އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތުގައި ހިމެނޭ ދުޢާތައް (މާނައާއެކު) ކުރުން ހުއްޓާނުލާތި!

ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތުގައި ހިމެނޭ ދުޢާތައް (މާނައާއެކު) ކުރުން ހުއްޓާނުލާތި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 7 ސިކުންތު

ނިދުމުގެ ކުރިން ބަޤަރާ ސޫރަތުގެ އެންމެފަހު 2 އާޔަތް ކިޔަވައިފި މީހަކަށް ފުދިއްޖެކަމަށް އޮތް ހަދީޘްބަސްފުޅުގެ ފައިދާ ކިތަންމެ ހައިވެސް ބޮޑެވެ. އެބަސްފުޅުގެ މާނައިގައި އެމީހަކަށް ބޭނުންވާ ރައްކައުތެރިނަ ލިބުމާއި އެހންވެސް ނިޢްމަތްތައް ލިބުން ހިމެނިގެންވާކަމަށް ޢިލްމްވެރިން ބަޔާންކުރައްވައެވެ. 

ސުންނަތަށް ޢަމަލުކުރުމުގެ ބޭނުމުގައި ނިދުމުގެ ކުރިން ގިނަ ބައަކު މި ދެ އާޔަތް ކިޔަވައެވެ. ނަމަވެސް އެއިގެ މާނައަށް ސަމާލުކަންދެވޭތަނެއް ނުފެނެއެވެ. މި ދއާޔަތުގައި ވަނީ ވަރަށް މުހިންމު ދުޢާތަކެކެވެ. ވީމާ މިދެއާޔަތުގެ މާނަ ރަނގަޅަށް ދަސްކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ކުރާ ދުޢާގެ ޙަޤީޤީ ފައިދާ ކުރާނީ ކިޔޭ އެއްޗެއްވެސް އެނގިގެންހުރެ ދެންނެވުމުންނެވެ. 

اٰمَنَ الرَّسُوۡلُ بِمَاۤ اُنۡزِلَ اِلَيۡهِ مِنۡ رَّبِّهٖ وَ الۡمُؤۡمِنُوۡنَؕ كُلٌّ اٰمَنَ بِاللّٰهِ وَمَلٰٓـئِكَتِهٖ وَكُتُبِهٖ وَرُسُلِهٖ لَا نُفَرِّقُ بَيۡنَ اَحَدٍ مِّنۡ رُّسُلِهٖ وَقَالُوۡا سَمِعۡنَا وَاَطَعۡنَا غُفۡرَانَكَ رَبَّنَا وَاِلَيۡكَ الۡمَصِيۡرُ‏ ﴿2:285﴾ 

"رسول އާއަށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآن އަށް) رسول  އާއި   مؤمن ން  إيمان ވޫއެވެ. އެ އެންމެންމެ الله އާއި، އެކަލާނގެ ملائكة  ންނާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކާއި، އެކަލާނގެ ފޮނުއްވި رسولންނަށް  إيمان   ވޫއެވެ. (އެއުރެން ބުނެތެވެ.) ތިމަންމެން، އެކަލާނގެ رسولންގެ ތެރެއިން އެކަކާމެދުވެސް ތަފާތެއްނުކުރަމުއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެން އަހައި ކިޔަމަން ވެއްޖައީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަ ފުއްއްސަވައި ފާނދޭވެއެވެ! އަދި، އެނބުރި ދިއުންވަނީ، އިބަރަސްކަލާނގެ   حضرة އަށެވެ. (سورة البقرة 285)

لَا يُكَلِّفُ اللّٰهُ نَفۡسًا اِلَّا وُسۡعَهَا ؕ لَهَا مَا كَسَبَتۡ وَعَلَيۡهَا مَا اكۡتَسَبَتۡؕ رَبَّنَا لَا تُؤَاخِذۡنَاۤ اِنۡ نَّسِيۡنَاۤ اَوۡ اَخۡطَاۡنَا ۚ رَبَّنَا وَلَا تَحۡمِلۡ عَلَيۡنَاۤ اِصۡرًا كَمَا حَمَلۡتَهٗ عَلَى الَّذِيۡنَ مِنۡ قَبۡلِنَا ۚرَبَّنَا وَلَا تُحَمِّلۡنَا مَا لَا طَاقَةَ لَنَا بِهٖ ۚ وَاعۡفُ عَنَّا وَاغۡفِرۡ لَنَا وَارۡحَمۡنَا اَنۡتَ مَوۡلٰٮنَا فَانۡصُرۡنَا عَلَى الۡقَوۡمِ الۡكٰفِرِيۡنَ‏  ﴿2:286﴾

الله އެއްވެސް نفس  އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާމިންވަރަކަށް މެނުވީ تكليف އެއް ނުޖައްސަވައެވެ. އެ نفس  އެއްހޯދިހެޔޮކަމެއް (ގެثواب) އެ نفس އަކަށް ވެއެވެ. އަދި، އެ  نفس އެއް ހޯދި ނުބައިކަމެއް  (ގެ عقاب) އެ  نفس އެއްގެ މައްޗަށް ވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ،  قصد  އެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް عقوبات ނުދެއްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! އަޅަމެންގެވެރި ރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި، އަޅަމެންނަށް عفوކުރައްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި އަޅަމެންނަށް رحمة ލައްވާނދޭވެ! އިބަ ރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެ އެވެ. ފަހެ، كافرވެގެންވާ މީސްތަކުންގެ މައްޗަށް އަޅަމެންނަށް نصر ދެއްވާނދޭވެ! (سورة البقرة 286)

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް