.((بِسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَيْءٍ يُؤْذِيكَ وَمِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنٍ حَاسِدٍ اللَّهُ يَشْفِيكَ بِسْمِ اللَّهِ أَرْقِيكَ)[
އަދި މިބުނެވުނު އާޔަތްތަކާއި ދުޢާތައް ފެންއެއްޗަކަށް ކިޔެވުމަށްފަހު، އެފެނުގެ އެއްބައި ބޮއެފައި، އަނެއްބައިން ހަށިގަނޑު ދޮވެލުމަކީވެސް ފައިދާކުރުވަނިވި ކަމެކެވެ. އަދި ހަތް ކުންނާރުފަތް ޗިސްކޮށްލެވުމަށްފަހު، ފެން އެއްޗަކަށް އަޅައިގެން ކިޔަވާފައި، އެފެނުގެ އެއްބައި ބޮއެފައި، އަނެއްބައިން ހަށިގަނޑު ދޮވެލުމަކީވެސް ފައިދާކުރުވަނިވިކަމެކެވެ. މިއިން ކޮންމެ ގޮތަކީވެސް ﷲގެ އިރާދަފުޅުން ޝިފާ ލިބޭނޭކަމެކެވެ.ރަނގަޅު ވަންދެން މިގޮތަށް ތަކުރާރު ކުރާނީއެވެ.
ދުޢާ ތަކަކީ ތޫނު ކަނޑިއެއް ފަދަ އެއްޗެއްކަން ދަންނާށެވެ! އެދުޢާއެއް އިޖާބަވުން ވަރަށް ގިނަސަބަބުތަކާ ގުޅިފައިވާކަން ދަންނާށެވެ. މިގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާއީ ދުޢާތައް އައްސަވާވޮޑިގެންވާ، ދުޢާތައް އިޖާބަކުރައްވާ އިލާހުކަން ހިތުއަޑިން ޤަބޫލުކުރަންޖެހޭނެއެވެ. އަދި އެއިލާހަށް ކުރާ ދުޢާ، އެއިލާހު އިޖާބަކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ހިތުގައި އޮންނަންޖެހޭނެއެވެ. އަދި ދުޢާކުރުމުން މާޔޫސްނުވުންވެއެވެ. ހަމައެހެންމެ، ވީވަރަކުން ހެޔޮޢަމަލުތައް ކުރުމުން އެއިލާހަށް ކުއްތަންވުމާއި، އެއިލާހަށް އުރެދުމުން ދުރުހެލިވުމަކީ ތިމާގެ ދުޢާތައް އިޖާބަވުމުގެ ސަބަބުތަކެވެ.
- ޝައިޚް މުޙައްމަދު ސިނާން
Advertisement
22 ޖުލައި 2021